ދައުލަތުން ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓަމުން އަންނަ މަރުކަޒުގައި ހުރި ފިރިހެނަކު ނިޔާވެއްޖެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ބަލަހައްޓަމުންދާ ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ އެއީ އުމުރުން ދުވަސްވުމުގެ ސަބަބުން ނިޔާވި މީހެއް ކަމަށެވެ.

"އުމުރުން ދުވަސްވުމުގެ ސަބަބުން ނިޔާވީ. އެއީ ގުދުރަތީ މަރެއް." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ހުރި މީހަކު ނިޔާވުމާއި ގުޅިގެން ކޮމިޝަންގެ ރެޕިޑް ރެސްޕޯންސް ޓީމް (އާރްއާރްޓީ) އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެޗްއާރްސީއެމް އިން މިހާދިސާ ހިނގާފައިވާ ގޮތް ބަލަނީ ބެލެވޭ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ނިޔާވުމުން އާއްމު ގޮތެއްގައި އެކަން ހިނގާފައިވާ ގޮތް ބަލާ އުސޫލުންނެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ހުރި މީހަކު މިދިޔަ މާޗް މަހު ވެސް ނިޔާވި އެވެ. އޭނާ އަށް މަރުކަޒުގައި ހުރި އިރު އަނިޔާ ކޮށްފައިވާ ކަމަށް އާއިލާ އިން ތުހުމަތު ކުރި ނަމަވެސް އެތުހުމަތުތައް ޖެންޑާ މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

މިސަރުކާރު ވެރިކަމަށް އައީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ނިޔާވާ މައްސަލައިގައި ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުމަށް ފަހު އެވެ. މިސަރުކާރު އައި ފަހުން ފުލުހުންގެ ބަންދުގައި ހުރި އަންހެނަކު ވެސް ނިޔާވެފައިވެއެވެ. ނަމަވެސް އެމައްސަލައިގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ތަޙްޤީޤު ކުރިކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހައްމަދު

    މިކަމުގައި ފަސާދަ އުފެދޭ ކަމެއް ފެނެތޯ ނުބަލަންތަ

  2. މަހޭޝް

    އަވަހަށް ޕޯސްޓްމޯޓަމް ހަދާ

    15
  3. ބަކުރު

    ދާދި އިހަށްދުވަހުވެސް ސުވާލު އުފެފޭ މަރެެއް އެތާގައި ހިނގައިފި. ކޮބާ ހިޔުމަން ރައިޓްސް؟ ކޮބާ ޓްރާންސްޕޭރެންސީ މޯލްޑިވްސް.

    16
    • ޤުދުރަތީ

      ގޭގަ ތިއްބާވެސް މަރުވޭ ދެއްތޯ؟ ހަށިގަނޑަށް އަނިޔާއެއް ދީފަ ނެތްކަމަށް ވިހައިގެ އަސަރު ނެތްކަމަށް ޑަކުޓަރުން ބަލާފަ މަރު ފޯނުގަ ސޮއި ކުރީމަ އެއީ ޤުދުރަތީ މަރެއްކަމަށް ބަލަންޖެހޭ

  4. ތަޤުދީރު

    ދިރިހުރި ކޮންމެ ފުރާނައެއްވެސް މަރުގެ ރަހަ ދެކޭނެ. އެއީ އަމިއްލަ ގޭގައި ހުރި ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް ނުވަތަ ޖަލު ގޮޅީގައި ނަމަވެސް..

    8
    1
  5. އަނގައައްޕަޗި

    ފަހު 10 އަށް އެޅިމަ މުނާސަބާ ފާހަގަ ކުރީ ނިކަމެއްޗަކު މަރާލައިގެން އޮތަ؟ އަނިޔާވެރި ސަރުކާރު.

    6
    2
    • ލޮލް

      ކަލޭ މަންމަ ރޭގަ މަ ނިންމާލިމަވެސް ތިހެން ބުނި

  6. ޙަމް

    އާއިލާއިން ފޮނުވި ކޮމެންޓް ޖަހަން ނުކެރުނީ ކީއްވެބާ؟؟މީހުން އެހާ ދަށުދަރަޖައިގެ ކޮމެންޓް ލިޔަން ފުރުސަތުދީގެން ތި ތިއްބަވަނީ؟