ހުކުރު ވިލޭރޭ ހުޅުމާލޭގައި ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ފިރިހެން މީހާ "ބިދަބިން" ބޮޑުބެރު ގުރޫޕުން ވަކިކޮށްފައިވާކަމަށް އެ ގްރޫޕުން ބުނެފިއެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާއަކީ ބިދަބިންގެ ގްރޫޕްގެ މެންބަރެކެވެ. އޭނާ އަކީ ބޮޑުބެރު ގްރޫޕްގެ ނެށުންތެރިއެކެވެ.

މި މައްސަލަ ފެންމަތިވުމާއެކު ބިދަބިން ގްރޫޕުން އޭނާ ވަކިކޮށްފައިވާކަމަށް އެ ގުރޫޕުން މިހާރު ވަނީ ބުނެފައެވެ. އެ ގުރޫޕުން ބުނީ، ހައްސާން އަލީ ނަމަކަށް ކިޔާ އެ ގުރޫޕްގެ މެންބަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ގުރޫޕުން ވަކިކޮށްފައިވާކަމަށެވެ. އޭނާގެ އެ އަމަލާއި މެދު އެ ގުރޫޕުން ލަދުވެފައިވާކަމަށް ވެސް ވަނީ ބުނެފައެވެ. ބިދަބިންގެ މުޅި އާއިލާ އޮތީ އެކަމާއި ދެކޮޅަށް ތެދުވެކަމަށްވެސް އެ ގުރޫޕުން ބުންޏެވެ.

ފުލުހުން ވިދާޅުވީ، ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައި ރޭ މެންދަމު 02:48 ހާއިރު ހުޅުމާލެ ކޯޓުން ނެރުނު އަމުރަކަށެވެ.

އޭނާ ހައްޔަރު ކުރީ އޭނާ ހައްޔަރު ނުކޮށްގެން ހުޅުމާލޭ ރައްޔިތުން ނިކުމެ އޭނާގެ ބޮކްސާ ފިޔަވައި އެހެން ހުރިހާ އެއްޗެއް ބާލުވައިގެން ގެންގޮސް ފުލުހުންނާއި ހަވާލު ކުރުމުންނެވެ. އާއްމު ރައްޔިތުން ނިކުމެ އޭނާ ފުލުހުންނާއި ހަވާލު ކުރީ ރޭ 23:00 ހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    ފުލުހުން ގެ ހާލާ މެދު ލަދުވެތި ވަމެވެ.

    52
    2