ފާއިތުވި އަހަރު ބޮޑު އަދަދަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުފުލައިފައިވާ ކާގޯގެ އަދަދު އިތުރު ވެއްޖެއެވެ.

2017 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުފުލާފައިވާ ކާގޯގެ އަދަދު އުޅެނީ 67،200 ޓަނެވެ. މިދިޔަ އަހަރު އެ އަދަދު އުޅެނީ 73،200 ޓަނުގައެވެ. މި އިންސައްތައަކީ 2017 އާއި ބަލާއިރު، އަށް ޕަސެންޓް އިތުރުވުމެކެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަށް އެންމެ ގިނައިން ކާގޯ އުފުލާފައިވަނީ ރާއްޖެއަށް އަންނަ ފްލައިޓް ތަކުންނެވެ. އެގޮތުން ބަލާއިރު ރާއްޖެ ޖެއްސި މަތިންދާ ބޯޓްތަކުން 45،000 ޓަނުގެ ކާގޯ ގެނެސްފައިވާކަން ފާހަގަވެއެވެ.

އަދި ރާއްޖެއިން ބޭރު ކޮށްފައިވާ ކާގޯ ގެ މިންވަރަށް ބަލާއިރު ރާއްޖެއިން 13،000 ޓަނުގެ ކާގޯ ވަނީ ބޭރު ކޮށްފައެވެ. އެންމެ ގިނައިން ރާއްޖެއަށް ކާގޯ އެތެރެކޮށްފައިވާ މަސްތަކަށް ބަލާއިރު ފާހަގަކޮށްލެވެނީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު އެވެ. އަދި އެންމެ މަދުން ކާގޯ އުފުލާފައިވަނީ ޖުލައި މަހު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު 1600 ކިލޯގެ ކާގޯ އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުސްލީ

    މިފެންނަނީ އިބޫގެ ދުރުވިސްނޭ ފުރިހަމަ ކާގޯސިޔާސަތުގެ ނަތީޖާ. އެކޮނޮމިސްޓުން ކުރީކީއް.