ފުލުހުންގެ މީޑިއާ އޮފިޝަލުން ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ނޫހެއްގެ އެޑިޓަރަކު ފުލުހުންގެ "ވަޓްސްއެޕް ގްރޫޕް" ގައި ވިދާޅުވުމުން ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަރަށް ބޮޑަށް ކޯފާއިސްވެގެން ރައްދުދެއްވައިފިއެވެ.

އިޒްމިއާ ކޯފާއިސްކުރެއްވީ ފުލުހުންގެ "ވަޓްސްއެޕް ގްރޫޕް" ގައި "ވަންއޮންލައިން" ގެ ޗީފްއެޑިޓަރ ސިނާން އަލީ ރޭ ކުރެއްވި މެސެޖަކުންނެވެ. ސިނާންގެ މެސެޖްގައި ވިދާޅުވީ ފުލުހުންގެ މީޑިއާ ނަމްބަރަށް ގުޅުމުން ފޯން ނުނަގާ މައްސަލަ މިހާރު ވަރަށް ގިނައިން ދިމާވާ ކަމަށެވެ. އަދި ފަހުން ގުޅާލާނެ ކަމަށް ފުލުހުންގެ މީޑިއާ އިން ވިދާޅުވުމަށް ފަހު ނުގުޅާ ކަމަށް ވެސް ސިނާން ވިދާޅުވިއެވެ.

ސިނާނަށް ރައްދު ދެއްވަމުން އިޒްމިއާ ވިދާޅުވީ "ތިޔަ ނޫސް ހިންގަން ޖެހޭނީ ޕޮލިސް މީޑިއާ އިންތޯ؟" އެވެ.

އިޒްމިއާ އެހެން ވިދާޅުވުމުން ސިނާން ވިދާޅުވީ ތިހާ ހަޑިކޮށް ޖަވާބުދޭން ޖެހޭ ވަރުގެ އެއްޗެއް އޭނާ ނުދަންނަވާ ކަމަށާއި އޭނާ ފާހަގަ ކުރެއްވީ ދިމާވަމުންދާ މައްސަލައެއް ކަމަށެވެ.

އެހެން ސިނާން ވިދާޅުވުމުން އަނެއްކާވެސް އިޒްމިއާ ވަނީ ހުތުރުކޮށް އޭނާ އަށް ރައްދުދެއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުން ގޮތުގައި އެނގިފައިވާ ގޮތުގައި ދެބޭފުޅަކު މަސައްކަތް ކުރައްވައެވެ. އޭގެ އިތުރުން އަދި ފުލުހުންގެ ތަރުޖަމާނެއްގެ ގޮތުގައި އިޒްމިއާ ހުންނަވައެވެ. އަބަދުވެސް މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުންގެ ދެނަމްބަރެއް ހާއްސަކޮށްފައި އޮވެއެވެ. ނަމަވެސް ގިނަ ފަހަރަށް އެއިން އެއްވެސް ނަމްބަރަކަށް ޖަވާބު ނުދޭކަން ފަހަކަށް އައިސް ވަނީ ފާހަގަ ކުރެވިފައެވެ.

ފުލުހުންގެ "ވަޓްސްއެޕް" ގްރޫޕްގައި އިޒްމިއާ ރޭ ކޯފާއިސްކުރައްވައިގެން ވާހަކަފުޅު ދެއްކެވިއިރު އޭނާ ވަނީ މީގެ ކުރިން "ވަގުތު" ގެ ނޫސްވެރިން ވެސް އެގްރޫޕުން ބޭރުކޮށްފައެވެ. ރޭ ގްރޫޕްގައި ދެއްކި ވާހަކަތައް "ވަގުތު" އަށް ފޯރުކޮށްދީފައި ވަނީ އެހެން މީޑިއާއެއްގައި މަސައްކަތް ކުރާ ނޫސްވެރިއެކެވެ. ރޭ އިޒްމިއާ ދެއްކެވި ވާހަކަތަކުގެ ސްކްރީންޝޮޓްތައް "ވަގުތު" އަށް ލިބިފައިވެއެވެ.

ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ފުލުހުންގެ މީޑިއާ ޑިޕާޓްމެންޓްގެ ހެޑް ވެސް މެއެވެ. މީގެ ކުރިން މީޑިއާ އޮފިޝަލުން ފޯނަށް ޖަވާބު ނުދެއްވައިގެން ފުލުހުންގެ ތަރުޖަމާނުންނަށް ގުޅުމުން ވަގުތުން ޖަވާބު ދެއްވައެވެ. ނަމަވެސް އިޒްމިއާ މަގާމާއި ހަވާލުވި ފަހުން އެއުސޫލު ވަނީ ބަދަލުކޮށްފައެވެ. މިހާރު ބައެއް މީޑިއާތަކަށް ހާއްސަ ހާލަތެއްގައި އިޒްމިއާ މައުލޫމާތު ދެއްވި ނަމަވެސް އާއްމުގޮތެއްގައި އޭނާ ފޯނަށް ޖަވާބެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    ކިތަންމެ ކޯފާވިޔަސް ހަޤީޤަތެއް ދޮގަކަށްނުވާނެ!

    48
    2
  2. އަލި

    އިޒްމިއާ އަކީ ގޮތެއް ނެތް މީހެއް. އެޑިޓަރަކު އެއްޗެއް ލިޔާއިރަށް އެގޮތަށް ޖަވާބުދޭނީ ވަރަށް ގޮތެެް ނެތީމަ. ނޫސްވެރިންކުރަނީ ގައުމީ މަސައްކަތެއް. ފުލުހުން ވެސް އަދާކުރަނީ ޒިނަމާއެއް، އެއީ އިޒްމިއާގެ ހިތްޕުޅުހެޔޮކަމުން ކޮށްދޭ ކަމެެއް ނޫން

    39
    3
  3. ނަކުދިސް

    އިޒްމިއާ ހީކުރަނީ މީނަ އެމަގާމުގަ ހުންނަނީ އަހަރެމެންބުނެގެން ކަމަށް. ނުވަންޏާ އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ...

    23
    4
  4. ތާރަބެ

    ދެން ފަހެ ތިޔަ އިޒްމިއާގެ ހުރި ކުޅަދާނަކަން ގުޅުން ހުރި ޚަބަރު ތަކުންވެސް އެހައިރުން އެނގި ހާމަވެއްޖެއެވެ. އހ

    15
  5. މަސީހު

    މި އިޒްމިއާކީ މީޑިއާތަކާ ޖައްސާލައިގެން އުޅޭ މީހެއް. މީނަޔާ މީޑިއާތައް ތިބެނީ ޖެހިފަ. އަސްލު ވަރަށް ރުޅި އާދޭ ހުރިހާ މީޑިއާމީހުންވެސް މީނަދެކެ. މީ މަގާމުންވެސް ދުރުކުރަން ޖެހޭ މީހެއް. ސީޕީ ހަމީދު މި ފަދަ މީހުން މީޑިއާއާ މުއާމަލާތްކުރަން ނުބައިތިއްބަވާ!

    16
    1
    • ޯ?‍♀️?‍♂️

      ޝިފާން ސާރ މާ ރަނގަޅު ފުލުހުންގެ ތަރުޖަމާނަކަށް... އެއީ އެންމެ ޤާބިލު އޮފިސަރަކީ މިކަމަށް..
      ??❤❤

      11
      1
  6. ހަލީ

    ސީޕީ! މީނަ ަވަހަށް ދުރުކުރޭ! އެހެން ނޫނީ ދެން ޖެހޭނީ މަނިކުފާނުގެ އިސްތިއުފާއަށް ވެސް ގޮވަން

    16
    2
  7. ހައްހައް

    ހަނދާނަށް އަންނަނީ މީނާ މި ކަމަށް ހަމަޖެއްސި ދުވަހު ހުރިހާ އެންމެން ހާދަ ރީތިއޭ ކިޔައި އުޅުނު އިރު. މިހާރު އެނގިއްޖެއެއްނު ބޭރުން ކިތަންމެ ބަލާލަން ޗާލަސް އެތެރެ ހުރީ ކަޅު ކުލައިގަ ކަން...

  8. ފުލުހެއް

    ނުވަންޏާ އިޒްމިއާ އިސްތިއުފާ ދީފަ ކޮންމެވެސް އެހެން ކަމަކާ އުޅޭ.

    7
    1
  9. ފަރަޤު

    މިފެންނަނީ އަންހެނުން އިސް މަޤާމުތަކަށް ލީމަ ވާނެ ގޮތެވެ. ޖަޒުބާތުގައި ޖެހުނީމައި ކަންކަން ހަޖަމު ނުކުރެވެނީ އެވެ.

    10
    1
  10. ނަންހާމަނުކުރާ

    އިޒްމިޔާވިޔަސް އެހެންމީހަކުވިޔަސް ހަމަ ނާޤާބިލީ. !

  11. ސަޓޯ

    މިމަންޖެ އަވަހަށް މީހަކާ ދެވާ.... ހުއްސަރިބައިކޮށް ހުންނަން ޖެހޭތީވެ މާރުޅިގަދައީ!!