ފ.އަތޮޅު ދަރަނބޫދޫ ބަޔަކު ހައްޖަށް ދާން ރައްކާކޮށްފައި ހުރި ތިންލައްކަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ ދަރަނބޫދޫ ގެއެއްގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށަހެޅިފައިވާ ކަމަށެވެ.

ފައިސާ ގެއްލިފައިވާ ކަން އެނގުނީ ހޮނިހިރު ދުވަހު ކަމަށާއި ގެއްލުނު ކަމަށް ބެލެވޭ ތިންލައްކަ ރުފިޔާ އަކީ ތިން މީހަކު ހައްޖަށް ދިއުމަށް ރައްކާ ކޮށްފައި ހުރި ފައިސާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ފޭރުމާއި ބޮޑެތި ވައްކަންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ވައްކަންތަކާއި ބޮޑެތި ފޭރުންތަކުގައި ގެއްލިފައިވާ ގިނަ ފައިސާ ފުލުހުންނަށް ހޯދިފައެއް ވެސް ނުވެއެވެ.

ބޮޑެތި ވައްކަންތަކާއި ފޭރުންތައް މަދުކުރަން ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާއި އެފަދަ ހާދިސާތައް އިތުރުވާ ސަބަބާއި ބެހޭ ގޮތުން ފުލުހުން މައުލޫމާތެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ރައްޔިތުން

    ކޮބާ އަނެއްކާ ނުކުންނަންވީ ތަޅާލަން

    40
    2
  2. ckoh

    thikan hoadheynee rayyithunnah polihunnakah nuvaane

    31
    1
  3. މަރީ

    ކީއްވެފަތަ މި ތިބެނީ.. ބޮޑު އުނދަގުލެއްނު..

    19
    2
  4. ފަތިފުއް

    رمضان މަސް އެޖެންޑާ 19 ގުޅުވާލީބާ
    ވައްކަން ކުރުމާއި ފޭރުމާއި ،މާރާމާރީ ހިންގުމައި،ދީނުގައި ބޮޑަތިވެގެންވާ ޖަރީމާތައް ހިންގުމުގައި رمضان މަހެއް ބެލުމެއްނެތި ކުރާއިރު އެޖެންޑާ 19 އާއި ގުޅެމުން ދާކަން ފާހަގަ ކުރެވޭ

    21
    6
  5. ޢިކުރާމު

    ގައުމުގަ ބަންގާޅިން ގިނަވެ ކުރާނެ ކަމެއްނެތިފަތިބޭ މީހުން ކުރާނީ ކުއްތައް މިމީހުންގެ ޕޮލިސްރިޕޯޓު އެހާކަޑަ ކާކުވަޒީފާ ދޭނީވެސް ނިދައިން ނުހޭލާނެ ދެދުވަހުން އެއްދުވަހުބަލިވާނެ ވެރިންނައް ކިޔަމަނެއްނުވާނެ މައިންބަފައިންގެ ބަސްގަބޫލެއްނުކުރާނެ

    18
    2
  6. ކޮރަލް

    އާއްމުން ހައްޔަރު ކުރަން ދެން މަޑު ނުކުރާށެވެވ. ރަށުން ފުރާ މީހުން ޗެކްކޮށް ފިންގަޕްރިންޓް ނަގާސުވާލު ކުރަން ފަށަން ވީއެވެ.

    4
    4
  7. މުހައްމަދުބޭ

    އަޅުގަޑަށް ފެންނަނީ ހައްތަހާވެސް ސާޖަންޓުންނާއި އޭގެ މަތީ ރޭންކުގެ ފުލުހުން އަދި ވަކިން ހާއްސާކޮށް ފެންވަރުނެތް ވަރަންޓުން ވަރަށް ގިނަ، ފުލުހުންގެ މައްސޫލިއްޔަތު ރަގަޅަށް އަދާނުކުރެވެނީ އެމީހުންގެ ސުޕާރ މެޖޯރިޓީ މީހުންނަކީ މަތީ ފެންވަރުގެ މީހުންނަށް ހެދީމަ، ތިމާއަށް ރަގަޅަށް ލިޔަންކިޔަން ނޭގޭ އެތަށް ފުހުންނެއް ތިބީ ރަގަޅު މަޤާމާއި ބޮޑެތި މުސާރަ ތަކުގައި އެހެންކަމުން ފުލުސް ލީޑާރޝިޕުން އެބަޖެހޭ މިކަމަށް ވިސްނަން އެއީ ތަނެއްގައި ވެރިން މާ ގިނަ ވެއްޖެއްޔާ އެތަނެއްގައި މައްސޫލިއްޔަތު އަދާކުރާނެ ބަޔަކު ނުތިބޭނެ

  8. ޢާދަނު

    ޙުރިހާވެސް މައްސަލަޔަކީ ރަލާ މަސްތުވަަތަކެތި މަސްތުވަަތަކެތި ވިއްކާ ބޭނުންކުރާ މީހުންނަށް ހަރުކަށިއަދަބު ނުލިބޭހާހިނދަކު މިކަންކަންނުހުއްތުވޭނެ މިގައުމަުގަ ދެރައަިސުން އެކަކުއެނެކަކާ ކޯޅިކޯޅިތިބެދާނެ

    8
    1
  9. އަލިބެއްޔާ

    ޤާނޫނުތައް ކުށްވެރިންނަށް ފައިދާވާގޮތަށް ބަދަލު ކުރަމުންގޮސް ކުށް ސާބިތު ނުކުރެވެނީ. އެއީ ކުށް ގިނަވާ ސަބަބަކީ.

  10. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ރައްޔިތަކަށް މުދަލަކަށް އެއްވެސް ރައްކާތެރިކަމެއްނެތް. މިއޮތީވާ ގައުމެއް.

    10
  11. މޫސާ

    މައުލޫމާތަށް ޓަކައި ދަންނަވަން : މީހަކު ވައްކަން ކުރާއިރު އޭނާ އެކަން އެކުރަނީ ވަކި ޕާރޓީއަކަށް ވެގެނެއް ނޫން.

    4
    3
  12. ޖިންނި

    އިސްލާމީ ޙުކުމް ތަންފީޒް ކުރޭ

    9
    1
  13. ތުންބިބީ

    ޖަޒީރާ ރާއްޖެ ސިފަވަމުން މިދަނީ!

    50
    • މަންޖެ

      ބަލަމިޤައުމުގައި ހުރިހާ ފާޙިޟު ޢަމަލުތައް ގިނަވާއިރު މިކަންހުއްޓުވޭނެ ގޮތެއް ހަމަނެތީބާ؟ މިލާރިވެސް ހޯދަން އަނެއްކާ ރަތްޔަތުން ނިކުންނަންވީ. މިއީތޯ ޤައުމު އެދިގޮވާ ގޮވުން.މި5އަހަރު މިއީތޯރަތްޔަތުން ކުރަންޖެހޭ ކަމަކީ ސަރުކާރެއް ގެބޭނުން އޮޅިއްޖެ

  14. ނިކަމެތިމީހާ

    ނިކަމެއްޗެއްނަމަ ޖަލަށް ލާތި. ބުރޯމެން ދައުލަތް ދަވާލި އިރުވެސް މައްސަލައަކަށް ނުވި. މިއީތޯ ޖަޒީރާ ވަންތަ އިންސާފަކީ

  15. މޫސަ

    މިސަރުކާރު އައިފަހުން ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ. މިފަދަ އަމަލުތައް ހުއްޓުވުމުގައި ފުލުހުން ވަނީ ބޮޑުތަނުން ފެއިލް ވެފަ. ފުލުހުންގެ މަސައްކަތަކީ އާއްމުރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށްވުރެ 'ސްޓިކާޖަހައިގެންނާއި އެހެނިހެން ގޮތްގޮތުން ދައުލަތަށް އާމްދަނީ ހޯދައިދިނުން

  16. މުކި

    ދަތުރު ދާން ރާވާފަ ހުރި ފައިސާއޭބުނިނަމަ. މިދެން އަޖައިބެއް. ކިތައްލައްކަ ރުފިޔާ ތިހެދަކޮއްލަނީ ބެކާރުގޮތުގަ. ޓިފައިސާ ގެދޮރު އިމަރާތް ކުރުމާއި ހަމަޖެހޭ ދިރިއުޅުމަކަށް ހެދަކުރުން މާރަނގަޅުވީސް

  17. ހުދުހުދ

    ﷲގެ ހުކުމަށް ހުކުމް ނުކުރާހާ ހިދަކު މިކަހަލަ ބޮޑެތި ކުއްތައް ކުރާ މީހުން ނުހުއްޓުވޭނެ. ﷲ ސުބުހާނަހޫ ވަތައާލާ ބޮޑެތި ކުށް ތަކަށް ހުކުމެއް ލައްވާފައިވަނީ އެހެން މީސްތަކުންގެ ރައްކާތެރި ކަމަށް. ކާފަރުން އިންޒާރު ތަކަށް ބެލުމެއް ނެތި ﷲގެ ހުކުމް ތަންފީޒު ކުރަން ވީ. އޭރުން ކުށްތަކަށް އަރައިގަންނަން ޖެހިލުން ވާނެ

  18. ހޮޅިވާހަކަ 25 މެއި 2019

    މުޅި ޤައުމުގައި ފާޙިޟް އަމަލު.މިކަންހުއްޓުވޭނެ ގޮތެއްނެތް.ކޮންމެކަމެއް ހުއްޓުވަން ނިކުންނަނީރަތްޔަތުން .ކޮބާސަރުކާރިގެ ބޭނުމެއް ސަރުކާރުން ނިކުމެ މޮޅުވާހަކަ އެއް ދައްކާނެ ވާއެއްކަމެއްނެތް މިވަރުވާ އިރުވެސް އަތްޖަހަންތިބެނީ ކިހާދެރަކަމެއް މިއޮތީވާ ޤައުމެއް