ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގެެއަކަށް ވަދެ، އެގޭގައި ހުރި ހުރިހާ އެއްޗެއް "ސުންނާފަތި" ކޮށްލައިފިއެވެ.
ފުލުހުން ވަދެފައި ވަނީ ގ. ޕެލިކަން ގެއަށެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެގެއަށް ވަދެފައި ވަނީ މިއަދު ހަވީރު 5:30 ހާއިރު އެވެ. ފުލުހުން ވަނީ ތިން ގަޑިއިރެއްހާއިރު ވަންދެން އެގެ ބަލާ ފާސްކޮށްފައެވެ.
"ވަގުތު" އަށް އެނގިފައިވާގޮތުން ފުލުހުން އެގެޔަށް ވަނީ އެގެޔަކީ މަސްތުވާތަކެތި ވިއްކާ އެތަކެތި ބޭނުންކުރާ ގޮތަށް ސެކިއުރިޓީ ވަރުގަދަކޮގެން އެ ޚިދުމަތް ދެމުންދާ ގެއެއް ކަމުގެ މަޢުލޫމާތަށް ހިންގި އޮޕަރޭޝަނެއްގައެވެ.
ދެ ކޮޓަރި ހިމެނޭހެން ދެބުރިއަށް ހަދާފައިވާ އެގެޔަށް ވަދެ ފުލުހުން ހިންގި އޮޕަރޭޝަނުގައި ވަނީ ގޭގައި ހުރި ހުރިހާއެއްޗެއް ހަލާކުކޮށް ތަކެއްޗަށް ގެއްލުންދީފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެގޭގައި ހިންގި އޮޕަރޭޝަންގައި ގޭގެ ޕާޓިޝަންތައް ހަލާކުކޮށް ސީލުންގުވެސް ވަނީ ވައްޓާލާފައެވެ. މީގެ އިތުރުން ބިއްލޫރި ދޮރަކާއި، އެގޭގެ ފާހަނާ ތަށިވެސް ތަޅާލާ ގޭގައި ބޭނުންކުރާ ޕްލާސްޓިކް ގޮނޑިތައް ބިންދާލާފައި ވެއެވެ.
ފުލުހުން މީގެ މަހެއްހާ ދުވަސްކުރިންވެސް ހިންގި އޮޕަރޭޝަނެއްގައި ޕެލިކަން ގެއިން ބަޔަކު ހައްޔަރު ކުރިއެވެ. ނަމަވެސް ހައްޔަރުކުރި މީހުން ފަހުން ވަނީ ދޫކޮށްލާފައެވެ.
އެގޭގެ ވެރިފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ، ފުލުހުން ހިންގި އޮޕަރޭޝަން، ގެޔަށް ބޮޑެތި ގެއްލުން ނުދީވެސް ކުރިޔަށް ގެންދެވެން ޖެހޭނެ ކަމަށެވެ. އަދި ގެޔަށް އެވަރުގެ ގެއްލުންތަކެއް ދިން އިރު، ގޭގެ ވެރިފަރާތަށް އެކަން އަންގާފައިވެސް ނުވާކަމަށް އޭނާ ބުންޏެވެ.

"މީގެ ކުރިންވެސް ފުލުހުން ވަތްއިރެއްގައި އަޅުގަނޑުވެސް ބަހައްޓައިގެން ބަލާ ފާސްކުރީ،" ޕެލިކަންގޭ ވެރިފަރާތުން ބުންޏެވެ.
ގޭގެ ވެރިފަރާތުން ބުނީ، އެގޭގައި ދިރިއުޅޭ މީހުން މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ ފަރާތުން މަޢުލޫމާތު ލިބުނު ކަމަށެވެ.
"ފުލުހުން ބުނި، އެ ގެ އެމީހުންގެ އަތުން ނަގާށޭ. އަޅުގަނޑު ދެންނެވިން ދުވަސްކޮޅެއް ދޭށޭ. އަދި ހެކި ދައްކާށޭ އެގޭގައި އެކަން ކުރާކަމުގެ،" ޕެލިކަންގޭ ވެރިފަރާތުން ބުންޏެވެ.
އޭނާ ބުނިގޮތުގައި އެގޭގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް ފުލުހުން ބުންޏަސް އެގެއިން މީގެ މަހެއްހާ ދުވަސްކުރިން ހައްޔަރުކުރި މީހުން ދޫކޮށްލީއެވެ.
"ނޫސްތަކުން ދެނުނިން، 1200 ކޮތަޅުކޮޅާއެކު ކަމަށް ހައްޔަރުކުރީ. އެކަމަކު ދޫކޮށްލައިފި. އަޅުގަނޑު ދެންނެވިން އެގޮތަށް ހައްޔަރު ކުރިއްޔާ ކީއްވެހޭ މިނިވަން ވަނީ،" އޭނާ ބުންޏެވެ.
"ވަގުތު" އަށް އެނގިފައިވާގޮތުގައި އެގޭގައި ކުރިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ހުރީ ގޭޓެއްވެސް ހަރުކޮށްފައެވެ. ނަމަވެސް ދާދިފަހުން އެ ގޭޓު ވަނީ ނަގާފައެވެ. ޕެލިކަންގޭގައި ދިރިއުޅޭ މީހުން އެގެ ކުއްޔަށް ނެގީ މީގެ ހަމަސް ކުރިންނެވެ.

ގޭގެ ވެރިފަރާތުން ބުނީ، ގެޔަށް ފުލުހުން ބޮޑެތި ގެއްލުން ދިން މައްސަލަ މާދަމާ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެއްވި ވަކީލަކު ވިދާޅުވީ، ފުލުހުން މިއަދު ހިންގި ގޮތަށް އެ އޮޕަރޭޝަން ނުހިންގޭނެ ކަމަށެވެ. އަދި ޤާނޫނުގެ ދަށުން ފުލުހުންނަށް ތަންތަން ބަލައި ފާސްކުރުމުގެ ބާރު ލިބޭރު، ޤާނޫނުގައި އޮންނަނީ "ވީ އެންމެ ކުޑަ ބާރެއް" ބޭނުންކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް ތަޅުލާފައި ހުރި ތަނެއް ހުޅުވަން، ތަޅު ހަލާކުކޮށްލުން. އެކަމަކު ގޭގެ ފާރުތައް ވައްޓާލާ، ޓީވީ ހަލާކުކޮށްލާ ފާހަނާ ތަށި ތަޅައެއް ނުލެވޭނެ،" ޤާނޫނީ ވަކީލް ވިދާޅުވިއެވެ.
ވަކީލް ވިދާޅުވީ، މިގޮތަށް ރާއްޖޭގައި ތަނެއް ބަލައި ފާސްކުރި ކަން މީގެ ކުރިން އެނގެން ނެތްކަމަށެވެ.
ޕެލިކަން ގެޔަށް ފުލުހުން މިރޭ ވަދެ ހިންގި އޮޕަރޭޝަނުގައި އެގެއިން މަސްތުވާތަކެތި ހޯދިކަމެއް ނުވަތަ މީހަކު ހައްޔަރުކުރި ކަމެއް އެނގިފައި ނުވާއިރު، މި އޮޕަރޭޝަނާއި ބެހޭ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެނގިފައިވާގޮތުގައި އެގެޔަކީ ދެމަފިރިއަކު ކުއްޔަށް ދިރިއުޅެމުންދާ ގެއެކެވެ. އޮޕަރޭޝަންގެ މަޢުލޫމާތު ސާފު ކުރުމަށް ފުލުހުންނަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ގެއެއްގައި ހުރި ތަކެއްޗާއި މުދަލަށް މިރޭ ގެއްލުން ދީފައިވާއިރު، މީގެ ކުރިންވެސް ފުލުހުންގެ މިފަދަ ބައެއް އޮޕަރޭޝަންތަކުގައި ސަބަބެއްނެތި ތަކެއްޗަށް ގެއްލުންދޭ މައްސަލަތައް ކުރިންވެސް ބައެއް ފަރާތްތަކުން ފެންމަތި ކޮށްފައި ވެއެވެ. އެފަދަ ކަންކަމާއި ގުޅިގެން ފުލުހުން މިހާތަނަށް ބަހެއް ނުބުނެއެވެ.
ތިޔަ އުޅެނީ ސަރުކާރު އަމިއްލަ އަތައް ގޮވަން ނިދާފަތިއްބާ ކުރިންގޮތަށް މިކަން ނިމިދާނެ ކަމުގެ ކޮޅުމަތިބާ މިފެންނަނީ
ތިގޭ ދިރިއުޅޭ މިހުންނާއި ހެދި ހިސާބުގަނޑު މީހުންނަށް ހަމަޖެހިލައިގެ އުޅެވޭވަރެއްނުން . ދެމަފިރިން ވެގެން ހަކުރުވިއްކާ ހަކުރުބޯން ކޮޓަރި ހަދައިގެން ވިޔަފާރިކުރަނީ. ބިމާ ހަމަކުރަންވެފަ ހުރި ގެއެއްތީ
"ޕެލިކަން" އޭ ބުނީމަ ދިވެހިރައްޔިތެއް ނޫޅޭނެ އެއީ ކީއްކުރާ ގެއެއްކަން ނޭނގޭނެ. 24 ގަޑިއިރު މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ގެއެއްގެ ވާހަކަތީ. މަސްތުވާތަކެތި ވިއްކާ މީހުނާއި ނެޓްވޯރކް ތަކާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރަންޖެހޭ އަސްލު މިންގަނޑަށް އަދި ކިރިޔާ ތި ދަނީ. އަލަށް މިކަން ފެށީމަ ބަޔަކަށް މިކަން އާވިޔަސް މީ ބައިނަލް އަގުވާމީ މިންގަނޑު. ޝުކުރިއްޔާ ރައީސް ސޯލިހު.
ކުއްވެރިން ހިމާޔަތްކުރާ ވަކީލުންގެ ހުއްދަ ބާތިލްކުރަން ގޮވާލަން
ރަނގަޅަށް ތިކަން ތިކުރަނީ.. ގޭ ވެރިމީހާއަށް އޯކޭ ކުލި ލިބެނިކޮށް.. ކޮން މައްސަލައެއް ޖައްސާކަށް.. ތިވަރުވެސް އަދި ކުޑަ.
