ފުލުހުންނަށް ހުށައެޅޭ ތަފާތު މައްސަލަތަކުގައި ރައްޔިތުން އަމިއްލައަށް ގޮތް ނުނިންމުމަށް ފުލުހުން އެދިއްޖެއެވެ.\

އޮންލައިން ނޫހެއް ކަމަށްވާ "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސްޕޯކްސްޕާރސަން އިޒްމިއާ ޒާހިރް ވިދާޅުވީ، މިހާރަަކަށް އައިސް ފުލުހުންނަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ތަހުޤީޤަށް ނޭނގި އާންމު ރައްޔިތުން އެފަދަ މައްސަލަތަކުގައި ގޮތް ނިންމަން މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ފުލުހުންގެ ތަހުޤީޤަށް ހުރަސްއެޅޭ ކަމަށެވެ

"ފުލުހުންގެ ޤާނޫނު 5/2008 ގައި ބަޔާންކޮށްފައިވާ ގޮތުން ޖިނާއީ ކުށްތައް ތަހުޤީޤު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާހިނދު، ކޮންމެ ފަރުދަކުވެސް އަމިއްލައަށް މައްސަލަ ތަހުޤީޤު ކުރަން އުޅުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ދަށުން ފުލުހުންނާއި ގުޅިގެން އެ މައްސަލައެއް ތަހުޤީޤު ކުރުމަށް އިލްތިމާސް ކުރަން." އިޒްމިޔާ ވިދާޅުވިއެވެ.

ފުލުހުން މިފަދައިން ވިދާޅުވެފައިވާއިރު، ހުޅުމާލޭގައި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލާގައި ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، އެ މީހާ ބޮކްސާގައި ރޭވަނީ ހުޅުމާލޭގައި ގަން ހިންގުވާފައެވެ. އަދި ދާދި ފަހުން ކ. ދިއްފުށީގައި ވައްކަން ކުރި މީހަކަށް ރައްޔިތުން ނުކުމެ "އަދަބު" ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މާމިގިލީ މީހާ

    ބަލަ ފުލުހުންނައް ކަންކަން ނުވަންޏާ. ރައްޔިތުން ނުކުމެ މަގުމަތިން ގޮތް ނިއްމާންޖެހޭ. މިހާރު ފުލުހުންނަކީ އެއްވެސް ބައެއް ނޫން. ނަމެކަށް ތިބޭ ބޭކާރު ބައެއް.

    32
  2. އަބޫ

    ރައްޔިތުންނަށް އިންސާފު ނުލިބޭކަމަށް ވަންޔާ ރައްޔިތުން އަމިއްލައަށް އިންސާފުހޯދާނި.

    26
  3. ޞޮކްޗް

    ބަލަ ޕޮލިހުންނަށް ކަމެއްނުވީމަދޯ ނިންމަން ޖެހުނީ

    26
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބޮޑުތާޖެހުނީ! ބަލަ ކަލޭމެނަށް މައިތިރި ނުކުރެވޭތީ ނޫންތަ ރައްޔިތުން ގޮތްނިންމަން ޖެހެނީ!

    23
    1
  5. ދއްފުަށިމީހާ

    ޜައްޔިތުންނިކުންނަށްޖެހުނީ ފުލުހުންނަށް ކަމެއް ނުކުރެވެތީ ހުރިހާކަމެއްވަރައް ގާތުންދުއްމީހެއްގެ ހައިސިއްޔަތުން މިބުނަނީ ރަށުއޮފީސް ތިޖޫރީވަގައް ނަގައިގެންވެސް ތިބުނާފުލުހުންނައް ވީކަމެއްހަރާން އަދިއަދައްދާންދެންވެސް
    ނޭގެއެތަހުގީގަށް ވީކިހިނެއްކަމެއްވެސް

    20
  6. ޙައްގުބަސް

    މައްސަލަތަކުގައި ރައްޔިތުން އަމިއްލައަށް ގޮތް ނިންމާން ޖެހުނީ ކުށްކުރާ ފަރާތްތަކަށް ގާނޫނުގައިވާ އަދަބުތައް ނުދެވި ރައްޔިތުން މާޔޫސްވެ ގޮތްހުސްވުމުން! އަދަބު ނުދެވި އެތައް އަހަރަކަށް ދިގުދެދެމިގެންދިއުން! ރިޕީޓްކޮށް ކުށްކުރުން އެކެއްގެ ފަރާތުން ހިނގުން! މިއީ ޝަރުޢީ ނިޒާމާއި ސަރުކާރުން ވިސްނަންޖެހޭކަމެއް! ކަންކަން ފެއިލްވީމަ ރައްޔިތުން އަމިއްލައަށް ގާނޫނު އަތްމައްޗަށް ނަގަން މަޖުބޫރުވަނީ! އެކަމަކު މިއީ ރަގަނޅު ގޮތެއްނޫން!

    24
  7. ފުއާދު

    ފުލުހުން އަލާ ނުލީމަ ދެން ތިބެންވީތަ ދެފައި ދަމައިގެން..

