ރ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއް ކަމަށްވާ އަދާރަން ކްލަބް މީދުއްޕަރުގެ މުވައްޒަފުންތަކެއް ކާނާވިހަވެގެން ފަރުވާދޭން ފަށައިފިއެވެ.

އެ ރިސޯޓުގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި ރިސޯޓުގައި ކާނާ ވިހަވެގެން ނުވަ މުވައްޒަފަކަށް ފަރުވާދެމުންދާ ކަމަށެވެ.

އެ ނުވަ މީހުންނަށް ފަރުވާދެމުން ދަނީ މީދޫ ހޮސްޕިޓަލުގައެވެ.

ރިސޯޓުން ވާހަކަދެއްކި އޮފިޝަލް ވިދާޅުވީ، ކާނާ ވިހަވީ ނިސްބަތުން ރިސޯޓުގެ މަދު މުވައްޒަފުންތަކެއް ނަމަވެސް މިކަން ހިނގައިދިޔަގޮތް މިހާރު ބަލަމުންދާ ކަމަށެވެ. އަދި ފަރުވާ ދެމުންގެންދާ މުވައްޒަފުންގެ ހާލު ގާތުން ބަލަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މީދޫއަށް ގެންގޮސް އެރަށު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ނުވަ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ތެދު މޭން

  80 މުވައްޒަފުން ހާލުދެރަވި. އޮޅުވާ ނުލާ. ގިނައީ ދިވެހިން. މީގެ ކުރިންވެސް މިކަހަލަ ކަމެއް ހިނގި.

  7
  1
 2. ޢަލީ

  ކާނާ ވިހަވީ ރޭގައި ހާރު ކޭ އެއްޗަކުންތޯ؟ ނުވަތަ ހެނދުނު ސައި ބޮއި މުވައްޒަފުންތަކެއްތޯ؟

  • ތުނޑުހަސަންބެ

   އަލީ ހީކުރަނީ އަލީ އެކަނި ކަމަށްތަ ރޯދަ ހިފަނީ އެތަނުގެ މުވައްޒަފުން އިއްޔެގަ ރޯދަ ވީލަން ކެއި މަސްހުނިން ވީ ކަމެއް އެއީ މަސްހުނި ހަދާފަ ހުރި މަސް ހުރީ ކުނިވެފަ.

 3. އަސްލަމް

  ޔާ ޔާ .. ކޮން އިރަކުތޯ ކައިގެންތޯ ވިހަވީ ސާފްމައުލޫމާތު އަދި ހައްގު ބަސް ބުނަން ޖެހޭނެ.

 4. ޕޮފުބާ

  އެއީ އުޅޭބަތްޔެއް އެއްޗެއް ކައިގެންނެއްނޫން މޮޔަނުވެ

 5. ޢިކުރާމު

  ބައެއްތަންތަނުގަ ކައްކަން ތިބެނީ ބަންގާޅިން ވަރައްމުޑުދާރު ގައިންގަޔައް އަރާ ބަލިހުންނަމީހުންވެސް އުޅޭ ދިވެހިސަރުކާރުން ވަރައްރަނގަޅައް މިކަންބަލަންޖެހޭ މާދަމާ ތިޔައިގެން ބޭފުޅެއްގެ ދަރިޔަކާނޫންކަމެއް ނޭނގެ މިތަނުން ކުއްޖެއްގެ ދަރިޔަކު ކައިވެނިކުރާނީ ވީމާ ވަރިހަމަނުކޮއް ބަންގާޅިންގެ އުނދަގުލުން ގައުމު ސަލާމަތްކޮއްދެއްވާ ފިލައިގެންއުޅޭ ބިދޭސީން ޑީޕޯޓުކުރޭބަލި ފަތުރާ ބިދޭސީން ބޭރުކުރޭ މީގައުމީ ނުރައްކަލެއް ސަރުކާރު ނިދިފަ ވަޅުދިޔަހިއްކިޔަކަސް ކަމަކުނުދާނެ