ކ.އަތޮޅު ދިއްފުށީގައި މިދިޔަ ހަފްތާގައި ފިހާރައެއް ފަޅާލައިގެން ނެގި އެއްލައްކަ އަޑިހަހާހަށް ވުރެ ގިނަ ރުފިޔާ އާއި މުދަލުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އާއި ފޯންކާޑް ވައްކަމުގައި ބައިވެރިވި މީހެއްގެ މަންމަ، ފިހާރައިގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފިހާރައިގެ ވެރިފަރާތުން މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ވައްކަން ކުރި ރެއަށް ފަހު ޖެހިގެން އައި ދުވަހުގެ އިރުއޮއްސުނު ވަގުތު ވައްކަމުގައި ބައިވެރިވި ޒުވާނެއްގެ މަންމަ އައިސް ފިހާރައިން ވަގަށް ނެގި ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެގޭގައި ހުރި ކަމަށާއި ހަވާލުވާން ދިއުމަށް އެދުނު ކަމަށެވެ.

"އޭނާގެ މަންމަ ރޮމުން އައިސް ބުނީ ތިމަންނަމެންގޭ ހަދަން ފަށާފައި ހުރި ފާހާނާއެއްގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށް. ބަލައި ދިއުމަށް ދެން ބުނީ. އަޅުގަނޑު ނުދިއުމުން ކުއްޖާގެ މަންމަ އައިސް 72000 ރުފިޔާ އާއި 11000 ރުފިޔާގެ ފޯން ކާޑު ހަވާލު ކުރި." ފިހާރައިގެ ވެރިފަރާތުން ބުންޏެވެ.

އޭނާ ބުނީ މިދިޔަ އަހަރު ވެސް އޭނާގެ ގެއިން ދެލައްކަ އެއްގައި ރުފިޔާ ވަގަށް ނެގި ކަމަށެވެ. އެމައްސަލައިގައި ވެސް ހިމެނެނީ މިފަހަރު ވެސް ވައްކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ. މިދިޔަ އަހަރު ވަގަށް ނެގި ފައިސާގެ ތެރެއިން ފުރަތަމަ 50000 ރުފިޔާ ފުލުހުން އަތުލައިގަނެ އެފައިސާ ވެރިފަރާތާއި ހަވާލު ކުރިއެވެ. އަދި 80000 ރުފިޔާ ތުހުމަތު ކުރެވޭ މީހެއްގެ އަތުން ހޯދިއެވެ.

"80000 ރުފިޔާ ހޯދާފައި ފުލުހުން ބުނި ތަޙްޤީޤު ނިމުމުން އެފައިސާ ހަވާލު ކުރާނެ ކަމަށް. ނަމަވެސް ފަހުން ފުލުހުން ބުނީ އެއީ ވަގަށް ނެގި ފައިސާ ކަމެއް ސާބިތެއް ނުވެއޭ. ދެން އެފައިސާ ދިނީ ވައްކަމުގައި ބައިވެރިވި މީހަކަށް. އެމީހުން އައިސް އަޅުގަނޑުމެންގެ ކުރިމަތީގައި އެފައިސާތައް އެކި މީހުންނަށް ބަހާލީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ އެމައްސަލަ މިހާރު އޮތީ އެރަށު މެޖިސްޓްރޭޓް ކޯޓުގައި ކަމަށެވެ. މެޖިސްޓްރޭޓަކީ ވެސް ރަށުން ބޭރު މީހަކަށް ވާތީ ކުށްވެރިންނަށް އަދަބު ދިނުމަށް ޙުކުމް ކުރަން މެޖިސްޓްރޭޓް ބިރުގަންނަ ކަމަށް އޭނާ ބުންޏެވެ.

ދިއްފުށީގައި ވައްކަންތައް ގިނަވެގެން ދިޔައިރު ވެސް ފުލުހުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ ފާއިތުވި ދެރޭ އެރަށުގައި ވަނީ ހަމަޖުހުންތަކެއް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބބބ

    ރައްޔިޔުން ތަހުގީގުކުރާނީ ދަނޑިބުރިން.ފުލުހުން ތަހުގީގުކުރާނީ ކުކުޅުމަހާ ގެރިމަހުން. މިހެންވީމަނަތީޖާ ވަރަށް ތަފާތުދެއްތޯ

    120
    1
  2. ތ އަތޮޅު

    މިއީ މިކަން ވާންވީ ގޮތެއްނޫން.އެކަމަކު އެހެން ގޮތެއް ނެތުނީމަ އެ ވަރުގަދަ ބާރުތަކާ ކޯޓުތައް ހުއްޓާ ރައްޔިތުން އަމިއްލަޔަށް އިންސާފު ހޯދަނީ...މިއީ ވިސްނަން ޖެހޭ ކަމެއް...ބޮޑެތި ހުކުމްތައް ކޮށްފަ ތިބޭމީހުން މުޖްތަމަޢުގަ...އިހައް ދުވަހު ލ.ގަމުން ކަމާބެހޭފަރާތަކުން ވަރުގަދަ މިޝަން އެއް ހިންގާލީ...އެރަށުގަ ހުރި އެންމެބޮޑު ޑްރަގް ޑީލަރ އަތުން މަސްތުވާތަކެތި އަތުލީ...މިހާރުވެސް އެއުޅެނީ އެރަށުގަ ހަމަ ވިއްކުމުގަ...ކުއްޖެއް ކައިރީ އަހާލީމަ ބުނީ ހިފީ ނުހިފޭނޭ ބުނީމައޭ...ހިފުނީމަ ދެން ދޫކޮއްލަންވީ ނުންހޭ...ރާއްޖޭގެ ހާލަތު ވ ބިރުވެރި...ކޮންމެބަޔަކުވެސް ޕާޓީ އާ ހެދި މޮޔަވަނީ..ހައްތަހާ އަމިއްލަ އެދުން..ޤައުމު މިއޮތީ ވާނެ އެއްޗެއް ވެފަ...

    95
    2
  3. ރަންރަންރަން

    އިބްރާހިމް ސޯލިހަކަށް ޤައުމެއް ނުހިންގޭ. ރައްކާތެރިކަމެއް ނުދެވުން. ސެލްފީނަގާފަ ކޮމިޓީ ތަކަކާ ޤައުމު ހިންގަން ހަވާލުކޮއްފަ ކޮންމެވެސް ރަން އެއްގަ

    103
    7
  4. ޢާދަނު

    ސަރުކާރަށާ ފުލުހުންނަށް ވައްކަންކުރާ ޕާޓޭމެންތަށް މައިތިރިނުކުރެވެންޏާ ރައީތުންނިކުމެ ދެންމައިތިރިކުރަންވީ މި ޕާޓޭމެންނާހެދި މިގައުމުގައުޅެންދަތި ކުށުގެރިކޯޑު100މަތީގަ ޢެކަމުކުކުރެވޭކަމެތް ހަމަހަރާން އިރުކޮޅަކުން އެޗްއާރުސީއެމްކިޔާ ޕާޓޭމެންދިފާއު ކުރާޖަމާތަކުން ނޫސްބަޔާންނެރޭނެ އެކަމަކު ރައީތުންނަށް ދިރިނޫޅެވެގެންމިއުޅެނީ

    56
    1
  5. މާލެ މީހާ...

    މަރާލިނަމަ...ފުލުހުން ތި ސަރުކާރުގެ ހަޒާނާ ކާންތިބޭބައެއް

    41
    3
  6. އަސްލު މަންމަ

    ޢޭނާގެ މަންމަ ފައިސާތައް ހަވާލުކުރީ ބިރުން...ރަށުގެ ރައްޔިތުންގެ ފަރާތުން އަންނަމުންދާ އިންޒާރުތަކާއި އެކަމުގެ ބައިވެރިވިކަމަށް ޝައްކުވާ މީހުންނަށްވެސް ދެމުންދާ އަނިޔާތައް ފެނި އޭނާގެ ދަރި އެކަމުގައި ބައިވެރިވިކަން ރައްޔިތުންނަށް އިނގޭތީވެ...އެފައިސާ ބަލާ ވެރިފަރާތުން ނުދިޔައީވެސް އެހެން ބަޔަކު ފޮނުވާފަ އެގޭތެރޭގަ އެބައިގަނޑު ލައްވާ ޖަރީމާ ހިންގުވާފަ ދެން އަލިފަކަށްވެހުރެ ހަވާލުވާން ދާން..އެކަމަކު އެ އަންހެންމީހާޔަށް އެކަން އެހެންވެދާނެކަން ހީވެގެން އަވަހަށް ގޮސް ހަވާލުކުރީ އެބައިގަނޑަށްވެސް އިނގޭ ގޮތަށް..

    40
    2
  7. ޏިލއ

    ދިއްފުށި ރައްޔިތުންނައް ސެލިއުޓް ކުރަން

    42
    4
    • ބަދޫރާ

      އެތައްބަޔަކު މެރިނަމަ ސެލިއުޓް ކުރުން ހުއްޓާނުލާނެތާ...ލާއިންސާނިއްޔަތަށް ސެލިއުޓް ...ހެހެހެ

      3
      8
  8. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މިސަރުކާރަށް ވާނީ ސިޔާސީ ކަންކަމާ، ސަރުކާރަށް ތާއީދުކުރާ ކުއްވެރިން މިނިވަންކުރުން. އާންމު ރައްޔިތުންގެ މުދަލާ ފައިސާޔަށް އެއްވެސް ރައްކާތެރިކަމެއްނެތް. އެހެންވީމަ ރައްޔިތުން ނުކުމެ އެމީހުންއަމިއްލަޔަށް އެމީހުންގެ ރައްކާތެރިކަން ޔަގީންކުރަން މަޖުބޫރުވަނީ.

    33
    2
  9. ކޮރަލް

    މިހަބަރު ކިޔާފަ ކޮސް ވެއްޖެއެވެ. ވައްކަން ކުރިމީހުނާ ފުލުހުން ފައިސާ ހަވާލު ކުރި ވާހަކަ އޮތީމައެވެ.

    35
    1
    • ގަސް

      ކޮސްތިވީ ގާނޫނުގައި އޮތްއެއްޗެއްގެ ވާނުވާ ނޭނގުމުން

      8
      4
  10. އައްޓަމަސް

    ފުލުހުންނަށް ސާބިތުކުރެވުނުތަ އެ 80،000ރ އެޔީއެސޮރުގެފައިސާކަން
    ނަމަވެސް ވަގުކަލޭގެއާއި އެފައިސާ އެހަވާލުކުރީ، އަޅެފަހެ އެންމެންއަތްޖަހާ ފުލުހުންނަށް ތައުރީފުކުރާވަރެއްނޫންތަ؟! ދިއްފުށީރައްޔިތުންނަށް މަސެލިއުޓް ކުރަން، މިކަހަލަގޮތަކުން ބަންގާޅީންގެކަންތައްވެސް ހައްލުކުރަން ރައްޔިތުން ނުކުންނަން އެބަޖެހޭ!

    26
    3
  11. ރާޅު ބޯއީ

    ނާގާބިލު ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް. އޮތީ ބިރުވެރުކަމާއި ނާމާންކަން. ދިއްފުށީ ކްރައިސިސްގައި ކޮމިޓީއެއް ނަހާދާބާ؟

    17
    1
  12. ޖޮއްބެ

    ނަމުން ޞޯލިޙު ކަމުން ޑިކްޓޭޓަރު މީހާ ވެރިކަމަށް އެރި ފަހުން ގައުމުގެ އަމާންކަން ގެއްލިއްޖެ. ފައިބާ.

    16
    1
  13. ޖޮއްބެ

    ރައްޔިތުންނަށް އަމާންކަން ހޯދައިދޭން ސަރުކާރު ނުކުޅެދުމުން، ރައްޔިތުން އަމިއްލައަށް އަމާންކަން ހޯދީ. އެހެން ރަށްތަކުންވެސް ދިއްފުށީގެ ސްޓްރީޓް ޖަސްޓިސް ނަމޫނާ އަކަށް ބަލައިގެން ކުރިޔަށް ދިޔުމުންނޫނީ ހަކުރުބޯ ފޭރޭ ވަގުންގެ ކިބައިން ސަލާމަތެއް ނޯންނާނެ.

    20
    1