    23
  8. މަހުމޫދު

    އަމިއްލައަށް ގޮތް ނިންމަނީ ފުލުހުން އަޅައިނުލާތީ ފުރަތަމަ ފުލުހުން އިސްލާޙުވޭ! ދެން ރައްޔިތުންނަށް ނަޞޭހަތްދީ

    22
  9. މަރީ

    ފުލުހުންނަށް ދުވަހަކުވެސް ހެއްކެއް މިފެނާނެ.ރައްޔެތުން އެނިންމަނީ އެންމެރަގަޅަށް

    15
  10. އަލްޖިބްރާ

    ވެއްޓުނު ވެރިކަމުގައި ފުލުހުން އެމީހުން ބޭނުންވާ ކަންކަމުގައި ވަގުތުން ވަގުތަށް ހެކި ހޯދައިގެން މީހުން ހައްޔަރު ކޮށްފަ ހުރިކަން އޭރުވެސް ސާބިތުވޭ ! މިހާރު ވާގޮތަކީ ލިބޭ އެއްޗިހި މަދުވާތީ އެގޮތަށް ހެކި ނުލިބެނީ ! އެހެންވީމަ ދެން އިންސާފު ހޯދަން ނިކުންނާނީ ރައްޔިތުން !

    10
  11. އަލްޖިބްރާ

    ރައްޔިތުން ފުލުހުންނާއި މަތިކޮށްފައިވަނީ ރައްޔިތުންނަށް އަމަން އަމާންކަން ޤާއިމު ކޮށްދިނުން ! އެކަން ނުކުރަނީނަމަ ރައްޔިތުން އަމަން ޤާއިމު ކުރަން ނިކުންނާނެ ! އަމިއްލައަށް ގޮތް ނުނިންމާށޭ ނުގޮވާ ކަލޭމެންގެ ވާޖިބު އަދާކޮށްބަލަ !

  12. ޣަރަޤޫ

    ފުލުހުން ގޮތް ނިންމަން އަހަރު ދެ އަހަރު ވަންދެން އަނިޔާލިބޭ މީހާ އަނިޔާ ލިބި ލިބި އޮންނަންވީ ؟ ހަހަހަހަހަ

  13. ސާހިބި

    ފުލުހުން ކޮޅަށް ވާހަކަ ދެއްކި އެކަކުވެސް ކޮމެންޓް ކޮއްފައިނެއް. ދެންވިސްނާ ފުލުހުންކަލޭމެންގެ ބޭނުން ކަލޭމެން އަމިއްލަޔައް ބޭކާރުކޮށްލީ ކަލޭމެންތި ބެކާރު ބައެއް ހަހަހ

  14. ރަފީއު

    ކަމާބެހޭ މުއައްސަސާތަކަށް އިންސާފު ހޯދާނުދެވެންޏާ ރައްޔިތުންވެސް އަމިއްލަޔަށް ގޮތް ނިންމަން ޖެހޭ ފަހަރުވެސް އަންނާނެ.ހިތަށް އަރާ އަތޮޅުތަކުގަ ދައުލަތުން ބޮޑެތި ޚަރަދު ކޮށްގެން ޕޮލިސް ސްޓޭޝަން ހަދާފަ ވަރަުވަރުގެ ފުލުހުން ބައިތިއްބާފަ އެތިބަނީ ކީއްކުރަންތޯ؟އަމަން އަމާންކަން ބަލަހައްޓަންތޯ ނުވަތަ އެމީހުން ލައްވާ ނާ ޗަރަންގީ ކުޅުވަންތޯ.ޔަގީނުންވެސް ކޮލަމާފުށީގަ އެތިބޭމީހުން ކުރަނީ ކީއްކަމެއް ނޭގޭ.24 ގަޑި އިރުވެގެންދާ އިރު އެއިންމީހަކު މަގުމަތިން ނުފެނޭ. ރާ ކެއްކުމާއި މަސްތުވާތަކެތިބޭނުންކޮށް އޭގެވިޔަފާރި ހާމަކަންބޮޑުކޮށް ކުރަމުންދިޔަޔަސް އެއިން ބަޔަކަށް ރޭކާވެސްނުލާ.ވަށްކަން އިންތިހާއަށް ގޮއްސަ އޮންނައިރު ދުވަހަކުވެސް އެބަޔަކު އަތުލައިގަންނަ ކަމަކަށްނުވޭ.

  15. ޢަބްދުﷲ

    އެއްވެސް ހަމައެއް އުޞޫލެއް ނުހިނގާ ތަނެއްގައި އޮންނާނީ ނާމާންކަމާއި ބިރުވެރިކަމެވެ

  16. ނިކަމެތިމީހާ

    ސްޓިކާ ޖަހާފަ އެކުދިންނަށް ވަގުތު ނުވަނީ!

  17. އައްޑޫ މީހާ

    ޤާނުނޫގެ ތަރަހައިގެ ތެރެެއިން އިންސާފް ހޯދަން ބޭނުން ވާނަމަ އެކަމެއް ކުރެވޭނެ މަގެއް ނެތް ހުރިހާ ބާރެއް އޮތީ ކުށްކުރާ މީހުންގެ އަތްމަތީގަ ދެން ފުލުހުންނަށްވެސް ކުރެވޭނެ ކަމެއްނެތް ރައްޔިތުން ވަރަށް ކެއްކޮށްފި އަދިވެސް ސަރުކާރުން ނޫޅޭ މިކަން ސަރވޭކޮށް މިކަމަށް ހައްލެއް ހޯދޭނެ ގޮތަކަށް ވިސްނަން ފުލުހުންގެ މިޝަން އާއި ވިޝަން އެއް ހަދާފަ ދެން އެނިމުނީ އެ ވިޝަން އާއި މިޝަން ތަންފީޒް ކުރެވޭނެ ގާނޫނީ ބާރުތަކެއް ފުލުހުންނަކަށް ނެތް ދެން ރައްޔިތުން ނިކުމެ އަމިއްލައަށް ހައްގު ހޯދަަނެ އޭރުން ވަގުންގެ މައިން ބަފައިންނައި އަންބި ދަރިންނަށްވެސް އެއްޗެއް ވިސްނޭނެ