ހަގީގަތުގައި ގާނޫނުން ބާރުނުލިބުނަސް ލިބުނަސް ތިކަންކުރަންޖެހޭ ގޮތަށް ތިކުރީ. ގާނޫނުގަ ހުރި ލޫޕް ހޯލުތަކުން ނުވަތަ ގަސްތުގައި ހަދާފަ ހުރިގޮތުން އެއްޗިއްސާއެކު އަތުލެވުނަސް މީހުން މިނިވަންވޭ އެބަ... ބޮޑެތި އެހެން ގައުމުތަކުގަވެސް ކަންތައް ކުރާގޮތް ތިއީ.
ބިމާ ހަމަކުރަންވެފަ ހުރި ގެއެއްތީ ހަކުރުވިއްކަން ތިއްބާ ގެވެސް ގޮއްވާލަންވީއެވެ. ވަގުތު ނޫސް ވެސް ޒިއްމާދާރު ރިޕޯރޓް ލިޔޭ. އެމީހުން އެގޭގައި ކުރާ ކަންތައް ހުއްޓުވޭނެ ގޮތެއް ދައްކާބަލަ. ނޫނީ އެގެ ކާރި ނޫސްވެރިން ގޮސް މަޑުކޮންލަބަލަ. ހަމަ ހީވާނީ ކަންމަތީ ފިހާރައެއް ހެން. ތަކުރާރުކޮށް އިންޒާރުދީ ދައުލަތަށް ގެ ނަގަން ވީ .
އިއްސެ.... ގާނޫނީ ކުށެއް މަސްތުވާ ތަކެތި ވިއްކުމަކީ. ފުލުހުން ރަގަޅު
އެހެންވީމާ ކޮންމެހެން ޤާނޫނު ތަކެއް ހެދުމުގެ ބޭނުމެއް ނެތެއްނު؟ ޤާނޫނުން ބާރު ނުލިބޭނަމަ ފުލުހުންނަށްވެސް އަދި އެހެން ބަޔަކަށް ވެސް މިގޮތަށް ޢަމަލުކުރެވިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ...ފުލުހުންނަށް ޤާނޫނީ ތަރަހައިގެ ތެރޭގައި ޢަމަލު ނުކުރެވޭނަމަ ޢާންމުން ޤާނޫނުގެ ތަރަހައިގެ ތެރޭގައި އުޅެން ޖެހޭބާ؟ ކޮނަމެހެން މަސްތުވާތަކެތި ވިއްކުމަކީ ކުށެއް ނޫނޭ ބުނަނީ އެއްނޫން...މިބުނަނީ ޤާނޫނުގެ ތެރެއިންނޭ ފުލުހުންވެސް ޢަމަލުކުރަން ޖެހޭނީ...
ގެއެއް ތަނެއްގަ ހުއްޓަކަސް ހަލާކެއް ނުކުރެވޭނެ ފުޅުހުންނަކަށްވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރަނީ ގެއެއްނޫން މީހުން
ތިބުނީ އެގޭ މީހުން ހަލާކުކޮއްލާށޭތަ؟ ތިޔައީ އަދި މާ ރަނގަޅުގޮތެއް
މަސްތުވާ ތަކެތި ފޮރުވާފަ ހުންނަނީ މީހުންގެ ހަށިގަނޑުގަ އެކަނިކަމަށް ބަލައިގެން އުޅޭތީ ތިހެން ތިބުނަނީ. ކަންކަމުގެ އެކޮޅާއި މިކޮލޫ ދެނެތިބެގެން ވާހަކަ ދައްކަބަލަ?
ގޭގެ ވެރިމީހާ އަށް ބޯކޮށް ރުފިޔާދޭ. ދެން އެހެންވީމާ ގެއިން ނުނެރޭނު.
ގެއެއް ތަޅާލުމަކުން އަދި މައްސަލަ ހައްލެއްނުވޭ
މަސްތުވާ ތަކެތި ވިއްކާ މީހާއާއި ބޯމީހާ މިނިވަންކަމާއިއެކު ބޭނުންހާ ކެމެއްކުރަން ދޫވެފައި ތިބޭނަ ޕެލިކަންގެއާއި އެގޭގައިހުރި ހުރިހާތަކެތި ތަޅާލުމަކުން ލިބޭނެ ހައްލެއް ނުވިސްނޭ
ގެޔައް ގެއްލުންނުދީ އެގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނައް ގެއްލުންދީ ދެވަނަ ފަހަރަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ނުކެރޭވަރަށް ނަފްސާނީގޮތުން ޖިސްމާނީ ގޮތުން ބިރު ދައްކާފަ ބައިތިއްބާ
ޙަކުރު ގެއެއް ވިއްކާ ގެއެއް.ނާޒީމް ގޭގަ ހަތިޔާތު. ބޯހަލާކު. ޕޮލިސް ފެއިލްވެއްޖެ.
ތިއަށްވުރެ ރީތިވާނެ އެގޭގައި ކުރާކަންކަމުގެ ވާހަކަ ހޯދައިގެން ފުލުހުންނަށް ބުރަވެ އެކަންކަން ހާމަ ކުރިއްޔާ! ފުލުހުން މައްޗަށް މީހުން ހަސަދަ ކުރުވާ ގޮތަށް ޚަބަރު ގެނެސްދީފަ ތިއޮތީ. އެއީ އެހާ ދަާޢިދު ކުރެވޭ ގޮތަށް ހިންގާފަ އޮތް އޮޕަރެޝަނެއް ނޫން. މަވެސް ބައެއްފަހަރު އެވަރުވެސް ވާނެ. އެވަރުކޮށްގެންވެސް މި ވަބާއިން ޤައުމު ސަލާމަތް ކުރަން ވެއްޖެއެއްނު! ފުލުހުންނަށްދޭންވީ އެއްބާރުލުމެއްނު.!
ހަމަ ރަގަޅަށް ތިހަދަނީ. މަސްތުވާތަކެތި ތާ އެހެން ވިއްޔާ ތަޅާ ސުންނާފަތި ކީއްކުރަން ގެ އެއްކޮށް ދޮވެލަންވީ. ނުވިތާކަށް ބިންވެސް ސަރުކާރަށް ނަގަންވީ. ދެން މިކިޔަނީ ސާބިތެއް ނުވެޔޭ ކޮން ސާބޮތެއް ބާ ވާނީ މިގައުމުގައި . މިއޮތީ ޑިމޮކްރަސީ ހިތި ވެގެން ގޮސް ކުއްވެރިންނަށް ހައްގު މާ ބޮޑުވެފައި
ބަލަ ފާހާނަތަށީ ތެރޭގައޭ މަސްތުވާތަކެތި ހުންނާނީ. ބަރާބަރު ތިޔަހެން ހަދާލާންޖެހޭނީ، އެހެންނޫނީޔާ ނުހުއްޓުވޭނެ. ސަރުކާރުން ފުލުހުންނައް އަދިވެސް ބާރުތައް ދޭންޖެހޭ.
ގޮނޑު ސުންނާފަތިކޮށްފިޔޭ ހެޑްލައިންގަ ޖެހިނަމަ! ސަހާދެއްމަ ސިއްސައިގެން ދިޔައީ ހެޑްލައިން ކިޔާލީމަ
ނާގާބިލު ވެރިކަމުގެ ކޮޅުމަތި މިފެންނަނީ. ހަމައެއް ލަމައެއްނެތި މީސްމީހުންގެ ގެދޮރު ސުންނާފަތި ކުރަނީ. ޑްރަގް ބުޔަަސް ކެޔަސް މީ ލާއިންސާނީ އަމަލެއް. އޮޕަރޭޝަން ވެސް ހިންގަންވީ ގެ ބަލާ ފާސްވެސް ކުރަންވީ. އެކަމަކު މީދެން ބޮޑުވަރު. މީ ސިދާ ބާރު އޮއްކަން ދައްކަން ރައްޔިތުން ބިރުގެންނެވުމުގެ އަމަލެއް.
ހެޔޮކޮށް އެ ހެދީ އަދި ކިރިޔާ! ތިބުނާ އުސޫލުން ކަންތަށް އޮމާންކޮށް ގެންގޮސްގެނެއް މިކަމެއް ހައްލެއް ނުވާނެ! ކަލޯގަޔާ އަބަދު މޫދުގައި ނޯވެ ދުނިޔޭގަވެސް މިކަހަލަ ކަން ހިނގާ ގޮތް ބަލާ ސާފު ކޮށްބަލަ!!
ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި އެކަން ކުރަނީ ފުލުހުންނަށް ޤާނޫނީ ގޮތުން ލިބިދީފައިވާ އިމުގެތެރެއިންނެވެ. ދިވެހިރާއްޖޭގައި އަދި އެފަދައިން ކަންތައް ކުރުމުގެ ބާރެއް ފުލުހުންގެ ޤާނޫނުން ފުލުހުންނަށް ލިބިދީފައެއް ނުވެއެވެ. އެހެންކަމުން ހެޔޮވަރުގެ ބަދަލެއް ދޭންޖެހޭނެކަމަށް ޤަބޫލުކުރެވެއެވެ.
މާ މަވެލާފަ އުޅޭބައެއް އެއީ
އެ ހެދީ ހަމަ ރަނގަޅަށް.. ކުށްކުރާ މީހުން ސިއްރުކުރުން އެއީ މި މުޖުތަމަޢު އަށް ޖެހިފައި އޮތް ބޮޑު ވަބާއެއް.. ތަނއތަން ހަލާކުކުރީ މަސްތުވާ ތަކެތި ފޮރުާފަ ހުރޭ މީހުން ހިތައްވެސް ނާރާ ތަންތާ.. އެހެންވީމާ އެ ނޫން ގޮތެއް ނޯންނާނެ ދެއްތޯ.. ތަންތަން ހަލާކުކޮށް ސުންނާފަތި ކޮށްގެން ތިޔަސާމާނު ހޯދޭނީ
ތިކަން ތިކުރީ ހަމަރަނގަޅަށް މަހަމަ ތާއިދު
ހާދަހާވާ ރަނގަޅޭ. ސާބަސް ދިވެހިފުލުހުން. މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރާ ތަންތަން ހަމަ ބިމާ ހަމަ ކުރަންވީ.
