ޓްރާންސްޕޯޓު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ، ހ ބުލޫޝަފާ މުޙައްމަދު ހައިޝަމް ލަތީފެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ ބޯޑު މެންބަރުކަން ކުރެއްވި ސިނާން އަލީ އަށްވެސް މި ވަނީ އެމްޓީސީސީގެ ބޯޑު މެންބަރުކަން ދެއްވާފައެވެ.

ސިނާން ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ބޯޑު މެންބަރު ކަމާއި އެމްޓީސީގެ ބޯޑު މެންބަރުކަން ކޮށްފައެވެ. އަދި ސްޓެލްކޯގެ ޗެއާމަން ކަމަށް ވެސް ޔާމީންގެ ވެރިކަމުގައި އޭނާ އައްޔަން ކުރިއެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވަމުން ގެންދެވީ މި ސަރުކާރުގައި ސިޔާސީ މަޤާމުތައް މަދުކުރައްވާނެ ކަމަށެވެ. ނަމަވެސް މިވީ މަދު ދުވަސް ކޮޅުގެ ތެރޭގައި މި ސަރުކާރު ފާހަގަ ކުރެވިފައިމިވަނީ މަތިބަރު ސަރުކާރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު