ކ. ދިއްފުށީގައި ވައްކަމުގެ މައްސަލައެއްގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ "ވަގުން"ގެ ތެރެއިން މީހެއްކަމަށް "ވަގުތު" އަށް އެނގިއްޖެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި ހައްޔަރުކޮށްފައި ވަނީ ހަލީމް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ އެ ރަށު ރައްޔިތުން ފުރަތަމަ ރޭ ނުކުމެ ހިންގި ހަމަނުޖެހުމުގައި އަނިޔާވުމުން އިތުރު ފަރުވާއަށް މާލެ ގެނައި މީހެކެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފަރުވާއަށްފަހު ތުލުސްދޫއަށް އައިތަނާހެން އޭނާ ދަތުރު ކުރަމުންދިޔަ ފެރީއަށް ފުލުހުން އަރާއެވެ.

އެރަށުގައި މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ހަމަނުޖެހުންތައް ހިންގަމުން ދަނީ އެރަށު ފިހާރައަކުން ތިޖޫރިއެއް ވަގަށް ނެގި މައްސަލައެއްގައެވެ. އެ މައްސަލާގައި ވައްކަން ކުރި ކަމަށް ބުނާ ފަރާތްތަކާއި އެރަށުގެ ރައްޔިތުންނާއި ދެމެދު ހަމަނެޖެހުންތައް ހިންގަމުން އަންނައިރު، ރޭ އަދި ކުރީ ރޭވެސް އެރަށުގައި ހަމަނުޖެހުންތައް ހިންގާ ބަޔަކަށް އަނިޔާދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮއިކަޓް ޢަލީ

    ރައްޔިތުން ކެރިގެން ކުރިމަތިލާންވީ

    27
    1
  2. ހަސީނަ

    ހުރިހާވަގުންތައްދޫކުރާތި މިގައުމުގެކަންތައްމިހިސާބަށްމިދަނީ މާލެ ތެރޭގައިވެސް ދަންވަރުގަޑީގައި ވަގުންތައްނިކުންނާނެ މަގުތަކަށް މިހިސާބަށްކަންތައްގޮސްގެންނޫނިއްޔާމް ވަގުންތައްމައިތިރިއެއް ނުކުރެވޭނެ

    9
    2
  3. ޞާއީ

    ރައްޔިތުންގެ މަޖިލިހަށް ނަށާ މީހަކާއި ބަނގުރާ މައްސަލަތަކުގައި ޝައްކުވެގެން ބަންދުކުުރާ މީހުންނާއި މަގުމަތީގައި ބާރަށް އައުގުރާން ގޮވަން ކެރޭ މީހުންނާއި އުޑެއް ބުޑެއް ނޭގޭ މީހުން ހިވަނީވެސް ރައްޔިތުން.
    ވީމާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހެދޭނެ ގާނޫނާއި މުއައްސަސާތައް ފާރަވެރި ނުކުރެވޭ ވާހަކަ ރައްޔިތުން ދައްކައިގެން ނުވާނެ.
    މި ރަމްޒާން މަހުގެ ދުވަސްކޮޅެއް ކުރިން އޮތް އިންތިހާބުގައި ރައްޔިތުންގެ ތެރެއިން ވޯޓް ވިއްކި މީހުން ތިބިކަމަށްވާނަމަ އަދިވެސް ތައުބާވާން ވަގުތު އެބައޮތް

  4. ×

    ހައްޔަރު ކުރާނެ ދެން ފެންނާނީ ދޫކޮށްލާފަ ހުންނަ ތަން، އަނެއްކާ ގޮސް އަނެއް ވައްކަމެއް ނޫނީ މީހެއް ގައިގަ ވަޅި އަޅާނީ. މަށެއް މިގޮތަށް އަނިޔާ ކުރުމަކަށް ތާއީދެއް ނުކުރަން އެހެން ނަމަވެސް ފުލުހުންނާއީ ކޯޓްތަކުން ރައްޔިތުންގެ މުދަލަށާއި ރައްޔިތުމީހާއަށް ރައްކާތެރިކަމާއި އިންސާފް ނުލިބި ކޮޅުންލީމައި ރައްޔިތު މީހާށް މަޖުބޫރު ވާނެ ނިކުންނަން.

    10
    1
    • ތުމްސޭ

      ރަނގަޅު ވާހަކައެއް. މަ ހިތާމަ މިކުރަނީ ރަމަޟާން މަހު ހަމަނުޖެހުން ހިންގާތީ.