ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ހުޅުމާލޭގައި ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ މެންދަމު 01:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ނަމަވެސް މިމައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ދެކުދިންނަށް ރޭ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށެވެ.

މިއީ ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އަނެއްކާ ވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ހައްޔަރު ކުރުން ލަސްވާ ކަމަށް ބުނެ، އަނިޔާ ލިބޭ ކުދިންގެ އާއިލާތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮޑުކަމެއްނު

    ކަންތަކާ ޖެހުނީ

    26
    1
  2. ހުމް

    ހާދަ ނުބައި ނުލަފާ ކަންތަކޭ މިކުރަނީ ހުރިހާ ކަމެއްވެސް ގޯހުން ގޯހަށް ހިތާމަހުރި

    33
    2
  3. ހުސޭނުބޭ

    ތިކަހަލަ ނުލަފާ މީހުންނަށް ނިކަން އަދަބަކަށް ވާވަރުގެ އަދަބެއް ދީބަލަ! ރައްޔިތުން ނުކުމެ ހަޅޭއްފަޅޭއްޖަހަން ފެށުމުން ހައްޔަރުކުރީއޭ ކިޔާފައި ފަސްތަރީ ފެންވަރުގައި އެ މީހުންނަށް ކާންދީ ފަލަ އެކުރަނީ!

    33
    1
  4. ދިވެހި ފޭރާން

    މިކަހަލަ ފަލަ ސުރުހީ ޖެހުން ބުއްދި ވެރި އެއްނޫން

    18
    6
  5. މަންޖެ 24 މެއި 2019

    ތިކުދިން ގެ ބެލެނިވެރިން ނިކުމެ އަދަބުދޭންވީ ދިއްފުށި ނަމޫނާ ހޯދަމާ އެނުން ގޮތެއް މިޤައުމަކުނެތް ހޭވައްލާ ތައްޔާރު.އިންސާފުހޯދަން ނިކުންނަންވީ

    29