ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކު އިންތިޚާބު ކުރުމުގެ މައްސަލައިގައި އެމްޑީޕީގެ އެންމެ މަތީގައި އުފެދިފައިވާ ޚިޔާލުތަފާތުވުން ބަހުގެ ހަމަލާތަކެއްގެ ގޮތުގައި އެންމެ މަތީވެރިންގެ އާއިލާ މެންބަރުން މެދުވެރިކޮށް މީސް މީޑިއާ އަށް ބޭރުވާން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއިދު އޮތީ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަށެވެ. އެމްޑީޕީގެ އަސާސީ ޤަވައިދު ބުނާ ގޮތުން އެޕާޓީގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ބޭނުންފުޅު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ގެންނާށެވެ.

ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލިސް ރައީސްގެ ވޯޓްގެ މައްސަލައިގައި ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

އީވާ ވިދާޅުވީ ތަރައްގީގެ މަޝްރޫއު ހިންގާނީ ވަޒީރު ނުވަތަ ސަރުކާރު ބުނާ ގޮތަކަށް ވޯޓު ދެއްވުމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގާތު ވިދާޅުވުމަކީ ހުތުރު ކަމެއް ކަމަށެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، އައިމިނަތު ނާޝިދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނެއް އިންތިހާބު އަންނަންދެން އަނެއްކާވެސް ރައީސް ނަޝީދު ކުޑަގޮޅީގައި ބާއްވާލަން ވަރަށް ފެންނަ ކަމަށެވެ.

"ބޭބޭފުޅުންގެ ޓިކެޓަށް ނަޝީދު ބޭނުންފުޅުވީމަ ކުޑަ ދުވަސްކޮޅަކަށް ނެރޭނީ،" ނާޝިދާގެ އެ ޓްވީޓްގައިވެ އެވެ.

ރައީސް ޞާލިހުގެ ކޮއްކޮ، އައިޝަތު މުހައްމަދު ޞާލިހު، ވިދާޅުވީ ފެނިގެން ދަނީ ހަމަ ހަސަދަވެރިކަން ކަމަށެވެ. އައިޝަތު މުހައްމަދު ޞާލިހް އެހެން ވިދާޅުވީ ކެރަފާ ނަސީމްގެ ކޮއްކޮ އުމޭ ރައީސް ޞާލިހަށް ރައްދުކޮށް ކުރި ޓްވީޓަކަށް ރައްދު ދެމުންނެވެ.

"މިމީހާ އަކީ އަނެއް މީހާ އަށް ހެޔޮ ބަހެއް ބުނި މީހެއް ނޫން. މި މީހާގެ ކަމަކީ އަނެއް މީހާއަށް ހައްތަހާ ވެސް އެއްޗެހި ގޮވުން. ދެން މިބުނަނީ ތިމަންމަ އެމީހާ އަށް މަޢާފެއް ނުކުރާނަމޭ." ޢައިޝަތު މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

ކެރަފާ ނަސީމްގެ ކޮއްކޮ އުމޭ ގެންދަނީ ފުލުފުލުގައި ރައީސް ޞާލިހަށް ފާޑުކިޔާފައި ޓްވީޓްތައް ކުރަމުންނެވެ. އޭނާގެ އެއް ޓްވީޓްގައި ބުނީ "އަވަހޭ އިބޫ ޞާލިހް ނަޝީދުގެ ދުވަސް ދުއްވާލަން މަސައްކަތް ފެށިލަތް."

އޭނާ އިތުރަށް ބުނީ "އަންނި ހާދަކަމެއް މިމީހާއަށް ކޮށްދީފައި" ވާކަމަށެވެ.

ދުވަހަކުވެސް އަހަރެމެން ކަލެއަށް (ރައީސް ޞާލިހަށް) މަޢާފެއް ނުކުރާނަން ކަމަށް ވެސް އުމޭގެ ޓްވީޓްގައި ވެއެވެ. "މިހާކަންހާ ވަރަކަށް ބަޔަކު ހަރާންކޯރު ވާނީ." އުމޭގެ ޓްވީޓްގައި ވެއެވެ.

އުމޭގެ އިތުރު ޓްވީޓެއްގައި ބުނީ ރައީސް ޞާލިހް އިންނެވީ އެހެން މީހަކު ކުރި މަސައްކަތުގެ ފޮނި ބޯން ކަމަށެވެ.