ފުލުހުން ނުތިބޭނެ މުޅި މުޖުތަމައު ހަލާކުވަންދެން ބަލަހައްޓައިގެން. ގޭގެ ވެރިފަރާތުގެ ބަސްމަގު ހުރިގޮތުން އެނގޭ ސުލްހަވެރިކޮށް އެކަން ހައްލު ކުރަން ބޭނުން ނުވާކަން.
ރައްޔިތުންގެ ޙާދިމުންގެ ގޮތުގައި ތިބޭނެ ކަމަށާއި ރައްޔިތުންގެ ލޯތްބާއި އެހީތެރިކަމާއި އެކު ފުލުހުންގެ މުވައްސަސާ ހިންގަވާނެ ކަމަށް ވަރަށް ބާރަށް ބުނެ ހަފުތާއެއްގެ ތެރޭ ސްޓިކާ ޖަހައިގެން ބައި މިލިއަން ސަރުކާރަށް ހޯދާދިނުމާއި ރައްޔިތުންނާއި ދޭތެރޭ ލާއިންސާނީ އަމަލު ހިންގާނަމަ ރައްޔިތުންގެ ފަރާތުން ލިބޭނެ ލޯތްބެއް ނޯންނާނެ. ރައްޔިތުންނަށް ޙިދުމަތް ކުރުމަކީ ކުއްވެރި އަމަލުތަށް ހިންގާ ފަރާތްތަށް ސުންނާފަތި ކުރުމެށް ނޫން. ޤާނޫނު ތަކުގައި އެފަރާތް ތަކަށް ދޭނެ އަދަބުތަށް ލިޔެވިފައި ހުންނާނެ. ފުލުހަކަސް ރައްޔިތުންގެ ހައްގަކަށް އަރައިގަތުމުގެ ލައިސަންސް އެއް ފަހަރެއްގައިވެސް ނޯންނާނެ.
ހާދިމެއްނޫން އަޅުންނަށް ވިޔަސް މިގައުމު ފާލުން ނެއްޓުނީ އަދަބުގެ ބަދަލުގަ ގާނޫނީ ފިރުމުންތައް ކުށްެވެރިންނަށް ދީގެން. ސުންނާފަތި ކީއްކުރަން ހަފުސްކޮށް މަރާލާފަވެސް ކުރަންވީކަމަކީ ހުއްޓުވުން. އަހަުންގެ ތަޅާކަށް ފުލުހުންނެއް ނާންނާނެ. ބިކޯސް މަށަށް އިނގޭ މަގޭ ބައުންޑްރީ އާއި މައުޅެންޖެހޭ މިންގަނޑު. ހެޔޮކޮށްހެދީ. ގާނޫނުގެ އަތް ކަނޑާ ކުރުކޮށްފަ ވެސް ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރާތި. މިހެންވެ މަމެން ބުނީ އެޖެންޑާ19 ސަޅިވާނޭ.
ތިގޭ ތިއޮތީ ހަމަ ރަނގަޅަށް ވެސް އޮޕަރޭޝަން ކޮށްފައި ގޮހޮރާއި މޭގަނޑު ދަމާ ނެރެފަ. އިމްރާނުމެން މޮޅީ އޮޕަރޭޝަން ކުރަން.
ތީސަރުކާރު ވައްޓާލުމަށް ނުހޮވުނު ރައީސާ އަދި ސޭޓް ބުނެގެން ފުލުހުން ހިންގާ ޖަރީމާތަކެއް ކަމަށް ލަފާކުރެވެނީ ފުލުހުންގެ ތެރޭގައި ގިނައީ ސަރުކާރާޢިދިކޮޅު މީހުން
ހުރިހަމީހުން ފުލުހުންނައްތާއިދުކުރީ އޯކޭ އަޅުގަނޑުބުނާނީ ތިކަހަލަ ގެތައް ގޭގެވެރިފަރާތުންވަކިކުރަންފެނޭ ގޭގެވެރިފަރާތުންބަލަންޖެހޭނެ ގޭގަކުރަނީކޮންކަމެއްތޯ ފުލުހުންނައް ސާބަސް
ޔާމީން ވެރިކަމުގަ ތިޔަހެންހެދިނަމަ މޑޕ މީހުން މުޒާހަރާކުރީސް، މުޅިދުނިޔެއަށް އެކަންއަންގާނެ.
ވަކިބަޔަކުކުރީމަ އޯކޭ...އިވާނަސީމް ގުރްއާނުން ބިޑިހަދައިގެންބުޔަސް އޯކޭ.. ކޮއްމެވެރިކަމެއްގަވިޔަސް ތިފަދަ މުންކަރާތްތައް ހުއްޓުވަންޖެހޭނެ.. ބޮވެންޖެހޭނޭ ނުބުނާތި..
