ރައީސް ޔާމީންގެ ސަރުކާރުން ށ.ފުނަދޫގައި އަޅަން ފެށި ޑޮމެސްޓިކް އެއަރޕޯޓުގެ މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށް، އެ ރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ފުނަދޫ ކައުންސުލްގެ ރައީސް އަހުމަދު އިބްރާޙިމް ފުޅު ވިދާޅުވީ، އެއާރޕޯޓުގެ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަށް އެކަން ކުރެވިދާނެ ކަމަށް ޤަބޫލުނުުކުރާ ކަމަށާއި، ރޯދަ މަސް ފެށުނު ފަހުން އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.

"ޓާރމިނަލްގެ ކޮލިޓީވެސް ވަރަށް ދަށްކޮށް ކުރިއަށް ދަނީ. ސްޕީޑްވެސް ވަރަށް މަޑު. އެ މީހުންނަށް އެކަން ކުރެވިދާނެ ކަމަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން އެދެނީ އެކަން ކުރެވޭ ވަރުގެ ބަޔަކާއި އެކަން ހަވާލުކުރަން." އަހުމަދު ވިދާޅުވިއެވެ.

އިތުރަށް އަޙުމަދު ވިދާޅުވީ، މި އަހަރުގެ އޯގަސްޓް މަހު ފުނަދޫ އެއާޕޯޓު ހުޅުވާނެ ކަމުގެ ވާހަކަ މި ސަރުކާރުން ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް އޯގަސްޓް މަސްތެެރޭގައި އެއާރޕޯޓު ހުޅުވިދާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

ފުނަދޫ އެއާރޕޯޓުގެ މަސައްކަތް ކުރިން ހަވާލުކޮށްފައިވާ ކުންފުންޏަށް އެކަން ނުކުރެވުމުގެ ސަބަބުން ފަހުން އެ މަސައްކަތުގެ ބޮޑު ބައެއް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ފުނަދޫ އެއާރޕޯޓަށް ޓެސްޓު ޕްލައިޓް ޖެއްސުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ދިމާވި އެކި އެކި ސަބަބުތަކާއި ގުޅިގެން ޓެސްޓު ފްލައިޓް ޖެއްސޭ ވަރަށް އެތަނުގެ މަސައްކަތްތައް ނިންމާލެވިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯ

    އަހަރެމެން އަބަދު މިކިޔަނީ މިއުޅޭ އިބުރޭއަކަށް ނުވާނެޔޭ !!! ޥެރިކަމަށް އަހަރުވީއިރު ފެށުނު އެއްވެސް ކަމެއް ނެތް... ތަޅަނީ މުޅިން ފޮނި އަނގަ

  2. އެޖެންޑާ19

    ތިޔަ އޮތީ ރަގަޅަށް ޖަޒީރާވެފައި
    ތިކަމުގެ ޒިންމާ ނަގަން ޖެހޭނީ ތިޔަ ރަށުގެ ރައްޔިތުން ބުނެބުނެ ހުއްޓަ ވެރިކަމަށް ކުފޫ ހަމަ ނުވާބަޔަކު ގެނައުމުގަ ބައިވެރި ވީމަ ލިބޭނެ މިންވަރު ތީ. ދެން ޝުކުރު ކޮށްލައިގެން ހުރޭ

  3. ހައްހައް

    ތިވާހަކަ ދައްކަނީ ކާކަށް އިއްވަން؟ ކަލޭމެން ވޯޓު ދިނީ ތަރައްގީއަކަށް ނޫނެއްނު؟ ދެން ތިބޭ ރިޔަލު ދޯނީގަ