އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އޯޓިސްޓިކް މީހުންނަށް މަލާމަތް ކުރާކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ވާހަކަދައްކަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގެންނަން ކެމްޕޭން ކުރަމުންދާ ބޭފުޅުންގެ ތެރޭގައި އޯޓިސްޓިކް މީހުން ތިބިކަމަށް ސިފަވާ ގޮތަށް ފައްޔާޒު ވާހަކަ ދައްކަވާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ފައްޔާޒު އެގޮތައް ވާހަކަ ދެއްކެވީ ވަޓްސްއެޕް ގްރޫޕެއްގައެވެ.

އެގްރޫޕްގައި ފައްޔާޒް ވަނީ އޭނާ އަކީ ވެސް "ފުދޭވަރަކަށް އޯޓިސްޓިކް މީހެއް" ކަމަށް ވެސް ވިދާޅުވެފައެވެ.

ފައްޔާޒު އޯޓިސްޓް ކުދިންނަށް މަލާމާތް ކުރަނީތޯ މީހަކު ޓްވިޓާގައި ސުވާލު ކުރުމުން ފައްޔާޒް ވަނީ އޯޓިސްޓިކް ކުދިންނަށް މަލާމާތް ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒު މީގެ ކުރިން ވަނީ ފިރިހެނުން ގިނައިން އެކުގައި ވަޒީފާ އަދާކުރަން ނޫނީ އެއްކޮށް އުޅޭ އުޅުމުގެ ސަބަބުން ލިވާތުކުރުން އިތުރުވުން ގިނަވާ ކަމަށް ވިދާޅުވެ ވެސް ޓްވީޓެއް ކޮށްފައެވެ. އެޓްވީޓްގައި ފައްޔާޒު ވަނީ މިކަމުގެ ހައްލަކީ ފިރިހެނުން ގެއިން މަސައްކަތް ކުރުން ނުވަތަ ހާއްސަ ޗޭސިޓީ ބެލްޓެއް އުފައްދާ އޭގެ ތަޅުދަނޑި ސަރުކާރުގެ ތަނެއްގައި ބޭއްވުންތޯ ސުވާލު ކޮށްފައެވެ.

ފައްޔާޒްގެ އެޓްވީޓާއި ގުޅިގެން އޭނާގެ އިސްތިއުފާ އަށް ބައެއް ފަރާތްތަކުން ގޮވާލިއެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ ބޭފުޅަކާއި މެދު ހޫނު ބަހުސްތަކެއް ކުރެވެމުން ދާއިރު އަޑުފެތުރިފައިވާ ގޮތުގައި ފައްޔާޒު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ނަޝީދުގެ ތާއިދު އޮތް ބޭފުޅަކު މަޖިލިސް ރައީސް ކަމަށް އަޔަ ނުދިނުމަށް ފައްޔާޒް މަސައްކަތް ކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގޯހެއް ނުން

    ކޮންމެ އިންސާނަކީ ވެސް ކޮންމެވެސް އުނިކަމެއް ހުންނާނެ މީހެއް. ޢެކަން ގަބޫލު ކުރުމަކީ ތަސައްރަފު ފުދި ހޭލުންތެރިކަން އިތުރުވުން. ޖަޒީރާގާ ކަންކަމާ މާ ސީރިއަސް ވަނީ

  2. ހުސޭނުބޭ

    ބޯގަންވިލާ ކުދިންނަކީ އަރާ އަރަފޯދިފައިވާ ބައެއް! އެމީހުންނޫން އެހެން މީހުންނަކީ އެއްވެސް އެއްޗެއް ނޫންކަމަށް ދެކޭ ބައެއް!

    21
    2
  3. މިގޭ

    ކަލޯ މިމީހުން ކޮށްފަނުކުރާނެއް ކަމެއް ނޯންނާނެ. ޖަމަލު ފޮޑި ސަރުކާރު.

    29
    2
  4. އަލީ

    އޭނަ އެހާ ސިފަރީތިކޮށް ހައްދަވާފަ ވާތީ އެކަމަށް ސުކުރު ނުކުރަނީތާ. އޭނާ އަކަށް އޭނާގެ
    ބޭބެ އުޅޭ ހާލު ނުފެންނަނީބަ.