ވެލި ބަރުކޮށްގެން ދިޔަ ބޯޓެއް ފުލުހުންނާއި ސިފައިން ގުޅިގެން އަތުލައިގެންފިއެވެ.

ފުލުހުން ބުނެފައި ވަނީ ލ. ހިތަދޫ ކައިރިން ބޮޑު ބޯޓެއް ފެނިގެން ފުލުހުންނަށް ސިފައިން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ބޯޓަށް އަރާފައިވާ ކަމަށެވެ.

އެ ބޯޓުގައި ރެޖިސްޓްރޭޝަން ނަންބަރާއި، ދިދައެއްވެސް ނެތް ކަމަށާއި، އަދި ބޯޓަށް ބައިވަރު ވެލި ބަރާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ބޯޓުގައި ތިބި މީހުން ބުނާ ގޮތުން އެ ވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސް ކުރަން އަރުވާފައިވާ ވެލި ކަމަށެވެ.

ނަމަވެސް އެ ވެލި ނަގާފައި ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެން ކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށާއި، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެ ބޯޓަކީ ބްރިޖް ހެދި ކުންފުނީގެ ނަމުގައި އެތެރެ ކޮށްފައިވާ ބޯޓެއް ކަމަށާއި، އެ ބޯޓަކީ ހުވަދު އަތޮޅުން ހައްދުން މަތީ ރިސޯޓަކަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ބޯޓުގައި ވާ މައްސަލަތައް ރަނގަޅު ކުރުމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަސީދު

    ކިހާދެރަވެއްޖެކަމެއްމީ ވެލިކޮޅުވެސްމިއޮތީ ކޮއްމެވެސް ބަޔަކު ވިއަކާލަފައި

    24
    5
  2. ނޫރު

    ސިފައިންނާއި ފުލުހުންގެ މަސައްކަތަށް ސާބަސް. ތިވެއްޔަކީ ވެލި ސްމަގްލިންގް ކުރުން ރިސޯޓަކަށް. ބޯޓް ބެލެންސް ކުރެވޭނެ ލޮނު ބަރުކުރީމަ. ރަގަޅު ޖޫރިމައިނާ އެއްކޮށްލާ.

    28
    2
  3. ރައްޔިތުން

    މުޅި ހުވަދޫ ހޭލަން ވެއްޖެ. މި އަތޮޅުން އެއް އެހެންދިމާލަކަށް ވެލި ގެންދިއުން މަނާކޮށް އެކަން ހުއްޓުވަން ރައްޔިތުން ނުކުތުމަށް ގޮވާލަން. އަދި މިކަންކަމާ ފާރަވެރިވުމަށްވެސް ގޮވާލަން.

    11
    1
  4. ދޮންކަލޯ

    ބަލަ މިދިޔަ ހަފްތާގަ ތިބޯޓް ދެކުނިން ހުޅުމާލޭ ފަޅުން
    ބަރުގޮން އަޅަމުން ވެލިބަރު ކޮށްގެން ނިކުންނަނިކޮށް

  5. ބުރޯ

    ރާއްޖޭގެ އެއް އަތޮޅުން އަނެއް އަތޮޅަށް ވެލިބަރުކޮށްގެން ދިޔައީމާތަ ފުލުހުންނަށް ފެނުނީ . ދިވެހިރާއްޖޭގަ ހުރި ދޮންވެލި ކަޒަކިސްތާނުގާހުރި ހާންސަތީރު ހޮޓަލުގާ ހަދާފާހުރި ޢާޓިފިސަލް ބީޗްގަޔާ ބިލްޑިންގ ގެ ޓޮޕްފްލޯގަ ހަދާފާހުރި ބީޗް ގަ ހުރި އިރު އަދި ިއިންޓަރަނެޓްގަ އެވާހަކަ ލިޔެފާ ހުރި އިރު އެއްވެސް ފަރާތަކަށް ނުފެނޭ އަދި މިވެލި ވިއްކާ މުއްސަނދި ވިބަޔަކު އޭރު ރާއްޖޭގަ ތިބޭނެދޯ ސްވިސްބޭންކަށް ފައިސާޖަމާ ވިޔޭ ވެސް ކިޔާ އެކަމަކު އެއްވެސް ބަޔަކަށްނޭގޭ ދޯ.

  6. ރާއްޖޭގެ މީހާ

    ވެލި އެކަންޏެއް ނޫން..މިހާރު ލ.ގަމުން އެޔޮއް ބޭރުކުރާ ދިވެހި ރުއްތައް...ކޮންމެރެޔަކު މީހުން ނިދީމަ އެޔޮއް ބޭރުކުރަނީ...މިހާރު އެތައް ޒަމާނެއް އެހެން އެކަން ކުރާތާ....އަޑު އިވޭގޮތުން ބާރު ހުރިފަރާތް ތަކެއް އަޑިގަ ތިބެގެބް އެކަން ކުރަނީ...

  7. ޢިކުރާމު

    ތިމައްސަލާގަ ބޯޓު އޮޕަރޭޓު ކުރާ މީހުންތައްވާނީ ޖޫރިމަނާކުރަން ތިހުންނަނީ ގައުމައް ގައްދާރުވުން މިހާ ނާޒުކު ތާކުން ވެލިބޭރުކުރެވިގެންނުވާނެ މިހާރުވެސް މާލެ ތިރިކަމުން އުދައަރާއިރު ކަނޑުގެ ލޮނުގަނޑާ ހަމަހަމަވެފަ އޮންނަނީ ބޮޑެތި މަގުތަކައް ވެލިއަޅާ އުސްކުރަން ވެފަ މިއޮތީ މިހާރުވެސް ފޫޓެއް ވަރައް މުޅިމާލެޔާ ރާއްޖޭގެ ގިނަރައްރައް ހިއްލަންޖެހޭ