ސިޔާސީ ފޯރީގައި ރައީސް ނަޝީދާއި ރައީސް ޞާލިހްގެ އާއިލާ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުން ދަނިކޮށް އީވާގެ މަންމާ ޒުހެއިރާ ވިދާޅުވީ ވަކިވެ ގަތުމަކީ ނިކަމެތި ކަމެއް ކަމަށެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ބުނާ ގޮތުގައި ސަރުކާރުގެ ބައެއް ވަޒީރުން ގެންދަވަނީ ރައީސް ނަޝީދު ތާއިދު ކުރައްވާ ބޭފުޅަކު މަޖިލީހުގެ ރައީސް ކަމަށް އަޔަ ނުދިނުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. އެފަދަ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާނެ ކަމަށް ވެސް ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ ބޭފުޅަކު ނިންމާނީ މާދަމާ ރޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަޙްމަދް

    އަހަރެންގެ އަބަދުގެވެސް ދުޢާ އަކީ އެމް ޑީ ޕީ ބައިބައިވެ ނިކަމެތިވެ ވުޖޫދުންވެސް ފޮހެވިގެން ދިއުމެވެ

    181
    31
  2. ހަކީމް

    އަންނިގެ ވަބާއިން މި ރާއްޖެ ސަލާމަތްކޮށްދެއްވާންދޭންވެ.

    178
    12
  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ނަޝީދޫ ކަލޭދެން ހުރިހާކަމަކަށް ދަނޑިނުބާނާ، އެހެންމީހަކަށްވެސް އަމިއްލަޔަށް ވެރިކަންކުރަން ފުރުސަތު ދީފަ މަޑުން ހުރެބަލަ. މިކަލޭގެތަ މި ވެރިކަންކުރަނީ ޕާޓީގެ ރައީސަކީ މަށަށް މިހާރު އޮޅިއްޖެ. ތީ ބޭކާރުމީހެއް މީހެއްމިހާރު. ތީ މަޖިލިސް މެންބަރެއް. ގައުމުގެ ވެރިޔާގެ ބާރުތަކާ މަސްއީލިއްޔަތު ކަލެއަށްވުރެ ބޮޑުވާނެ. ކަލޭދެން މަޑުމަޑުން އެއްފަރާތުގަ ހުރެބަލަ. ތިދެން ކާކު ގޮތްކިޔަން؟

    139
    5
  4. ކިޔުންތެރިޔާ

    ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާއި ހަމައަށް ނެގިޔަސް އޮންނަނީ ހަމަ ކައްޗަށެވެ. ވައްކަމާއި ފޭރިގަނެގެން ބަޔަކު ދަންޖެހިގެން ގެނައި ސަރުކާރު ހިންގަން ނޭގި ހުއްޓުން އެއީ ރ.ޔާމީ ންގެ ކުށެއް ނޫން!

    129
    9
  5. އެދުވަސް

    ވާހަކަތައް ހުންނަ ގޮތުން ވައްތަރީ އެއްކަލައިރު މައުމޫން ކޮށްދިންކަންތައްތައް ޔާމީން ހަނދާންނައްތާލިކަމަށް ކިޔައިގެން ބަޔަކު ދޭތެރެޖައްސަން އޭރުގަ ދެއްކިހާ ވާހަކަތައް. މިހާރު ހަގީގަތުގަ އެވާހަކަތައް ކިޔަން ޖެހިފަ މިއޮތީ އަމިއްލަ މަސްލަހަތާ ގުޅިގެން.

    87
    4
  6. ޒިން

    ނަޝީދު ރައްޔިތުން ހޮވާފަހުރި ރައީސެއް އެބަހުރި.. އެއީ ނަޝީދު އެކަނި ހޮވި މީހެއް ނޫން ބޮޑު ކޯލިޝަނެއް ހަދައިގެން ކުރިކަމެއް.. ނިކަން ތި ނަޝީދު ނިކުމެބަލަ އަންނަ ފަހަރު ކާމިޔާބުޗޭތޯ ބަލަން.. އުމޭއާ ފުމޭއާ ތި މީހުންނެއް ބޫން ހައްޕުނޑު..

    88
    3
  7. ޕޮފުބާ

    ރަށްޔިތުން މަޖިލީހުގަ ހުރިހާ އެންމެންނަކީވެސް މަޖިލީހުގެ. ރައީސް ކަމަށް ނިންމާ ފާސްކުރަންވީ

    57
    2
    • ???

