ހުކުރު ވިލޭރޭ ހުޅުމާލޭގައި ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ރޭ ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް 12 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދެ ކުދިންނަށް ޖިންސޯ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ހުޅުމާލެ ކޯޓުން 12 ދުވަސް ޖަހާފައިވާކަަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހެކެވެ.

އޭނާ ހައްޔަރު ކުރީ ރޭ މެންދަމު ހުޅުމާލޭ ކޯޓުން ނެރުނު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ "ގަން ހިންގުވާފައި" ގެންގޮސް ފުލުހުންނާއި ހަވާލު ކުރުމުންނެވެ.

އާއްމު ރައްޔިތުން ނިކުމެ އޭނާ ފުލުހުންނާއި ހަވާލު ކުރީ ރޭ 23:00 ހާއިރުއެވެ.

އެ ޒުވާނާ އެ ކުދިންނާއި ބެހުނު ކަމަށް ބުނާ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަހުޖަނު

    ތަފާތު ފެންނަން ފަށައިފި

    5
    2
  2. އިންަަަޑިޔާ

    މީ އިންޑިއާ ގެ ކޮންސިޓީއެއްބާ؟ ހާދަ އިންޑިއާ ވަންތައޭ. ކީކޭ ދެންބުނާނީ

    3
    2
  3. ސަޓޯ

    ސަރުކާރު ފެއިލްވާ މަންޒަރު މިފެންނަނީ

    6
    4
  4. ފުއާދު

    ނުކެރުން ދޯ 15 ދުވަސް ޖަހާކައް ކޯޓު ތައް މުޅިން ކަރެޕުޓުވެފަ.

    4
    6
  5. ވާނުވާ

    ފުވާދު ކަލެއަށް ކިހިނެއްތަ އެނގެނީ ފުލުހުން އޭނާގެ ބަންދަށް ޖަހަން އެދިފައިވަނީ 15 ދުވަސް ކަމެއް 12 ދުވަސްކަމެއް، ތީހަމަ ފިތުނަ ވާނުވާވެސް އެނގެންބޭނުންނުވަނީ

    2
    1