ހދ ނެއްލައިދޫގައި މިއަހަރު ރަޖިސްޓްރީ ކުރި އަމިއްލަ ޖަމިއްޔާއެއްކަމަށްވާ "ނެއްލައިދޫ އަމީގޯސް އޮފް ޔޫތްގެ" ފަރާތުން އެރަށުގައި އުޅޭ ބިދޭސީންނަށް ރޯދަ ވީއްލުމެއް ދީފި އެވެ. މި ރޯދަ ވީއްލުން ދީފައިވަނީ އިއްޔެ އެވެ.

މި ރޯދަ ވީއްލުމުގައި އެރަށުގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 60 ބިދޭސީން ބައިވެރިވިއެވެ.

މިހަރަކާތުގެ ހުރިހާ ކަންކަމެއް ކޮށްފައިވަނީ ޖަމިއްޔާގެ ބައިވެރިންނެވެ. ރޯދަމަހު އެކި ރަށްރަށުގައި ދިރިއުޅޭ ބިދޭސީންނަށް އަންނަނީ އެކި ފަރާތްތަކުން ރޯދަ ވީއްލުން ދެމުންނެވެ.

އުރީދޫ އިންވެސް ވަނީ މާލޭ ސިޓީ ކައުންސިލާއި ގުޅިގެން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވާފައެވެ.

މި ރޯދަ ވީއްލުމުގައި ރާއްޖޭގެ ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވެފައިވާއިރު އުރީދޫގެ ފަރާތުން ވަނީ ކޮންމެ ބިދޭސީއަކަށް ރޯދަ ހަދިޔާއެއްގެ ގޮތުން މުންޑެއް ހަދިޔާ ކޮށްފައެވެ.

ކިނޮޅަހުގައިވެސް ބިދޭސީންނަށް ޙާއްސަ ރޯދަވީއްލުމެއް ބާއްވާފައި ވެއެވެ. ކިނޮޅަހު ޖަމިއްޔަތުއް އިއްތިހާދުގެ ފަރާތުން އިންތިޒާމް ކުރި މި ރޯދަވިއްލުމުގައި ގިނަ އަދަދެއްގެ ބިދޭސީންވަނީ ބައިވެރިވެފައެވެ.

ކިނޮޅަހުގައި ދިރިޅޭ، ސަރުކާރުގެ މުޢައްސަސާތަކުގައި މަސައްކަތް ކުރާ، އަދި އަމިއްލަ ފަރާތްތަކުގެ ދަށުން މަސައްކަތް ކުރާ އެހެން ޤައުމުތަކުގެ މުސްލިމުންނަށް އަމާޒުކޮށްގެން ބޭއްވި މި ރޯދަވީއްލުމުގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވެ އެންމެން އެކުގައި އުފާވެރިކަމުގެ ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތަރުޖަމާނު

    ރަނގަޅުކަމެއް. ރީތިމިސާލެއް.. މުސްލިމުންގެގޮތަކީތިއީ .. ޖާނުންފިދާވުމަކީއެންނޫން މުސްލިމުންގެގޮތަކީ ..

    27
    3
  2. އައްޓަމަސް

    ބިދޭސީންނެއްނޫން! ހަމައެކަނި ބަންގާޅީން ކިއްވެބާ ދިވެހިންނަށް ނުދިނީ؟! ތީހަމަގޭމް! މިހާރުވެސް މިއުލެނީ ތިބަންގާޅީންގެ ބަލާބޮޑުކަމުން، ،އަހަރެމެން ތިރައްރަށައް އަރުވާލި ޒަމާނުގައި ރަށުގައި ބަކީވެފައިހުންނަ އަންހެންކުއްޖަކާއި ވާހަކަދައްކާލިޔަސްނިމުނީ! ރޭގަނޑު ނިދާފައި އޮންނައިރު މަޑައާއި، އޮށްގަލުންމަރުހަބާކިޔާނީ، ފޮށިގަނޑުވަގަށް ނަގާ ހެދުންކޮޅުކަފާލާނެ! މިކަންތަޖުރިބާކޮއްފައިތިބި ބޭފުޅުން މިހާރުވެސް ދުނިޔޭގައިތިބޭނެ! އަރުވާލީމައި އޮފީހަށްގެންގޮސް ބުނާނެ ގެންގުޅޭނެ މީހަކުހޯދައިގެންއާދޭ ދެންއެއްގެއިން އަނެއްގެއިން ސަލާމާއި ހިގައިގެން ހުންނާނެގެޔެއްވެސްހޯދަންޖެހެނީ! ބަންގާޅީންނަށްކާންދީފެންވަރުވައިދީވެސް ހަދާނެ! އަނބިގޮއްޔެ ނޮޅާލާފައިވެސް "ބޭބޭ މަގޭމައްސަލަނެތީ، ދައްތަ ބޮރާބަރުނެތީ" ބުނީމައި ނިމުނީ

    3
    3
  3. ހަބީބު.

    ތިހެންހޮޔޮވީނުންގޮސް އެންމެފަހުން ފެންނާނީ އަނބިމިހާ ޖަހައިގަނެގެން ތިންހަތަރު ދަރިންދީފަ ގައުމައްބަލާ ޖައްސާތަން ބަންގާޅިން އަރުވައިފިތަނެއް ރަނގަޅުވެފަކާ ނޮންނާނެ ދުނިޔޭގެ ހުރިހާ ހިސާބަކައް ބެލިޔަސް މިނެޓަކު 3 ފަހަރު މަގައް ކުޅުޖަހަނެ ކުނިކަހާހިރު ހިރަފުހާއެކީ މިނަޖިސްތަކު ތެރޭ ދިވެހިން ކިހާރީތި

    1
    1