ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް އަށް ބޮޑުބޭބެ ވިދާޅުވާ މަޝްހޫރު ޝެއިޙް އިބްރާހިމް މެންކްގެ ދަރުސްތަކެއް މާލޭގައި ބޭއްވުމަށް އަލް ޢަސްރު ގްރޫޕުގެ ފަރާތުން ތައްޔާރުވެއްޖެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ "ދަ ލޯޑް އޮފް ދަ ވޯރލްޑްސް" އަށް ޝެއިޙް އިބްރާހިމް މެންކް ފުރުތަމަ ފަހަރަށްވަނީ ރާއްޖެ ވަޑައިގެންފައެވެ. އިބްރާހިމް މެންކް ދާއީއެއްގެ ގޮތުގައި މިހާރުވެސް އެކި ގައުމުތަކަށް ދަތުރުކުރައްައެވ. އެގޮތުން އިންގްލަންޑް، ސައުތު އެފްރިކާ، ޑުބާއީ، ނައިޖީރިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކަށް ދަތުރު ކުރައްވާފައެވެ.

ޙާއްސަކޮށް ޒުވާނުންނާ ގުޅޭ ގޮތަށް އިނގިރޭސި ބަހުން ގެންދިއުމަށް ރޭވިފައިވާ މި ދަރުސްތައް މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ނޫރު މިސްކިތުގައި ޢަސްރު ނަމާދަށް ފަހުގައި އޮންނައިރު، މި ސިލްސިލާގައި ދިހަ ދަރުހެއް ދޭން ވަނީ ނިންމާފައެވެ. އަދި މި ސިލްސިލާ ދަރުސްތައް ކުރިއަށް ގެންދެވެނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސްއާ ގުޅިގެން ކަމަށް ވެސް އަލް ޢަސްރުގެ ފަރާތުން މައުލޫމާތު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު