މީސް މީޑިއާގައި ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ރާއްޖެއިން ޑުބާއީއަށް ވެލި ގެންދަން ހުއްދަ ދީފައި ނުވާނެ ކަމަށް އެންވައިރޮމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނެފިއެވެ.

ޓްވިޓާ ތެރޭގައި އާންމުފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ލ. އަތޮޅު ހިތަދޫ ކައިރިން ވެލިނަގަން އޮތް ބާޖަކީ ޗައިނާ ބައެއްގެ ބާޖެއް ކަމަށާއި، ބްރިޖް އެއްބަސްވުމުގެ ދަށުން ޗައިނާގެ އެ ކުންފުނިން ރާއްޖޭގެ ދޮންވެލި ޑުބާއީއަށް ގެންދާކަމަށް ފަޅުވެރިން ބުނި ކަމަށެވެ.

އެކަމާ ގުޅިގެން އީޕީއޭއިން ބުނެފައި ވަނީ ލ. ހިތަދޫ ކައިރިން ފެނުނު ބޯޓުން ވެލި ނަގަމުން ދަނީ ކޮންތާކަށް ގެންދަންތޯ ބެލުމަށް އެދިފައިވާ ކަމަށާއި، އެއްވެސް ވަރަކަށް ޑުބާއީއަށް ވެލި ގެންދަން ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި އެ ބޯޓުން ވެލި ނަގަނީ ސަރުކާރުގެ ހުއްދައެއް އޮތްތޯ ބެލުމަށް އަންގާފައިވާ ކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.

ފުލުހުން ބުނެފައި ވަނީ ލ. ހިތަދޫ ކައިރިން ބޮޑު ބޯޓެއް ފެނިގެން ފުލުހުންނަށް ސިފައިން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ބޯޓަށް އަރާފައިވާ ކަމަށެވެ.

އެ ބޯޓުގައި ރެޖިސްޓްރޭޝަން ނަންބަރާއި، ދިދައެއްވެސް ނެތް ކަމަށާއި، އަދި ބޯޓަށް ބައިވަރު ވެލި ބަރާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ބޯޓުގައި ތިބި މީހުން ބުނާ ގޮތުން އެ ވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސް ކުރަން އަރުވާފައިވާ ވެލި ކަމަށެވެ.

ނަމަވެސް އެ ވެލި ނަގާފައި ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެން ކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށާއި، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެ ބޯޓަކީ ބްރިޖް ހެދި ކުންފުނީގެ ނަމުގައި އެތެރެ ކޮށްފައިވާ ބޯޓެއް ކަމަށާއި، އެ ބޯޓަކީ ހުވަދު އަތޮޅުން ހައްދުން މަތީ ރިސޯޓަކަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ބޯޓުގައި ވާ މައްސަލަތައް ރަނގަޅު ކުރުމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނަސީދު

  ހާދައީޒީކޮއް މިގައުމްގައި އެހެންގައުމްތަކުމީހުން ބިރަކާނުލާ ކަންތައްކޮއްލާ މިގެންމިދޭހަވާނީ ގައުމްވެރިން ކަރަޕްޓް ވެފައިވާމިންވަރު

  19
  1
 2. ޙުސެން

  ޓތި ރަނގަޅައްވިއްޔާ ކައުންސިލް މެދުވެރިވެގެން ވެލި ވިއްކަންފެށީ ކީކޭދެން ބުނާނީ

 3. ގޫޑް

  ރަނގަޅު އައިޑިޔާއެއް ތެލުގެ އަގުގާ ދޮންވެލި ވިއްކަން ހިނގާ

 4. އަރީބް

  ބޭނުންކޮންމެގައުމަކުން މިގައުމަށްއަރާ ބޭނުންހައި ކޮންމެކަމެއްކޮށްފައި ބޭނުންވާހުރިހާއިއެއްޗެއް ހިފައިގެންދާންވީ މިބަންގާޅިންވެސް އެމީހުންބޭނުންގޮތަކަށްއެއުޅެނީ ބަންގާޅި ގެސްޓްހައުސްތައްހިންގަނީ ކުދި ވިޔަފާރިތައްކުރަނީ ލޯކަލްމާރުކޭޓް 'ރޯމަސްމާރުކޭޓް' ވަޅޯމަސްމާރުކޭޓް މިހުރިހާތަނަކަށް ދިވެހިންނަށްވުރެން ބަންގާޅީންގަދަ ނުވިތާކަށް ފަރުމަސްބާނައިގެން ފަރުމަސްވިއްކަނީ މިހިރިކަންތައްތަކަކީ ސަރުކާރަށްނުފެންނަ ތަންތައްކަންފާހަގަކުރަން