މުދަލާ ތަކެއްޗަށް ގަސްދުގައި ގެއްލުން ދިނުމަކީ ކުށެއްކަމަށް ޓީވީ ތަކުން ގޮވަމުން ދާއިރު ފުލުހުން ކުރިޔަސް ވާނީ ހަމަ ކުށަކަށް. ހަކުރު ބުޔަސް ވިއްކިޔަސް ޤާނޫނާ ޚިލާފަށް ތަކެއްޗަށް ގެއްލުމެއް ނުދެވޭނެ. އަދި މީހުންނަށް ލާއިންސާނީ އަނިޔާއެއްވެސް ނުކުރެވޭނެ. ހައްޔަރު ކުރޭ އެކަން ކުރި ފުލުހުން. ގޭގަ ނިދަން ތިބެން ބޭނުމިއްޔާ ފުލުހުންގެ ވަޒީފާއަށް ނުވަންނާނީ. ތީ އެހާ ކަންނެތް މީހުންނަށް ވާވަރު ކަމެއް ނޫން.
ކަލޭމެން ގާތަށް އަންނަ ރުޅި ކޮންޓުރޯލް ކުރުމަކީ ކަލޭމެންގެ އަމިއްލަ ކަމެއް. ތަނެއް ބަލައިފާސް ކުރަން އެއްމެ ފަހަރަކު ފޮނުވާއިރަށް ތިފެތެނީ ޤާނޫނީ ގޮޅިއަކަށް
މަށަކަށް ހިޔެއް ނުވޭ ތީ އިންސާނުން ދިރި އުޅޭ ތަނެއް ހެނެއް. ތިތާ ނެތް ހިފާގެންގުލޭ އެއް ވެސް ޒާތެއްގެ އެއްވެސް އެއްޗެއް. ހެއުކޮންވީރުން ގޭގެ ވެރިފަރާތުން ކޮންމެވެސް ދޮގެއް ހަދައިގެން ލާރި ގަނޑެއް ހޯދަން ތިއުޅެނީ....
ދިން ގެއްލުން ކުޑައީ ، މުޅިގޭ ޖެހޭ ބިމާ ހަމަކުރަން ޖެހޭ،.ގައުމުގެ ޒުވާންޖީލު ހަލާކުކޮށް ސުންނާފަތިކުރާ ތިފަދަ ހުރިހާ ގޭންގް މަރުކަޒް ނައްތާލަންޖެހޭ
އައްޑޫސިޓީ މަރަދޫގައިވެސް ތިކަހަލަ ތަންތަން ބައިވަރު. މަރަދޫ ކުންނާރުގެ ގޯތީގައިވާ 3 ގެއަކީވެސް ތިގޮތަށް މަސްތުވާތަކެތި ވިއްކާ އަދި އެ ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްގެން ވިއްކާ ބޭނުންކުރަމުންދާ އަދި މުޅިހިސާބުގަނޑުގައި ކުރާހާ ވައްކަންތައްކޮށް އެތަކެތި ރައްކާކޮށް ވިއްކަމުންދާ ބޮޑު ގޭންގެއް. މުޅި ހިސާބުގަނޑުމީހުންނަށް ބޮޑުބިރަކަށްވެ ގެއިން ނިކުންނަން ނުކެރި އަބަދު ތަޅުލައިގެން ތިބެންޖެހެނީ
ބިމާ ހަމަކުރަންވެފަ ހުރި ގެއެއްތީ ހަކުރުވިއްކަން ތިއްބާ ގެވެސް ގޮއްވާލަންވީއެވެ. ވަގުތު ނޫސް ވެސް ޒިއްމާދާރު ރިޕޯރޓް ލިޔޭ. އެމީހުން އެގޭގައި ކުރާ ކަންތައް ހުއްޓުވޭނެ ގޮތެއް ދައްކާބަލަ. ނޫނީ އެގެ ކާރި ނޫސްވެރިން ގޮސް މަޑުކޮންލަބަލަ. ހަމަ ހީވާނީ ކަންމަތީ ފިހާރައެއް ހެން. ތަކުރާރުކޮށް އިންޒާރުދީ ދައުލަތަށް ގެ ނަގަން ވީ .
ރަނގަޅު. ވަގުންނަށް ހާސް ދުވަސް ވެރީންނަށް އެއްދުވަސް.
މަސްތުވާތަކެތި ބޮއި ވިއްކައި ހަދަންޏާ އެތަނެއް ބެލުނު ގޮތަކަށް ބަލަންވީ. ގޭގެ ވެރިމީހާ އެކަމާ ދެކޮޅު ހަދާނަމަ ޝަރީޢަތް މެދުވެރިކޮށްފައި ދޭންޖެހޭ އެއްޗެއް ދީފައި ގެދޮރުވެސް ސަރުކާރުން ނަގަންވީ. މަސްތުވާތަކެތި ވިއްކާކަށް މި މާލޭގައި ގެދޮރުދީފައި ބަހައްޓާނެ ކަމެއް ނެތް.
