ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ތިން އަތޮޅަކަށް ރީނދޫ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ވިއްސާރު ކުރާނެ ކަމަށް ލަފާކޮށްފައި ވަނީ ފ. އަތޮޅުން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވަނީ މިރޭ 22:30އިން 1:30އާ ދެމެދުގެ ވަގުތުތަކެއް ގައެވެ.

 

މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ގިނަ ސަރަހައްދުތަކަކަށް ވައިޓް އެލާޓްވެސް ނެރެފައިވާ އިރު، މެޓް އޮފީހުން ވަނީ އަންނަ ކޮޅިގަނޑގައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށްވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައެވެ.