ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކު އިންތިޚާބު ކުރުމުގައި އެމްޑީޕީ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކާއި ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ހިތާމަވެރި ޅެމަކުން މިއަދު ޖަވާބުދާރީ ވެއްޖެއެވެ.

"އެލެކްސް އަހްމަދު" ގެ ނަމުގައި ނަޝީދު ޓްވިޓާގައި ގެންގުޅުއްވާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ

"ހިތާ މޭ ހިބައިން ލިޔެ ދިނީމާ ނުވީހޭ
ފިތާހިތުގެ ހިތި ނައަތުލާ ހަމަ ނުވީހޭ
ލެޔާ ނާރު އެކުގާ ވެދުންކޮށް ހެދީމާ
ހެޔާ ބުއްދިއެކުގާ ނުގެންގޮސް ނުވީހޭ"

ޅެން ބައިތުގައި ނަޝީދު ވިދާޅުވެފައި އެވަނީ ހިތާއި މޭ ހިބައިން ދިނީމާ ވެސް ހިތާމައެއް ނުދީ ނުވަނީ ހެއްޔެވެ؟ (ހިތިގެ މާނައެއްގެ ގޮތުގައި ބޮޑެތި ހިތާމަ ޅެންތަކުގައި ބޭނުން ކުރެއެވެ.)

ދެން ވިދާޅުވެފައި އެއޮންނަނީ ލެޔާއި ނާރުތައް ވެދުންކޮށް ދިނުމުން ވެސް ހެޔާއި ބުދި ވެސް އެކުގައި ނުގެންގޮސް ނުވީ ހެއްޔެވެ؟

މަޖިލީހުގެ ރައީސް ކަމަށް ގެންނަވަން ނަޝީދު ބޭނުންފުޅުވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. ނަމަވެސް ރައީސް ޞާލިހް ވަނީ އެމަނިކުފާނުގެ ތާއިދު އޮތީ ވިލުފުށީ ދާއިރާ އިން އިންތިޚާބު ވެފައިވާ ހަސަން އަފީފަށް ކަން އިއުލާން ކޮށްފައެވެ.

އެއާއި އެކު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދި ނަޝީދުގެ ސަޕޯޓަރުން ވަރަށް ހުތުރު ބަހުން ރައީސް ޞާލިހަށް ފާޑުކިޔަމުން ދާއިރު ރައީސް ޞާލިހްގެ ސަޕޯޓަރުން ވެސް ގެންދަނީ ވަރަށް ހުތުރު ބަހުން ނަޝީދަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރިޟްވާން

    " އެބައި މީހުން ރޭވި އެވެ. އަދި މާތް ﷲ ރޭއްވެވިއެވެ. ހަމަކަށަވަރުން މާތް ﷲ އެއީ އެންމެ މޮޅު ރޭވުން ތެރިޔާއެވެ" 8:30

    136
    1
  2. ޖާދު

    ﷲ އިރާދަ ކުރެއްވިއްޔާ މިފެންނަނީ އަހަރެމެންގެ ދުޢާ އިޖާމަ ބުރައްވާތަން. މިކެނަރީގޭ ބުއްޅަބޭގެ ނުބައި ނުކަފާ ލާދީނީ ނުބައި ވަކިތަކުން މިގައުމު ސަލާމަތް ވަމުންދާ މަންޒަރު ފެނުމުން ﷲ އަށް ޝުކުރުކުރަން. ކެނަރީގޭ ގަންޖާގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި.

    94
    16
    • Anonymous

      އާމީން.

      2
      1
  3. ކިންގްފިޝަރ

    އަޅުގަނޑުގެ އެދުމަކީ، އަމިއްލަ އެދުމަށްވުރެ 'ދީނާއި ޤައުމު' އިސްކުރުން. އެންމެހާ ބޭފުޅުންނަށް ހެޔޮ ރަޙުމަތް ލައްވާށި. އާމީން.

    71
  4. ތަކުރު

    2008 ވަނައަހަރު ނަޝީދަށްވެސް ބަޔަކު ހިތާ ފިތާއި ޖަނާމާލު ދިނެވެ. ޢެކަމަކު ނަޝީދު ކަންކުޅައީ ނަޝީދުގެ އެކުވެރި ހާޑިންހަމްއާއި އެކުވެގެން އެމީހުން ޅަގޮނޑިވެސް ނަގަންށެވެ.

    18
    2
  5. ބަކުރު

    މެޖޯރިޓީ ހޯދައިގެން، ކުރަން ރާވާފައިވަނީ ރާއްޖެއަށް އެހެން ދީންތައް ތަޢާރަފު ކުރުމާއި، އިންޑިޔާގެ އަޅުވެތިކަމަށް ރާއްޖެ ގެންދިއުން ފަދަ ނުރައްކާތެރި ކަންތައްތަކެއް ކަމަށް ވާތީ، މިކަން ރާވާ މިގައުމުގެ ޢަދުއްވުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި.

    16
    5
  6. އަލް ނޫރު

    ޔާﷲ ޔަހޫދީން ގެ އެޖެންޑާ ހަލާކު ކުރައްވާށި ....

    15
    1
  7. ނައިބުތުއްތު

    ދުނިޔޭގައި ދައްކަވަން އޮތްކަމެއް ވިއްޔާ ދައްކަވާފަ ނުނީ ނިމިގެންނުދާނެ. މާތްﷲ އަޅަމެންނަށް ހެޔޮވިސްނުން މިންވަރުކުރައްވާށި. އަޅަމެމްނީ ހެޔޮބަސް އަހާ އަދި ހެޔޮބަސް ޤަބޫލުކުރާ ބައެއްކަމުގައި ލައްވާށި. އާމީން

    15
    1
  8. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބަލަ އިބޫ ސޯލިހު އަކީ އެމްޑީޕީ މީހެއް ނޫންހެން މިހާރު ހީވާންފަށައިފި. ނަޝީދޫ ބަލަ ކަލޭތަ ތީ ވެރިއަކީ؟ ކޮންމެ ކަމަކަށް ދަނޑިބާނަންނޫޅެ، އެހެންމީހުންވެސް އެމީހަކު ބޭނުންވާގޮތަކަށް ވެރިކަން ކުރަންދީފަ ކަލޭ އެއްފަރާތުގަ ހުރެބަލަ!

  9. އަވައްޓެރިޔާ

    ރަޢީސް ސޯލިޙްއަށް ހެޔޮވިސްނުން މިންވަރުކުރައްވާށި. އާމީން

    • Anonymous

      ﷲ ތަޢާލާގެ ރަހުމަތުން، މިގައުމުގެ ވެރިމީހާއަކީ، ﷲ އަށް ފުރިހަމައަށް އީމާންވާ، ރައްޔިތުންގެ ހައްޤުތައް އެންމެހެޔޮގޮތުގައި އަދާކުރާ. އިސްލާމްދީން މަތިވެރިކުރާ، ގައުމުގެ މިނިވަންކަމަށްވުރެ އަމިއްލައެދުން އިސްނުކުރާ ވެރިއެއްކަމުގައިލައްވާށިއެވެ. އާމީން.

  10. ޖުރާރު

    އެޅެމުގެ މާނައަކީ ނަޝީދުގެ ހިތާ މޭ ކަމުގައިވާ ރައީސްކަން ދިނީމަ އެވަރުންވެސް ހިތް ނުފުރުނީހޭ. މިހާރު ތިޔަ އުޅެނީ އޭގެ ބަދަލުގަ އަނިޔާވެރިވާންހޭ. ދެންއޮތީ ނަޝީދުގެ ހޭބުއްދި ކަމަށްވާ ގަންޖާ އެތެރެވިޔަނުދީ ތިހިފަހައްޓަނީ ފުރާނަ ހަށިގަނޑާ ވަކިކުރަންހޭ.

    5
    1