      ކިހާބޮޑު ކަމެއް މިބައިގަޑު ހިތްފުރޭނީ ކިހާވަރެއްވީމާ. މިހެން ތަޅާފޮޅާ ތިއްބަ 5 އަހަރު ނިމިދާނެ ހަމަ ރައއޔިތުންނަށްކޮށް ދިން އެއްވެސް ކަމެއްނެތް. ވޯޓް ލާދުވަސް ކައިރިވީ ވަޢުދުތައް އޮއްސާލާނެ

      60
  8. މޯދީ

    ޔަހޫދީ ބައިގަނޑު ކޯޅޭތަން ހާދަ ބަލާ ހިތްވެޔޭ

    63
    4
  9. ޑްރާމާ

    ތީ ރާއްޖޭމީހުން ދަންނަޑްރާމާއެއް. ރައީސް ނަޝީދުވެސް ސާލިހުވެސް ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލު ނަގާލާފަ. ތާރީޚް މިކަން ހެކިދޭނެ. ރާއްޖޭގެ އަންނަން އޮތް ޖީލްތަކުގެ ދަރީން މި މީހުންނަށް މަޢާފެއްނުކުރާނެ. މޮދީ ރާއްޖެ އަންނަ ދަތުރުގައި ޖިޒީ ކަންތަކާއި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމުގެ ޚަރަދު ރާއްޖެއިން ދޭގޮތަށާއި ސިފައިންގެ އަދަދު އިތުރުކުރުމުގެ ކަންތަން ނިންމާނެ.

    51
    2
  10. މޮޔަ ހަސަނު

    "ހިތާ މޭ ހިބައިން ލިޔެ ދިނީމާ ނުވީހޭ
    ފިތާހިތުގެ ހިތި ނައަތުލާ ހަމަ ނުވީހޭ
    ލެޔާ ނާރު އެކުގާ ވެދުންކޮށް ހެދީމާ
    ހެޔާ ބުއްދިއެކުގާ ނުގެންގޮސް ނުވީހޭ"

    19
    3
  11. ދެރަ

    ފަހުން ހިތާމަ ކުރަންޖެހޭވަރުގެ އެއްވެސް އެއްޗެއް އެކަކު އަނެކަކަށް ނުބުނުން ބުއްދިވެރި އިބުރާހިމާ މުހައްމަދުގެ އާއިލާވެސް.

  12. ރައީސް

    މަޖްލިހުގެ ރައީސްކަން ނަޝީދު ވަރައްބޭނުންވޭ. ނަޝީދު ހީކުރަނީ ޕާޓީގަ އެވަރުކަމެއްކުރެވޭނެ މީހަކުވެސް އޭނަ ނޫނިއްޔާ ނެތްކަމަށް. އެހެންވީމަ ޕާރޓީ މީހުން ގަދަކަމުން އާދޭސްކޮށްގެން އޭނާގެނެސް ރައީސްގެ ގޮޑީގަ ބައިންދާނެކަމަށް. އެކަމަކު ނަޝީދައްވުރެ އެކަމަށް ޤާބިލް މީހުން ޕާރޓީގަ އެބަ ތިއްބެ. އީވާ އިމްތި މެން މިހާރު ނަޝީދައްވުރެ ރާއްޖޭގެ ރައީސްކަންކުރަންވެސް މާޤާބިލްވާނެ.

    12
    1
  13. މަހޭޝް

    ކުދީންނޭ، ކުދީންނޭ ތިޔަ ހައްދަވަނީ ގޯސް ހުސްގޯސް:
    އިބުއާ، އަންނީ އެއީ އެކައްޗެކޭ އެކައްޗެކޭ..
    ރައްޔިތުންނާ، ބުރުމާ ގުނބޯ ހައްދަންވެގެން ކުޅޭ ކުޅިގަނޑެއް
    ނާހަމަ އެހެން ވިއްޔާ، ބަލަގަ ކޮންކަމެއް ނުވެގެންބާ އަންނި އެއުޅެނީ
    ނާހަމަ ތެދެއް ކޮން ކަމެއް ނުވެގެންބާ އިބޫ އެއުޅެނީ
    އޯ........ ހުސް ފޭކް ތީ އެކައްޗެއް.
    އަސްލަމް ހޮވުމެހޭ، އަފީފް ހޮވުމެކޭ އަންނިއާ ސޯލިހާ ދެމީހުން ކުރެ ކޮންމެ މީހަކަށް ކީ.
    ކޮންކަމެއް ނުވެގެންބާ ؟ ..... ނުވާނެ އެއްކަމެއްވެސް ނެތް. ތީ ހަމަ ހުސް ފޭކް

