އެމްޑީޕީން މަޖިލިސް ރައީސް ހޮވުމުގައި ޕީޕީއެމް އާއި ޕީއެންސީގެ ވޯޓު ބޭނުން ނުވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހޮވާނެ ބޭފުޅަކާ މެދު ޚިޔާލުތަފާތުވުންތަކެއް އުފދިފައިވަނިކޮށް މަހުލޫފް މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ވަކި މީހަކަށް ތާއީދު ކުރުމާއި ނުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެމްޑީޕީން ވަނީ ތަފާތު ޚިޔާލުތަކަށް ޖާގަ ދިނުމަށް ދިވެހިންނަށް ދަސްކޮށްދީފައި ކަމަށެވެ.

މަހުލޫފު އެހެން ވިދާޅުވެފައިވާއިރު، ޕީޕީއެމް އާއި ޕީއެންސީން އިން މަޖިލިސް ރައީސް ކަމަށް ތާއީދު ކުރާނީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި ހަސަން އަފީފަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ވިދާޅުވެފައެވެ.

https://twitter.com/AhmedMahloof/status/1132218192909090816?s=19

މަހުލޫފު ކުރެއްވި މި ޓްވީޓުގައި އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް ސޯލިހާއި، ރައީސް ނަޝީދުގެ ޚިޔާލުފުޅު ވެސް ތަފާތުވެދާނެ ކަމަށެވެ.

"މިއީ އެއް ބަޔަކު އަނެއް ބަޔަކަށް "ވަގަށް" ގޮވަން ޖެހޭ ކަމެއް ނޫން " މަހުލޫފް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އެންމެ ބޭނުންފުޅުވަނީ އަސްލަމް ވަޑައިގެންނެވުމަށް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ އަފީފު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެމްޑީޕީގެ ފަސް ބޭފުޅުންގެ ތެރޭގައި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އަފީފުގެ އިތުރުން ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފު އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެމަންޖެ

    ތިޔަ ބޮޑާ ކަމަށް ހަލާކު ހުރި

    10
  2. ދޮންބެ

    މަހުލޫފައް ހީ ވާކަހަލަ ޕޕ އެމް ގެ ސަޕޯޓެއް ނެތި ކަލޭމެން ހަލާކު ވުމަކީ ﷲ ގެ މިންވަރު ފުގާ ނުވާނެ ކަމަކައް ހީނުކުރާ ށަެވެ

  3. ރަސީދު

    އިސްރާއީލު އަނދާ ދަނީ ކާކުކުރިކަމެއް މިސަރު ކާރު ހަލާކުރާލައް ޕީޕީއެމް ޕީއެންސީ ބޭނުމެއް ނުވާނެ ތިކަހަލަ ބޮޑާ ކަން ނުދަކާ މިސަރު ކާރު ފެއިލް ވެފަ އޮތީ

    11
  4. ސަޓޯ

    މީދެން ހާދަ ގައްޑާ މީހެކޭދޯ

  5. އަހުން

    މަހޭ ތިގޮތަށް އިޒުރޭލުންވެސް ގަދަފައިވިއްދި ފަހުންވީގޮތް ނިކަންދެކެބަލަ އަނދައި އަޅިއަށްވީ ﷲ ގެ ކުަޅަދުން ވަންތަކަން ދެކިބަލަ.

  6. ސަލަހާ

    ތިޔަ ކަހަލަ ބޮޑާކަން ގިނަގިނައިން ދެއްކިއްޔާ ރަނގަޅީ. ތިޔައީ ކިރިޔާ ބާރެއް ލިބޭއިރަށް ބޮޑާވާން ދަންނަ ބައެއްކަން ކުރީގެ ވެރިކަމުންވެސް ފެނިގެން ދިޔަ. އަދިވެސް ތި ވާނީ ހަމަ ތިއަށް. ރީބްރޭންޑްކޮށްގެން އާ މޫނެއް އެރުވިއަސް ތިޔައީ ހަމަ ކުރީގެ ކަލްޓް ވިސްނުން ގެންގުޅޭ ބައިގަނޑު.

  7. ބުރާންތި

    މީ ދެން ހާދަ ކިބުރުވެރި އިންސާނެކޭދޯ؟ މަ ނިދެކެން ކަމެއް ލިބުނަސް މިހާ ކިބުރުވެރި މީހަކު! ގަންޖާބޯމެންވެސް މިވަރެއް ނުވޭ! އެމް.ޑީ.ޕީ ތެރެއަށް ވެރިވެގެނ އުޅޭ ވަގުބޯޓެއްމީ! އަދިހުރޭ ބަލަން މަވޯޓާ ޝަރީފަށްދިން ކަހަލަ ލަންޑެއްދީފަ ޕާޓީން އަދި އެއްފަރާތް ކުރާނެ ދުވަސް އަންނާނެ. ކިބުރުވެރިކަމާއި ބޮޑާކަމަކީ ކަލޭގެ ހަލާކުކަމަށް އަދިވާނެ. އޭގެ ކުރިން ކަލޭ އިސްލާޙްވާން ނަސޭހަތްތެރިވަން.

  8. އެޖެންޑާ19

    ތެދުފުޅެއް މަހުލޫފު ޕީޕީއެމް ޕީއެންސީގެ ބޭނުމެއް ނެތް. ސަރުކާރުތެރެއިން ކަންކަން ކުރަމުންދާ ސްޕީޑް ފެނިފައި ގެލެކްސީތަކުގައި ފިލުމު ކުޅެން ތިބި އޭލިންތައްވެސް ދުނިޔޭގައި ބަނދަރު ކޮށްފި. ކަމެއް ކޮއްފަ ވާހަކަ ދެއްކީމާ މީހުްނގެ މަލާމާތާއި ބަދު ބަސްތަކުން ސަލާމަތް ވެދާނެ.