މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ތޫމް ރެސްޓޯރަންޓްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެ، އަލިފާން ނިއްވާލިއިރު އަލިފާން ރޯވީ ކޮންތަނެއްގައި ކަން ސިފައިންނާއި ފުލުހުންނަށް އޮޅިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ތޫމް ރެސްޓޯރެންޓްގައި އަލިފާން ރޯވެއްޖެ ކަމުގެ ރިޕޯޓް ސިފައިންނަށް ލިބިގެން މިރޭ ފަޔާ އެންޑް ރެސްކިއުގެ ސިފައިން އެތަނަށް ދިޔައިރު އަލިފާން ރޯވެފައި ހުރީ ބަދިގޭގައި ހުރި ގޭސްފުޅި ކައިރިގައި ހުރި ޑަސްބިނެއްގައި ކަމަށެވެ.

ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ފުލުހުން ވިދާޅުވީ އަލިފާން ރޯވީ ގޭސްފުޅިއެއްގައި ކަމަށެވެ.

"މިރޭ 22:20 ހާއިރު ތޫމް ކެފޭގެ ބަދިގޭގައި ބޭނުން ކުރަމުން ދިޔަ ގޭސް ފުޅިއެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓް ކުރުމާއި އެކު ފުލުހުން ވަނީ ވަގުތުން ސީނަށް ގޮސް އަލިފާން ނިއްވާލާފައި." ފުލުހުންގެ ޓްވީޓްގައި ވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ތޫމް ރެސްޓޯރެންޓްގައި ހިނގި ހާދިސާގައި ރެސްޓޯރަންޓްގެ އިމާރާތަކަށް ނުވަތަ، މީހަކަށްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޢަކުން ބަކުން

  ޢާން ދަގަނޑު ފުޅިއެއްގަ ރޯވޭތަ

 2. ޟާނާ

  ސަލާމަތީ ބާރުތަކެއް ނޫން އިނގޭތޯ... ޤާނޫނު އަސާސީގަ ބަޔާން ކުރެވިފައިވަނީ ފުލުހުންނާ ސިފައިން ހިމެނޭ ގޮތަށް ސަލާމަރީ ޚިދުމަތް ކަމުގަ. ޢަސްކަރީ ބާރެއްގެ ގޮތުގައި މި ޤައުމުގައި އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު. ފުލުހުންނަކީ މަދަނީ ޚިދުމަތެއް ފޯރުކޮއްދޭ މުއައްސަސާއެއް.

 3. ޥާނުވާ

  ރޯވިތަން ވަރަށް ސާފު. ޢެއީ ރެސްޓޯތެންގެ ބަދިގޭގަ. .ޑަސްޕިން އަދި ގޭސްފުޅިވެސް ހުރީ ބަދިގޭގަ. އޮޅުން އަރަނީ ރޯވެފައި ހުރީ ކޮން އެއްޗެއްގައި ކަން. ގޭސްފުޅީގައިތޯ ޑަސްޕިންގަތޯ.

  10