މިރޭ 12:30 ހާއިރު، ނ. ޅޮހީ ފަޅުގައި އަޅާފައި އޮތް ޑިންގީއެއްގައި ވަގަށް ފުރައިގެން ދިޔަ މީހަކު، ކަނޑުމަތިން ހުއްޓުވައި، ފުލުހުންނާއި ހަވާލުކޮށްފިއެވެ.

މި ޑިންގީ ހުއްޓުވާފައިވަނީ، އެ ޑިންގީގެ ވެރިފަރާތުން އެހެން ލޯންޗެއްގައި ގޮސް ކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ޑިންގީ އަށް އަރައިގެން އެމީހާ ދަނިކޮށް، އެވަގުތު ބަނދަރުގަ ހުރި މީހަކަށް ފެނުނީ ކަމަށާއި، އެ ޑިންގީގެ ވެރިފަރާތަށް މަޢުލޫމާތު ދިނީ މަންޒަރު ދުށް މީހާ ކަމަށެވެ.

"އޭނަ ފުރައިގެން ދަނިކޮށް ފެނުނީ. އެ ޑިންގީ އަކީ އިންޖީނުވެސް އަޅާފަ އިން ޑިންގީއެއް. ދެން ޑިންގީގެ ވެރިފަރާތަށް އެނގުމުން އެމީހުން އެހެން ލޯންޗެއްގަ ފުރައިގެން ގޮސް އޭނަ ހިފެހެއްޓީ. ހިފަހައްޓައިގެން ގެނެސް ޅޮހީ ފަޅުތެރެއަށް ވެއްދީ." އޭނާ ބުންޏެވެ.

މި ޑިންގީގައި ގޮސްފައިވަނީ، މިދިޔަ އަހަރުގެ އޯގަސްޓު މަސް ތެރޭގައި، ޑިންގީ އެއްގައި މަހަށް ނުކުމެގެން އުޅެނިކޮށްވެސް ގެއްލިގެން ހޯދި މީހެކެވެ. އޭނާ އަކީ އާއްމުކޮށް އެގޮތަށް، ޑީންގީ ތަކުގައި އަތޮޅުގެ އެކި އެކި ރަށްރަށަށް ދަތުރުކުރާ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މި ދަތުރުތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި އާއި ގުޅުން ހުރި ދަތުރު ތަކެއްކަމަށް އެރަށު ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ޑިންގީ އާއި އެކު ޅޮއްސަށް ގެންގޮސް، ފުލުހުންނާއި އޭނާ ހަވާލުކުރުމުގެ ކުރިން ވަރަށް ބޮޑަށް އޭނާ އަށް އަނިޔާ ކޮށްފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އޭނަ ޑިންގީން ފޭބި ގަޑީގަ އޭނަ އަށް ވަރަށް އަނިޔާވެސް ކޮށްފަ ވަނީ. އަނގަމަތިވެސް ފަޅާލަފަ. ޓީޝާޓުވެސް ވީދާލާފަ. އެހެން ކަންތައް ކުރީމަ އެއީ ދެރަކަމެއް. އޭރު ފުލުހުންވެސް ތިބީ މިރަށަށް އައިސްފަ. އަނިޔާ ނުކޮށް ފުލުހުންނާއި ހަވާލުކުރުން އެއީ ރަނގަޅު ގޮތަކީ." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިހާރު އޭނާ ވަނީ ހައްޔަރުކޮށްގެން، އެ އަތޮޅު މަނަދޫ އަށް ގެންގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބަލާ

    ތަޅާ ހިމުން އަރުވާފަ ބާއްވަންވީ... މީ އަލައް ކުރިކަމެއް ނޫން..

    52
    1
  2. ީބަސް

    އަނިޔާނުކުރާތި ފުލުހުންނާވެސް ހަވާލުނުކުރާތި
    ވަގުންނަށް އަބަދުވެސްވާނެ ހިމާޔަތް ދޭން

    36
    3
    • ތަސްލީމާ

      ވަގުން އެކަންޔެއް ނޫން. ތިބޭފުޅާގެ ގައިގައި ތަޅައިގަތަސް ފުލުހުން ހިމާޔަށް ދޭނެ

      1
      22
      • ހިމާޔަތް

        ހިމާޔަތް ލިބޭނަމަ ތިޔަ ވަގުންނަކަށް ތިހެން ބޭނުންހައި އިރަކު އައިސް މުދަލަކަށް އަރައެއް ނުގަނެވޭނެ.

