އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރެއް ކަށަވަރު ކުރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ޖޫން މަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މޯދީގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ރާއްޖެ އަށް އަންނަ ޖޫން މަހުގެ 7 އިން 8 އަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ބައެއް ނޫސްތަކުންވެސް ރިޕޯޓް ކުރާގޮތުގައި މިފަހަރު ބޮޑު ވަޒީރު މޯދީ ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ދިވެހިރާއްޖެއަށެވެ.

އިންޑިއާގެ މީޑިއާތަކުން މިހެން ބުނި ނަމަވެސް މޯދީ ރާއްޖެ ވަޑައިގަންނަވާނަމަ ދެ ޤައުމުން އެއްބަސްވާ ތާރީޚެއް ހަމަޖެހުމުން އެކަން މީޑިއާއި ހިއްސާކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެފައެވެ.

އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރައްވާ، މިހާރުވެސް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބޮޑު ވަޒީރުކަން ދިފާއުކުރައްވާފައިވުމާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވާފައެވެ.

އަންނަ ޖޫން މަހު މޯދީ ރާއްޖެ ވަޑައިގެންފިނަމަ މި ދަތުރުފުޅުވެގެން ދާނީ ރައީސް އިބްރާހިމް މުހައްމަދި ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މޯދީ ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރު ފުޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޓޯ

    އަންނިގެ ގުރޫ އަންނާތީވެ އަންނި މިހާރު ހުންނާނީ އުފަލުން ފޮޅިފަ ލޮލް

  2. އެޖެންޑާ19

    މޯޑީ މޯޑީގެ ޤައުމުގެ ބަޔަކަށް އައުން ހުއްޓުވާނެ މީހަކު ނުހުންނާނެ. މިސަރުކާރު ވަނީ މޯޑީގެ މުށު ތެރޭގައި. މި ރާއްޖެ މިހާރު ފެންނަނީ އިންޑިއާގެ ބައެއްގެ ގޮތުގައި ކަން ކުރަނީ އިންޑިއާ މީހުން ބުނާ ގޮތަށް އިންޑިއާ މީހުން ރާއްޖޭގައި ތިބީ ގިނައިން އިންޑިއާމީހުންނާއި އެމީހުންގެ ބާރު ހިނގާ މީހުން. ދިވެހިރާއްޖޭގައި ދިވެހިން މައިނޯރިޓީ އަށް ވެއްޖެ. އަމިއްލަ އަށް ކަމެއް ނުނިންމެ އަމިއްލެ އަށް ބަހެއް ނުބުނެވޭ. ކީއްކުރާ ބައެއް، އަހަރެމެންގެ ކާބަފައިން އެމީހުންގެ ލޭ މިޤައުމަށް ގުރުބާން ކުރީ މިދުވަސް ނުދައްކަން. ޤައުމު ފައްކާވެ ތަސައްރަފު ފުދުނު އިރު މިއޮތީ ފިކުރީ ހަނގުރާމައިން ދިވެހިންގެ ހައްގު ގެއްލުވާލާފައި.

  3. އެޖެންޑާ19

    ‎މޯޑީ ރާއްޖެ އަންނަން އުޅެނީ އީދާ ދިމާކޮށް ކަމަށް މީހުން އެބަ ކިޔާ. މިސަރުކާރުން ދިވެހިންނަށް ގެނެސްދޭ އީދު ހަދިޔާ، ﷲ ހެކިކޮށް ބުނަން މޯޑީ މެންނަކީ މުސްލިމުން ދުނިޔެއިން ނައްތާލަން މަސައްކަތް ކުރާ އަދި ޔަހޫދީން ފަލަސްތީނުގައި ހިންގާ ހުރިހާ ލާއިންސާނީ ޖަރީމާ ތަކަށް %100 ތާއީދު ކޮށް ހުޝާމަތުވެސް ކުރާމީހެއް. މިއީ މުސްލިމުންގެ މޫނުމަތީގައި އިންޑިއާގެ މަކަރު ވެރިކަމުން ޖަހާ ތަފާލެއް ނޫންތަ؟ އެހެންކަން އޮތަސް މުސްލިމު ގައުމަކުން ދޭނީ ރަތް ދޫލައެއްގެ މަރުހަބާ އެއްތޯ؟ ދިވެހިންގެ މުސްލިމް ވަންތަކަން ކޮބާ؟ އިންޑިއާ އިން ދިވެހިން އަޅުވެތި ކުރުން ނޫން އެހެން އެއްވެސް އެޖެންޑާއެއް ނޯންނާނެކަން ތާރީޙް ހެކިދޭ. މި މުސްލިމް ގައުމުގެ ފަސްގަނޑު މޯޑީ ފަދަ އަނިޔާވެރިންނަށް ހަރާމް ވާންޖެހޭ.
    #SayNo2India&2Modi

  4. އަހުމަދު

    މިސަރުކާރުގެ ސިޔާސަތަކީ ޑޮކްޓަރުންނާއި ނަރުހުންވެސް ގެންނާނީ އިންޑިޔާ އިންނޭ އެގޮތަށް އެއްބަސް ވެގެން ލޯނު ދިނީ އެއީ އެގައުމުގެ ވަޒީފާ ނުލިބޭ މީހުންނަށް މިގައުމުން ވަޒީފާ ދިނުން އަދި މިހާރު ގެންނަ 350 ޑޮކްޓަރުން ވެސް ގެންނަނީ އިންޑިޔާއިން އެގައުމުން މިކަމަށް ހޮވޭ މީހުންނަކީ ފަހުން އިސްރޯގެ އޭޖެންޓްއިން އެފަދަ މީހުން ނަށް ހަދާ އެގަމުން އެމީހުންނަށް ޚާއްސަ އެލަވަންސް ދޭނެ މިރާއްޖޭގެ ކޮންމެ ރަށެއްގައި އިސްރޯގެ އޭޖެންޓް އެއް ހުންނާނެ ދުވަހުން ދުވަހަށް މައުލޫމާތު ދާނި ފޮނުވަމުން މިކަމަށް އިޒްރޭލުންވެސް ފަންޑު ކުރޭ....... މިއީ ވަރަށް ނުރައްކާތެރި ކަމެއް.... ވިސްނާށޭ ގައުމު