މަޖިލީހުގައި މެމްބަރުންނަށް ވާހަކަ ދެއްކުމާއި، ބަހުސް ކުރުމަށް ވަގުތު ކަނޑައަޅާފައިވާ އުޞޫލަށް ބަދަލު ގެންނަށް ޖެހޭ ކަމަށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ އަށް އިންތިޚާބު ވެފައިވާ، އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ކުރައްވާފައިވާ އެފްބީ ޕޯސްޓެއްގައެވެ.
"އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހޮވާފައިވާ މެމްބަރުން މަދުވުމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ އުޞޫލުތަކާއި ޤަވާއިދުތައް މިހާރު ހުރިގޮތުން، އިދިކޮޅު މެމްބަރުންނަށް މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވާ ސަރުކާރު ޒިންމާދާރު ކުރުމަށް ލިބޭ ފުރުޞަތު ވަރަށް ހަނި." ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ޝަރީފް ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރެވޭނެ އަދި އިދިކޮޅުގެ އަޑު މަޖިލީހުގައި އިއްވޭނެ ހަރުދަނާ އުޞޫލެއް މަޖިލީހުގައި އޮންނަންޖެހޭ ކަމަށެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީން ހޯދާފައިވާ އިރު، މި ވަގުތު ރާއްޖޭގައި އޮތް އިދިކޮޅު ދެ ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމް، ޕީއެންސީ އަށް ލިބުނީ 8 ގޮނޑިއެވެ. ޖުމްލަ 65 ގޮނޑި ވަނީ އެމްޑީޕީން ކާމިޔާބު ކޮށްފައެވެ.
މީ ރައްޔިތުން ބޭނުންވި ގޮއި ވަގުންގެ އަޑުއަހާކަށް ބޭނުމެއް ނޫން ވަރަށް ސާފު.
ނުޖެހޭ. ރައްޔިތުން ހޮވި ވަރަކުން އެތާ އަޑު އިއްވޭނީ. ތިބުނާ ގޮތުން ނަމަ އިންތިހާބު ނުބާއްވަ ދެ ޕާޓީ މެދުގަ ގޮނޑިތައް ހަމަޔަށް ބަހަންވީނު؟ އޭރަށް ހަމަޔަށް އަޑު އިވިދާނެ. ބަލި ވީމަ ބަލި ގަބޫލުކޮށްބަލަ. ތިއީ މާޒީ.
ޝުކުރިޔާ މެމްބަރ. ޞުރާންތިންގެ އަޑުނާހާ