މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ ސާޖަންޓަކު ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފިއެވެ.

"ދުވަސް" ނޫހުން އެކަން ޔަގީން ކޮށްދީފައިވާ އިރު، އެ ފުލުސް މީހާއަކީ މަޝްހޫރު ވޮލީ ކުޅުންތެރިއެއް ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ. އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން 14 އަހަރުގެ ފިރިހެން ދެ ކުދިންނަށެވެ.

އެ މައްސަލަ ފުލުހުންނާއި ޖެންޑާއިން ބަލަމުންދާ ކަމަށް ނޫހުގައި ބުނެފައިވާ އިރު، ފުރަތަމަ މައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ދެވަނަ މައްސަލަ ބަލަން ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ނޫހުން ބުނެފައި ވަނީ ފުލުހުންގެ ސްޓާފް ސާޖަންޓް މިހާރު ހުރީ ނޯޕޭ ލީވްއެއް ނަގައިގެން ގޮސް ލަންކާގައި ކަމަށެވެ.

ފުލުހުންގެ މީހަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުންދާ އިރު، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހުޅުމާލެއިން މިއަދު ވަނީ 19 އަހަރުގެ މީހަކު ހައްޔަރުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފުއާދު

    ފުލުހުން ގެ ހާލަތު ވަރައް ގޯސް .ވަށި ގަޑައް ކުޑަކުދިން ލައިގެން ސައިކަލް ދުއްވަނީ.. ހުއްޓާފަ އޮންނަ ކާރުގަ ޖެހިގެން އެކުސިޑެންޓުވަނީ..ކުޑަ ކުދިން ނާއި ބެހެނީ މަގުމަތިން އިސްޓިކާ ޖަހަން މުޅިން ފެންނަނީ ސައިކަލް އެކަނި

    10
  2. މަހުޖަނު

    ޝައިޚް ޢިމްރާން އެބުނާ ތަފާތު ފެންނަންފެށީ

    33
  3. ސަޓޯ

    ސަރުކާރު ފެއިލް ޕޮލިސް ފެއިލް

    34
    1
  4. ބޫން ބުޫން

    ޥ. ތާހިރު

    20
  5. ދެރަ

    ޔާﷲ މި ގައުމުގެ ކުޑަކުދިން މިފަދަ ނުބައި ވަހުޝީ މީހުންގެ ފަރާތުން ސަލާމަތްކުރައްވާދޭނވެ!

    40
    1
    • ހުދުހުދު

      އާމީން

      22
  6. ަލީމު

    ދެންކަލޭމެން ބުނާނެ. ރައްޔިތުން ގޮތްނުނިންމާށެ. ކަލެމެން ތިކަހަލަ ކަންކުރީމަ ރަެްޔިތުން ނިންމަންޖެހޭ. ކަލޭމެން ނަހަވާލުވީމަ ހުންނަނީ ލަންކާގަ

    15
  7. އެޖެންޑާ19

    ބޮޑެތި މީހުން އުޅޭ ގޮތަށް ދަށުން މަސައްކަތް ކުރާ ކުދިންވެސް އުޅޭނެ. މިއީ ތަފާތު ތަޖުރިބާއެއް އަސްލުގަ ވެސް މި އެޖެންޑާ ވަރަށް ވެސް ތަފާތު އެހާމެ ހުތުރު.

  8. ޖަޒީރާ މީހާ

    މީނާގެ ނަމެއް ނެތްތަ؟

  9. ނިޒާމު

    މާތްކަލާކޯ ޕޮލިހުންވެސް ކުޑަކުދިން ފަޅަން ފެށީތަ އެވެސއ އަދި ފިރިހެންތަ..އިމްރާނޫ ކީއްތަތިކުރަނީ..ލާރި ލިބެންޏާ ހެދެއްތޯ

  10. ބޮލި މުލައް

    އިމުރާނާ ސިދާތާ ލަދުގަންނަނީ ކިހިނެތްވީމަތަ؟ ދުވަހަކު މި ޤައުމު ދިޔަ ހާލަތެއްނޫން ދޯ މީ.

    11