އެމްޑީޕީން މަޖިލިސް ރައީސް ހޮވުމުގައި ޕީޕީއެމް އާއި ޕީއެންސީގެ ވޯޓު ބޭނުން ނުވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަހުމަދު މަހުލޫފު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން، ބޮޑާވެ ގަތުމަކީ ނިޢުމަތްތައް ގެއްލޭ ކަމެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މަހުލޫފުގެ ޓްވީޓަށް ރިޕްލައި ކުރައްވާ ނިހާން އެހެން ވިދާޅުވެފައިވާ އިރު، އެ ރިޕްލައިގައި އިތުރަށް ވިދާޅުވެފައި ވަނީ މަޖިލީހުގައި ޕީއެންސީ ޕީޕީއެމް މެމްބަރުން މަދު ނަމަވެސް، އެއީ ރައްޔިތުންގެ އަޑު ކަމަށެވެ.

މަހުލޫފު ކުރެއްވި މި ޓްވީޓުގައި އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް ސޯލިހާއި، ރައީސް ނަޝީދުގެ ޚިޔާލުފުޅު ވެސް ތަފާތުވެދާނެ ކަމަށެވެ.

"މިއީ އެއް ބަޔަކު އަނެއް ބަޔަކަށް "ވަގަށް" ގޮވަން ޖެހޭ ކަމެއް ނޫން " މަހުލޫފް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އެންމެ ބޭނުންފުޅުވަނީ އަސްލަމް ވަޑައިގެންނެވުމަށް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ އަފީފު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެމްޑީޕީގެ ފަސް ބޭފުޅުންގެ ތެރޭގައި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އަފީފުގެ އިތުރުން ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފު އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އ. ޖ. އ

  ނިހާނުގެ ގޮނޑި ގެއްލުމަކީ އޭގެ ރަނގަޅު މިސާލެކެވެ

  18
  8
 2. ޢިކުރާމު

  ހައްހައްހާ ލަދުގެ ކަންފުޅެއް ކޮބާ ބޮޑާވީމަ ތިތިބީ ބާލުވާފަ

 3. ޏިހާޏު

  ތެދެއް މަހުލޫފޫ، ތިހެން އުޅެގެން ކިހިނެއް ރޮލެކްސް ގަޑި އެއްޗެހި ލިބޭނީ؟ ބީ ލައިކް ނިހާން.... ލޮލް

  11
  9
 4. ޙާލަތު

  ފުއްޕާފަ އުޅުނު ދުވަސް ނިހާން މިހާރު ހަނދާން ނެތުނީތޯ.މަޖިލިސްތެރޭ މީހުންގެ މޫނަށް ކުޅުޖެހުމުން ނިހާންގެ ބަރާކާތް އިތުރުޥިތޯ. މިހާރު ތިޔަހުރީ ރަނގަޅަށް ސައިޒުވެފަ. ޟަހުލޫފް ވާހަކައަށް ތާއީދު

 5. ޢަލީ އަޙުމަދު

  މަހޭ އަތުގައި އޮތީ ރޮލެކްސް ގަދިއެއް ނޫން. ނަގުދު ފައިސާ. ޔޫއެސް ޑޮލަރު

 6. ޢަލީ

  ޕީ ޕީ އެމަށް ދިމާވީ މިފަދަކަމެއަ ތޯއްޗެއް.

 7. އަލްޖިބްރާ

  ބޮޑާވެގަތީމަ ވާގޮތް އެންމެ ރަގަޅަށް އެގޭނީ ނިހާނަށް !

  3
  3
 8. ދަތްދޫނި

  ނިއުމަތަށް ޝުކުރު ނުކޮއް ބޮޑާވެ ކިނބުރު ވެރި ވުމުގެ ސަބަބުން ތިމާ މިހާރު ތިހުރީ މުޖުތަމަޢުން ބާކީ ވެފައި. ދެން މާބާރަށް އަނގަތަލާ ހަދާނެ ކަމެއް ނެތް.