    11
    1
  14. ހެޔޮބަސް

    އާއިލާކޯޅެންފަށާއިރު ކޯޅުންރަގަޅީ ވިސްނާލުމަށްފަހު މިހެންމިބުނީ ކުށްވެރިންހަމަހަމަނުވާގޮތަށް
    ކުރެއްވި ކުށަކަށް ( ކުށަކާނުލާ ގާޒީއަކު ހިފާހައްޔަރުކޮށް އެކަހެރިކުރި މައްސަލައާ ގުޅިގެން) 13އަަހަރުގެ ޖަލުހުކުމެއްއައިސްފައިވާ ފަރާތެއް އެހުކުމުގެ އެންމެދުވަހެއްވެސް ތަންފީޒްނުވެ މިނިވަން ކުރެއްވުމުގައި ރައީސް ސާލިހުގެ އެއްބާރުލެއްވުމެއްވޭތޯ ސާލިހުގެ އެއްބާރުލެއްވުމެއް
    ވާނަމަ މިއީ ނަޝީދުގެ އާއިލާއިން ސާލިހަށް ޝުކުވެރިވާންޖެހޭކަމެއްކަމުގައި ދެކެން މިކަމުން
    އެގެނީ............

  15. ސޮއްބެ

    އަންނިގެ އޮތީ ސިކުނޑިއެކެވެ. އެކަމަކު އެސިކުނޑި މަސައްކަތްކުރުވަނީ އާޢިލާއިންނެވެ. ރައީސްކަންލިބި، ސަޕޯޓަރުން ތިބިކަންއެނގުމުން ދީވާލުޕާހެދިފައި ބަޔަކުއައިސް އަންނިކޮނޑަށް ސަވާރުވެގެން އެއުޅެނީ ތިކަހަލަގޮތަކަށްނޫނެވެ. އެމްޑީޕީއެކޭ ޓެނިސްކުލަބެކޭ މިހާރު ތަފާތެއްނެތެވެ. މިހާރު އެމްޑީޕީގައި ހިނގާތަންމިފެންނަނީ ކެރަފާބާރެވެ! ވާނެގޮތެއް ވާންވީއެވެ!

  16. ޢުމޭ

    ޢަހަރުމެން ބެނުން ނަޝީދު ބޮޑުވަޒީރުކަމައް ގެންނަން ސަފުވެއްޖެ.

    3
    1
  17. މާނިއު

    މިއޮތީވާ މޮޅު ޑިމޮކްރަސީއެއް. ޑިމޮކްރަސީގައި ޢާއިލީ ކޯޅުން އޮވޭތަ. އެންމެފަހުން ވެރިކަން މިވީ ކެނެރީގޭ ބަދިގޭގެ އަރާރުމަކަށް. ސާބަހޭ ގުލޯބަލް ޑިމޮކްރަޓިކް ލީޑަރަށް

  18. ޑޮން

    މިރޫހާނީ ލީޑަރު ސިއާސީ ކަންތަކުގައުޅޭ ހާދުވަހަކު މިކަހަލަ ހާލެއްގަ އުޅެންޖެހޭނީ.. ކޮބާ މިފަހަރު މައްސަލައަކީ ޑރ.ހަސަން ސައީދުތަ ޑރ.ވަހީދުތަ ގާސިމްތަ އިއްތިހާދުތަ. އަމިއްލަ އަަންްބަޮނޑިތަ.. ގައުމާއި ރައްޔިތުންދެކެ ވާލޯބިތަ..

  19. ސދފސ

    މިޢީ ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ މީހެއްގެ ވާހަކަ. އަމިއްލަ އިއުތިރާފުން އެއްބަސްވި ގާޒީ ވަގަށްނެގިކަމށް. ވީމާ މިކަލޭގެ އަބަދުގެ އަބަދަށް ގޮޅީގައި އޮންނަންޖެހޭ.

    ''''"ބޭބޭފުޅުންގެ ޓިކެޓަށް ނަޝީދު ބޭނުންފުޅުވީމަ ކުޑަ ދުވަސްކޮޅަކަށް ނެރޭނީ،" ނާޝިދާގެ އެ ޓްވީޓްގައިވެ އެވެ''''