ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ރައީސަކު ހޮވުމުގައި ތާއީދު ކުރައްވާނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އަށްކަމަށް، ޤާނޫނީ ވަކީލް އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބ. އަތޮޅު ތުޅާދޫ ދާއިރާގެ އިންތިޚާބީ މެމްބަރާއި އެކަމަނާގެ ފިރިކަލުން، ހިތަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު، އިބްރާހީމް ނާޒިލް ހާމަކުރައްވައިފިއެވެ.

ޓްވީޓާ މެދުވެރިކޮށް ހިސާން އާއި ނާޒިލް މިކަން ހާމަކުރައްވާފައިވާއިރު، ނާޒިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުންނާ ގިނަ އާންމު މެމްބަރުން ބޭނުންވާ ގޮތުގެ މަތީން، މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށް ވޯޓު ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

ހިސާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ޤައުމުގެ މަސްލަހަތު ގުޅިފައިވަނީ ރައްޔިތުންގެ މަސްލަހަތާ ކަމަށާއި، ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކުރުމުން ކަމަށް ވާތީ، އަސްލަމް އަށް ވޯޓުދެއްވަން ނިންމަވާފައިވާ ކަމަށެވެ.

މި ދެބޭފުޅުންވެސް އަސްލަމްއަށް ތާޢީދުކުރައްވާކަން ހާމަކުރައްވަމުން ކުރެއްވި ޓްވީޓުގައި ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ހޮވުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ތާޢީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

އެމްޑީޕީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފައިވާ އިރު، އެޕާޓީން މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ މީހެއް ނިންމުމަށް ދަނީ މަޝްވަރާތައް ކުރެވެމުންނެވެ. އަދި އެކަމާ ގިނަ މެމްބަރުންތަކެއް ވަނީ ހިޔާލުވެސް ތަފާތު ވެފައެވެ.

އެމަޤާމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ހޮވުމަށް ރައީސް ނަޝީދު ތާއީދު ކުރައްވާއިރު، މަޖިލީހުގެ ރައީސް ކަމަށް އެންމެ ޤާބިލު ބޭފުޅަކީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ހަސަން އަފީފް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިކަމުގެ ސަބަބުން ޕާޓީ ތެރޭގައި ޚިޔާލުތަފާތުވެ އާންމު މެމްބަރުންގެ މެދުގައި ވަނީ ދެކޮޅުވެރިކަމާއި ކޯޅުން އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުރަބޯ

    މިދެމީހުންނަކީ އަންނިގެ ދެ ޕަޕެޓުން. އެހެންވީމާ އަންނި ބުނާހާ ގޮތެއް އޯކޭވާނެ. އަފީފަކީ ކިޔަވައިގެން ހުރި މޮޅު މީހެއް ވީމާ ޢަފީފަށް ފުރުޞަތު ދިނުން މޮޅީ.

    13
    6
  2. Anonymous

    ޑްރަގު މުއްސަދިކަން، ހަކުރު މުއްސަދިކަން، އެއިގެ ފަހަތުން ލިބުނު މެމްބަރުކަން، އެއިގެ ފަހަތުން ހޮވުނު މެމްބަރުކަން، ބަތްދެންޏާ ބޮޑުބޭބެ ދޮތަ؟؟؟

    12
    2
  3. ޖެލީ

    ކުޑަކުދިންނައް ހިސާން އަނިޔާކުރުން އަންނިއަށް ރަނގަޅުވީމަތަ އަންނިގެ ފައި ދަށުވެގެން ހިސާން ތިއުޅެނީ

    7
    1
  4. މޮލަ

    ދެން އަޅާ ނުލާ ތިތިބީ ގުއި ރޯނުގަ ޖައްސާފަ..ހެހެހހެ