މީހުން އޮޕަރޭޝަން ކުރަނީ ވެސް ފަޅައި ގޮހޮރުގަނޑު ދަމަިގަނެގެންނު. އެހެންވީމާ ގ. ޕެލިކަން ބަލިވެގެން އެ ގެ، ރޭގައި އޮޕަރޭޝަން ކޮށްލީ. އެކަމަކު ބައްޔެއް ނުފެނުނު. އިތުރު ބައްޔެއް ޖެއްސުނީ. ވީމާ ޢާއްމު ބަލިތަކާ ބެހޭ ޑޮކްޓަރަކު ލައްވައި ގެޔެއް މި އޮޕަރޭޝަން ކޮށްލީ؟ އޮޕަރޭޝަން ޑޮކްޓަރުން ލައްވައި އެކަން ކުރުވި ނަމަ، ޕެލިކަން އިން ބަލި ފެނުނީސް. ލައިލަތުލްޤަދުރި ވިލޭރެޔަށް ވުން އެކަށީގެންވާ ރެޔެއްގައި ފުލުހުންގެ ފަރާތުން މި ފެނުނީ ވަރަށް "އޯގާތެރި" ޢަމަލެއް. 3 ލައްކަ ރުފިޔާގެ ގެއްލުން ދިވެހި ޢާއިލާއަކަށް ލިބިއްޖެ.
ފުލުހުން ހިންގި ނާތަހުޒީބު ތިޔަ ޢަމަލު ހަރުއަޑުން ކުށްވެރިކޮށް މިހިނދުން މިހިނދަށް އެގޭ ވެރި ފަރާތަށް ބަދަލުދީ އެ މަސްތުވާ ތަކެތީގައި ހައްޔަރުވީ މީހުންނަށް ގާނޫނީ އަދަބު ދިނުމަށާއި އަދި މި ސީނުގައި އެގެއަށް ގެއްލުންދިން ފުލުހުންނަށް އަދަބު ދިނުމަށް ގޮވާލާ އެމީހުން ވަޒީފާއިން ވަކި ކުރުމަށް ގޮވާލަން.
ހުރިހާ އެއްޗެއް ހަލާކު ކުރުމުގެ ބަދަލުގައި ކުއްތާއެއް ބޭނުން ކުރުމުން މާ ރަގަޅެއްނު!!!!!
ގެއަށްގެއްލުންދިނުމުން ތިކަންހުއްޓޭނެތޯ މަސްތުވާތަކެތިބޭނުންކުރަނީ ގެއެއްނޫން ކުރިންހައްޔަރު
ކުރެއްވިމީހުން ދޫކޮށްލެއްވީ ކީއްވެތޯ ތިކަންހުއްޓުވުމަށް ތިތަކެތި އެތެރެކުރެވޭ ދޮރުތައްބަންދު
ކުރައްވާ ތިވަބާގައިޖެހިފައިވާފަރާތްތައްހައްޔަރުކުރައްވާ ތިތަކެތީގެ ވިޔަފާރިކުރުން ހުއްޓުވާދެއްވާ
ގޭގައިހުރި ޓީވީހަލާކުކޮށް ،ފާޚާނާތަށިތަޅާލައްވާ ގޭގެފާރުތައްވައްޓާލުމުންތިކަންހުއްޓުވޭނެތޯ ކުރިން
ކުރައްވަންޖެހޭކަންތައްކުރައްވާ ގާނޫނުންލިބޭބާރުގެ ބޭނުންކުަރައްވާ
ތިޔަފެށީ އަޞްލު އޮޕަރޭޝަން ހިފަހައްޓާފައި ބަހައްޓާ ބަޔަކު ފެންނާނެ މިހާރު ކުއްވެރިންނަށް ވާވަރަށް ފުރުޞަތު ދެވިއްޖެ (ސާބަސް ފުލުހުންނަށް)
ތިހެން ވާން ޖެހޭނީ!! ތިތަން ވެސް ބިމާ ހަމަ ކުރަން ވީ. ސާބަސް ދިވެހި ފުލުހުންނަށް ??
ތިތަން ޖަހާތަ މީހުންދިރިއުޅޭ ގެއެއްވައްތަރު. ކާނިވާ ބިއްދަށުގަ ހުރި ގުދަންތަކެކޭ ތިތަނެކޭ ނެތް އެއެްވެސް ތަފާތެއް. އެއީ ވެސް ބަލިކުދިން ހަކުރު ބޯން ވަންނަ އައްޑާއެއް. ތިވެސް އެކަހަލަ އައްޑާއެއް، މިހާރު ހިސާބުގަނޑު މީހުންނަށް ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބޭނެކަންނޭނެ.
އާއްމުންގެ މުދާލާއި ތަކެއްޗަށް ފުލުހުން ގެއްލުން
ދިނުމަކީ ދެރަކަކެވެ ރަމަޟާން މަހެއްގެ ތެރޭގައި
ބަޔަކުދިރިއުޅޭ ގެއަކަށްވަދެ އެފަދަ ގެއްލުންތަކެއް
ދޭއިރު އެނމެ ލުއިގޮތް ބޭނުންކުރަން ޖެހެއެވެ
ނިކަން ކެރެންޏާ ގޮސް ޕްރީޕެއިޑް ޝިއުނާ މެންގެ ތިގޮތަށް ސުންނާފަތި ކޮށްލަބަލަ! ނުކެރޭނެ ކުރާކަށް.. އެއީ މިހާރު މާލޭގަ އެންމެ ގަދައަށް ތިކަން ކުރާ އެއްގެ.. މިކަން ހަމަ ރަނގަޅަށް ފުލުހުންނަށް އިނގޭނެ..
ތެދެއް އެބުނާގޭގައި އެކަން ކުރަނީ މިކުރަނީއޭ ބުނެލާފައި. ނިކަން ކެރެންޔާ ފުލުހުން ގޮސް އެގެ ތަޅާލަބަލަ. ތީ ގަދަ ބަޔެކޭ ބުނާނަން. އެނގޭ ނުކެރޭނެކަން
ބަރާބަރު. ގާނޫނުގައި ވިއްކުން މަނާކަމަށް ބުއިން މަނާކަމަށް އޮތްވައި ބޮނީވެސް. ގާނޫނު އޮންނަނީ ބޯތީ ވިއްކާތީ ތަން ބަލަންވީމާ އެކަންޏެއް ނޫން. ޑުޓާޓޭ ހަދާގޮތަށް ކިރިޔާ ޝައްކެއްވިޔަސް ގާނޫނުގައި އޮތްތޯވެސް ނެތްތޯވެސް ނުބަލައި އަޅަންޖެހޭ ފިޔަވަޅެއް ކުރަންޖެހޭ ކަމެއް ފިސާރި ބާރާއެކު ބާރުހުރިކަން ކުޅިވަރު ނުކުޅެވޭނެކަން ހާމަވާގޮތަށް ނިންމާލަންވީ. ތިޔަ ކަމާ އަޑުގަދަކުރާނީވެސް ގާނޫނީ ވަކީލުންގެ ތެރޭގައި ތިބޭ ތިޔަ ކަހަލަ މީހުންގެ އަތުން ނަފާ ހޯދާ ވަކީލުން. ނަފާ ދޭ މީހުން މައިތިރިކޮށްލީމާ ތިޔަ ވަކީލުންނެއްވެސް ނުތިބޭނެ.
ރަނގަޅު....
ޔާމިން ސަރުކާރުގަ ފުލުހުން ތިހިން އުޅުނީ ތިވާނީ މިސަރުކާރު އައުމުގެ ކުރިން ހަލާކު ކޮއްފަ ކަމައް
ވަރައް ފުއްޕާފަ މިހާރު ފުލުހުން ތިބެނީ ވާކަމެއް ހަރާން .ގެންދިޔައީ ދޫކޮއްލީ.
ޙަބޭސް
ބަލަ ކޯޓް އަމުރުގަ އޮވޭތަ ދޮރު ވައްޓާލާފައޭ ވަންނަން ޖެހޭނީ؟ ނޯވެ ދެން ވަރި ހަމައެއްނު ފާރު ކިޔެއް ކުރަން ސީލިންގް ފަޅާފަ ވަނަސް..
އަދިވެސް ކުދަޑަ ތިކުރިވަރު.. ވޯނިން ދީދީ ހައްލުނުވި ތަނެއްތީ ދެން ތިނޫން ގޮތެއް ދައްކަބަލަ ތިތަން ހައްލުކުރާނެ ގޮތެއް. ފުލުހުން ނައް ބުނެލަން އޮތީ އައްސެރިބަހާއި ސާބަހޭ ތިކުރި، ތިކުރާ ހިއްވަރައް މިގައުމު ހަމަ މަގައް އަޅުވަން އަދި ޤާނޫނީ އިމުގެ ތެރެއިން ވިޔަސް ބޭރުން ވިޔަސް ދިވެހި ރައްޔިތުން ނައްޓަކާ ތިޔަ ނަންގަވަމުން ދާ ރިޝްކުތަކައް ސުކުރިއްޔާ އޭ..
ހަމަ ތިހެދީ ރަގަލަށް...
މަސްތުވާތަކެތި ވިއްކާ ހިންގާ ނަމަ ހަމަ ޗެކްކުރަންވީ. ވެރިފަރާތުން އެ މީހުން ބައިތިއްބީ ކީތްކުރަން
ޙަކުރު އެތެރެކުރެވެ އެކަމު ބަޑި ހަތިޔާރު އެތެރެނުވޭ ހުޓަން ބޭނުން ނުވާ އެޗެއް ނުހުއް ޓުވާނެ ކޮނމެ ސަރުކާރެއް އޮތަސް
އަލުގަނޑުގެ ގެޔަސް ވެސް ވަނީ ދޮރު ފަޅާލައިގެން. އެ ގޭގެ ދޮރު ހަދަންވެސް އަތުން އެތަށް ރުފިޔާއެ ދިޔް. ތިޔަ ޕޮލިހުންނަކީ ގައުމުގެ ހަލާކު
ތީ ހަކުރު ވިއްކާ ހާއްޔެއް. މުޅި ހިސާބުގަ ބިއްޖެހިފަ ތިބި ޕާޓޭންތައް މީހުންގެ ސައިކަލް ތައް މައްޗައް އަރާ މަގަށް ހޮޑު ދުއްވާލާ.. ތިގޭގަ ހަކުރު ވިއްކަނީ އެކަންޔެއް ނޫން. 100ރ ދީފަ ޕީސް ގަނެގެން ބޯލެވޭނެ ހިދުމަތް ވެސްދޭ.. ތިކަން ކުރާ މީހާ ދަނގަޑު ގޭޓް ލައިގެން ދޮރު ހަދާ ކެމެރާ ބަހައްޓައިގެން މުޖުތަމައު ފަސާދަ ކުރަނީ. ފުލުހުން ހެދީ ރަގަޅަށް.