ގައުމުތަކާ އަޅާބަލާ އިރު، ރާއްޖޭގެ އިންޓަނެޓް އަގުބޮޑު ކަމަށާއި، ރާއްޖޭގެ އިންޓަނެޓް އަގުހެޔޮ ކުރަން އިތުރު ކުންފުންޏަކަށް ފުރުސަތު ދޭން ޖެހިއްޖެ ނަމަ، އެކަން ކޮށްގެންވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދު ފުއްދަވާނެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގެ ފަލަ ސުރުހީގައި ވާހަކަ ދައްވަމުން އަލީ ސޯލިހް ވިދާޅުވެފައި ވަނީ ރާއްޖޭގައި އިންޓަނެޓް ފޯރުކޮށް ދޭ ދިރާގާ، އުރީދޫގެ އިތުރުން ރާއްޖެ އޮންލައިން (ރާއޯއެލް)އާއެކު ކުރެވުނު މަޝްވަރާތައް ދިގު ލައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އިންޓަނެޓް އަގުހެޔޮކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެ އެދެވޭ ބަދަލެއް ނާންނަނަމަ، އިތުރު ކުންފުނިތަކަށް ޖާގާދީގެން ވެސް ސަރުކާރުގެ ވައުދު ފުއްދާނެ ކަމަވެސް އޭނާ ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހްގެ ވައުދަކަށްވާ އިރު، މީގެ ކުރިން މިނިސްޓަރު މަލީހުވެސް ވަނީ އިތުރު ކުންފުންޏަކަށް އިންޓަނެޓް ދިނުމަށް ޖާގަ ދޭން އުޅޭ ކަމުގެ އިޝާރާތެއް ކޮށްފައެވެ. އަދި މަލީހު އެންމެފަހުން ވިދާޅުވީ މަޝްވަރާތަކުގެ ފަހު މަރުހަލާއަށް އާދެވިއްޖެ ކަމަށާއި، ވަރަށް އަވަހަށް ނަތީޖާވެސް ފެންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަނު

    އިތުރު ކުންފުންޏެއް ގެނޭ...
    ސަރުކާރަށް މިކަމުގައި އަދިވެސް ކޮމްޕެޓިޝަން އަށް ހުޅުވާލަން ނުކެރި ޗުކުޗުކު ލައްވަން ތިބޭތީ އަޖައިބުވޭ... ސަރުކާރުން ރައްޔިތުންނަށް ހެޔޮއެދޭ ވަރު މިފެންނަނީ...

  2. އަފްލާ

    ކަލޯ އަދިވެސ އިންޓަނެޓް އަގު ހެޔޮ ކުރާވާހަކަ ތޯ ؟ތިދައްކަނީ މިގައުމުގަ މިއޮތް ބިރުވެެިކަން ފިލުވާލެވޭނެ ގޮތެއް ނެތީތޯ ކޮންމެ ރެއްކު މާރާ މާރީ އޢި ވައްކަން އިތުރުވެ ޢާންމުންނައް އުޅހެން ދަތިވޭ ކަލޭމެނ ބޮޑާވެފަ ފައިސާ ގުނަން ތިއްބާ މިގައުމުގެ ދުވަސް މިދަނީ ފޮނިކަނޑާފަ ވެރިކަމައް އައީ ހުރިހާ ކަމެއް ހައްލު ކުރާނެ ކަމައް ވަޢުދުވެ . އަވަހއް އިސްތިއުފާ ދީފަ ގެއައްދޭ މޯދީގެ ސޯޓް ދޮވެދީގެން އުޅޭ ބަޔަކައް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ .

    7
    1
  3. އަލީ

    ސަޅި. ތީ ކޮންމެހެންވެސް ކުރަންޖެހިފަ އޮތް ކަމެއް

    2
    1
  4. ރަސީދު

    ޢިންޑިޔާ ކުންފުން ޔަކައް ޑީލެއް ހަދާ

  5. ާަަްއެޑްވަޑް ބާމުންޑޭ

    އިންޓަނެޓް އަގުހެޔޮ ނުވެގެންތަ މިޤައުމުގަ މިއުޅެނީ' ކޮންމެވެސް އެއްޗެކޭ ކިޔާފަ ފޯރަމެއް ބޭއްވޭތޯބަލާ. ފޯރަމް ސަރުކާރު.