ރައްޔިތުންގެ މަޖިލީހުގައި ރައީސް ހޮވަން ވޯޓުލާ ދުވަހެއްގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެންދަން ޖެހެނީ ގަދަކަމުން ކަމަށް ކުރީގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު، އީވާ އަބްދުﷲގެ ތާއިދު އަސްލަމަށް ލިބިވަޑައިގަތުމާއި ގުޅިގެން އަލްހާން ވަނީ މިހެން ވިދާޅުވެފައެވެ.

އީވާ ވިދާޅުވެފައިވަނީ އަސްލަމްއަކީ މަޖްލިސް ބަހުސް ގައި ތަފާތު އަދި ސިޔާސީ ގޮތުން ކުރާ މަޝްވަރާތަކުގައިވެސް ހިވާގި ބޭފުޅެއްކަމުގައެވެ.

‏"އަސްލަމް އަކީ ވަރަށް ހީވާގި ބޭފުޅެއް އިންގެތޯ، ވަރަށް ވިސްނުންތޫނުވެސް ބޭފުޅެއް، ވަރަށް އާ ތަފާތު ވިސްނުމެއް ކަންކަމައް ގެނައިސް ދެއްވާ ބޭފުޅެއް.ރައީސް ނަޝީދު ފާޅު ކުރެއްވި ހިޔާލަށް ރައްޔިތުން މަޖިލިސް ރައީސްކަމަށް އަސްލަމަށް އަޅުގަނޑަށް ހަމަ ވަރައް ތާއިދު ކުރޭވޭ" އީވާ ވިދާޅުވިއެވެ.

އީވާގެ ވާހަކަ ދޮގު ކުރައްވުން އަލްހާން ވިދާޅުވެފައިވަނީ އަސްލަމް މަޖިލީހުގައި އުޅުނު އިރުވެސް، ވޯޓުލާ ގަޑިއަށް އަސްލަމް މަޖިލީހަށް ގެންދަން ޖެހެނީ ގަދަކަމުން ކަމަށެވެ.

އަސްލަމް އާއި އަފީފްގެ އިތުރުންވެސް މަޖްލީސްގެ ރައީސްކަމަށް އެމްޑީޕީއިން ހަތަރު މެމްބަރަކު ވަނީ ކުރިމަތި ލައްވާފައެވެ. އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ޖާބިރާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ރައީސާއި ނައިބު ރައީސް ހޮވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު ބާއްވާ މަޖްލީހުގެ ރަސްމީ ޖަލްސާގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޫރ

    އަލްހާނުވެސް ސަޕޯޓް ކުރަނީ، އަސްލަމް އަށް.
    އަސްލަމް އަކީ، ވަރަށް ޤާބިލް ބޭފުޅެއް.

    4
    18
  2. އ. ޖ. އ

    ހެލޯ ފެއިލިއަރ

    12
    4
  3. ހ

    އޭނަ ގަދަކަމުން ގެންދިޔަކަމެއް ނެތެއްނު 3 ވަނަ ފަހަރައް އެއޮތީ ހޮވާފަ. ގަމާރީ ކޮންބައެއްކަން ނޭގޭ.

  4. ނޫރުބާނީ

    މާގިނަ ވާހަކަނުދައްކާ ދައުލަތުގެ ރައުސިލްމާލު ކެވޭތޯ އުޅެބަލަ

  5. ޞާއީ

    ޙޮނޑައިދޫ މީހުން ގެންދަން ޖެހޭނީ ގަދަކަމުން. ޜަނގަޅަށް ތިބުނީ