ރ.އަތޮޅު ދުވާފަރުގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ބަނގުލަދޭޝްގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު އޭނާ ދިރިއުޅޭ ގޭގައެވެ.

ބިދޭސީ މީހާ ދިރިއުޅުނު ކޮޓަރީގައި އިތުރު ދެބިދޭސީ އަކު ވެސް ދިރިއުޅެއެވެ.

އެމީހުންނާއި ހަވާލާދީ ދުވާފަރު ކައުންސިލުން ބުނީ ބިދޭސީ މިހާ ނިޔާވީ އެރަށުގައި ވަރަށް ބޮޑަށް ފެތުރެމުން އަންނަ ޑެންގީ ނުވަތަ ޗިކުން ގުންޔާ ރޯގާ ޖެހިގެންކަމަށް ލަފާކުރެވެއެވެ.

ދެދުވަސް ކުރިން ފެށިގެން އޭނާ ހުސް އައިސްގެން އުޅުނު ކަމަށް އޭނާ އާއި އެކު ދިރިއުޅުނު ބިދޭސީން ބުނެއެވެ. އެމީހުން ބުނާ ގޮތުގައި ޑޮކްޓަރަށް ދައްކަން ދާން ބުނުމުން އޭނާ ވަނީ ޑޮކްޓަރަށް ދެއްކުމަށް ދެކޮޅު ހަދާފައެވެ.

އޭނާ ނިޔާވެފައި އޮތްކަން އެނގުނީ ނިދާފައި އޮންނަތާ ގިނަ އިރުވެގެން އައިސް ބެލި އިރު ކަމަށް އޭނާ އާއި އެކު ދިރިއުޅުނު މީހުން ބުނެއެވެ.

ނިޔާވި ބަނގުލަދޭޝް މީހާގެ ހަށިގަނޑު އިތުރަށް ބެލުމަށް، ފުލުހުންނާއި ރާއްޖޭގައި ހުންނަ ބަނގުލަދޭޝް އެންބަސީ ގުޅިގެން މިއަދު ވަނީ މާލެ ގެނެސްފައެވެ.

ރާއްޖޭގައި އުޅޭ ގިނަ ބިދޭސީންގެ އަތުގައި ވޯކް ޕާމިޓް ނޯންނާތީ އާއި ޑޮކްޓަރަށް ދައްކަން އެމީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގާތީ އަމިއްލަ އަށް ޑޮކްޓަރަށް ދައްކަން ގިނަ ބިދޭސީން ދެކޮޅު ހަދައެވެ. އަދި ހޮސްޕިޓަލްތަކުން ވެސް ލިޔުންތައް ނެތި ބިދޭސީންނަށް ޚިދުމަތް ފޯރުމޮށްދިނުމަށް ދަތިތައް ކުރިމަތި ކުރުވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ ހަމީދު

    ސަރުކާރުން ބަނގުލަދޭޝް މީހުންގެ ކަންތަކާ އަވަސް ފިޔަވަޅު ތަކެއް އަޅަން ޖެހެ.. ހިޔާލް
    1 ރާއްޖެއައް ބަނގުލަދޭސް މީހުން އައްން 1 އަހަރައް ސަސްބެންޑް ކުރުން..
    2 ގަވާއިދާ ހިލާފައް ތިބި މީހުން 6 މަސް ދުވަސް ތެރެ ރާއްޖެ އިން ބޭރުވުން.
    3 ރާއްޖެއިން ބޭރުނުވާ މީހުން 1 އަހަރައް ޖަލައްލުން..
    ރައީސް ސޯލިހު މިކަމާ ވިސްނެވެން އެދެން..

    15
    1
  2. ވަހީދު

    ގާނޫނު ގައި އޮންނަ ގޮތަށް ކަންކަން ކުރަން ބަންގާޅު މީހުންނަށް ވެސް ދަސްކޮށްދޭން ވެއްޖެ. ކާކުކަން ނޭނގި ރާއްޖޭގައި ބިދޭސީން އުޅުމަކީ ނުރައްކަލެއް ދިވެހި ޤައުމަށް. އަދި ބިދޭސީންނަށް ވެސް އެތައް އުނދަގޫ ޖެހޭކަމެއް.

    12
  3. ސީނު

    ބަލިމީހެއްވިއްޔާ އެއްވެސް ލިޔެކިޔުމެއްނެތި ފަރުވާ ލިބެންޖެހޭނެ....ހިލޭ ނޫނީ ކުޑައަގެއްގައި ބޭސްފަރުވާ ކުރެވޭ ތަނެއް ހުރުން ވަރަށް މުހިންމު

    3
    2
  4. ޢިކުރާމު

    ޑޮކްޓަރައް ނުދިޔައީ އަތުގަ ނެތްއެއްވެސް ސައްހަޑޮކިޔުމަންޓެއް ގަވައިދާހިލާފައް އުޅެތާ 5 އަހަރުވެއްޖެ