އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ މައި ޖަނަރޭޓަރެއް ހަލާކުވެގެން ރަށްތަކުން ކޮންމެ ދުވަހަކު ކަރަންޓު ކަނޑަން ނިންމައިފިއެވެ.

މިކަން ހާމަކޮށް އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަންޑަން ޖެހިފައިވަނީ ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ މެގަވޯޓުގެ ޖަނަރޭޓަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.

މި މައްސަލައަށް ހައްލެއް ލިބެންދެން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އާއި ދެމެދު އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާނެ ކަމަށް ފެނަކައިގެ އިއުލާނުގައި ބުނެފައި ވެއެވެ.

ފެނަކައިން ބުނެފައިވާގޮތުގައި، މި ވަގުތުތަކުގައި އައްޑޫގެ އެކި ސަރަޙައްދުތަކުން ކޮންމެ ފަހަރަކުވެސް ކަރަންޓު ކަނޑާލާނީ އެއްގަޑިއިރަށެވެ. އަދި ޖަނަރޭޓަރަށް ދިމާވި މައްސަލަ ޙައްލު ކުރެވެންދެން ވީހާވެސް މަދުން ކަރަންޓު ބޭނުން ކުރުމަށް ފެނަކައިން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.

އައްޑޫގެ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުން ދާއިރު، ރާއްޖޭގެ ގިނަ ރަށްތަކުގެ ކަރަންޓުގެ މައްސަލަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް ކުރިޔަށް މިދާ ރަމަޟާން މަހު ބައެއް ރަށްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން، އެތައް އިރެއް ވަންދެން ކަރަންޓުގެ ޚިދުމަތް ނުލިބި ކަނު އަނދިރީގައި އުޅެން ޖެހިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ކޮން ކަރަންޓެއް ކެނޑޭކަށް! ޖަނަރޭޓަރުތައް ގޮނޑަށް އަޅާފައި ބޮޑު ތާނދީގައި ހުރި ތެޔޮފޮދު ރައްޔިތުންނަށް ބަހާލަބަލަ! އޭރުން އުފަލުގައި ފުޅިބައްތި ދިއްލާގެން އެމީހުން އުޅޭނެ!

    3
    1
  2. ހެހެހެ

    ރަނގަޅަ. ބަރާބަރަ. އައްޑުއަށް ފުދޭހެއް އެވަރުން. ވަރަށް ސަޅި. ޓީވީ އެއި އައިސް އަލަމާރިއެއި އެއްތެތި ހަލާކި ނިވޭހެއް ކިތަންމި ވަރަކަށް ކަރަންޓް ގިޔަސް މިކޯ.

    10
  3. ޙސހސހ

    ހަލާކުވާނެ ބަރާބަރަށް ސަރވިސް ނުކުރަންޏާ. ޥެރިކަމާ ހަވާލުވިގޮތަށް ކެވޭތޯވިއްޔާ ބަލަނީ.

  4. ރައްޔިތުން

    ޑޮކްޓަރުން އެތިބީ އިންޖީނެއްގެ ބަނޑު ފަޅާލައިގެން ވަގުތު ޖެހުނީމާ އިސްޓާރޓްވާނެ

  5. ޓޮޓީ

    ބަލަ ހުރިހާ ރައްޔިތުން ފުށްޖަހާފައި ނަލަހެދިގެން ގޮސް ހޮވައިދިން އޯގާތެރި ސަރުކާރަކުން އަޅައެއް ނުލާތަ؟ ނުލާނެ. ތިއޮތީ ބޯންއުޅުނު ބޮނޑި ބޮވިފަ. ދެންތިބޭ އަނދިރީގައި.