        22
  3. ސަހާ ސުޓަރ

    ސަހާ ސުޓަރ ލޯންޗްގެ ވަގަށްނެގި ސާމާނު ތަކައި 60ހޯސް ޕަވަރުގެ ޔަމަހާ ދެ އިންޖީނު ވީތަަނެެއް އަދި އަދަށްވެސް ނޭންގޭ ފުލުހުންވެސް އެ ނުފެންނާނޭ އެއްޗެއް ކަމަށް ބަލާފަ ކޭސްވެސް ކުލޯސް ކުރީ. ގައިމު މި ކުޑަކުޑަ ރާއްޖެއިން އެވަރު ބޮޑު އެއްޗެއް ނުހޯދުން ވިއްޔަ ހާދަ ބޮޑު ގެއްލުމެކޭ. ގައިމު އެއިތި ވަގަށްނެގި އެ ހަދައިން ބޭލިތާ އެންމެ މަހެެއްވީ ދުވަހު ވަރަށްދެރަ ކަންތައްދޯ މީހެެއް މެރުންފަދަ ކަމެއްދޯ މުޅި އުމުރު ދާ އޮހޮރުވައިން ހޯދި ލާރިން ލޯނެއް އެކައްޗެއްވެސް ނުނަގާ އެ ލާންޗް ބޭލީ ވަރަށް ދެރަ އަދިވެސް އުންމީދު ކުރަން އެފެންނާނޭކަމަށް

    20
    1
  4. ޚަބަރު ދާރު

    މިމީހުންނަށް ކުރަން މިވަރުވެސް ކުޑަ މަނަމަ ތަޅާ ހެމުން އަރުވާ ކާފަ ފުލުހުންނާ ހަވާލު ކުރާނީ މާދަމާ ދޫކޮށްލާނެ އަނެއްރޭ އަނެއް ޑިންގީގައި ކަނޑާލާާނެ

    22
  5. ހޭތަކުރު

    ފުލުހުންނާ ހަވާލުކުރަންވާނީ ރައްޔިތުން ހުކުމް ކޮށްފައި ހުކުމް ތަންފީޒުކޮށްފައި ދޭންޖެހޭ އަދަބެއް ދީ ނިންމާފައެވެ. ފުލުހުންގެ ވާޖިބަކީ ކުށްވެރިން ހިމާޔަތްކުރުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމެވެ. ކަރެޝަންގެ ޒިންމާއަކީ ކާންދީ އަންނައުނުދީ ކުޅިވަރުކުޅުވައި ފޮތްކިޔުއްވުމެވެ. ކޯޓުތަކަށް އޮންނާނީ ސާބިތުނުވާކަމަށް ހުކުމްކުރުމެވެ. ތަޙްގީގުކުރުމާއި ހުކުމް ކުރުމާއި ތަންފީޒުކުރުމާއި އަދަބު ދިނުން ބާއްވަންވީ ރައްޔިތުންގެ އަތްމަތީގައެވެ. އެހެންނޫނީ ދެނެއް މި މުޖުތަމަޢެއްގައި ރައްޔިތަކަށް ހަލާލުގޮތުގައި ފައިސާ ހޯދައިގެން ތާހިރުކޮށް ދިރިއެއްނޫޅެވޭނެއެވެ.

    30
  6. ހުސޭނުބޭ

    ރަގަޅަށް ތިކަން ދިޔަނަމަ ވަގުކަލޭގެ ފުލުހުންނާ ހަވާލުކުރަން ގެންދަންޖެހޭނީ އެމްބިއުލާންސްގައި!

  7. ހަލަބޮލި

    މިގޮތަށް އަނިޔާ ކުރުމަކީ ރަގަޅު ކަމެއް ނޫން. އެކަމަކު އަނިޔާ ކުރާ ސަބަބަކީ ތިޔަ ގޮތަށް ޑިންގީ ރަކުގައި ތިޔަމީހާ އެތަށް ބައިވަރު ދަތުރު ކުރިއިރު އޭނާޔަށް ލިބުނު އަދަބެއް ރައްޔިތުންނަށް ނުފެނާތީ. ކޮޅުންލީމާ ޖަހާނީ ކޮޅުފައިން.

    5
    1
  8. އަލީ ސުލައިމާން

    ކީއްކުރަން ފުލުހުންނާ ހަވާލުކުރަންވީ އަތުލި ދިމާލުން ކަނޑައް ފައްތާލިނަމަ އެކަންނިމުނީ ބުނީމަވީ އޭނަ ފިލަންވެގެން ކަނޑައް ފުންމާލީއޭ. ރައްރަޝައް ގޮސް ތިއްތިވެގެން މީހުންގެ އަނބިންކާރިޔަށް ވަނުމާ ތިއްތިދެއްކެން ރަޝުތެރޭ ފިނިބުރުޖެހުމާ ވަގުންނާ ބޯމީހުން ކުރާވިޔަފާރި ހިމާޔަތްކުރަން ދައުލަތުގެ ހިމާޔަތުގައި ތިބޭ ބޭކާރު ބޯތަކެއް. ކިރިޔާކަމެއްވާ އިރައް ތިމައްސަލަ ބަލުމުންދަނީ..... ނުވަތަ ބަޔަކު ސުވާލެއްކޮށްފިއްޔާ ތަހުޤީޤްކުރަމުންދާ މައްސަލަ އަކައްވާތީ އިތުރުމައުލޫމާތު ހާމަކުރެވޭކައްނެތް....
    މީ މިމީހުންގެ ފެންވަރަކީ ރައްޔިތުމީހުން ތިބެންމިޖެހެނީ އިންސާފު ނުލިބި....ބޮޑު ބަ..... ސަހާދަތް...