މީގެ ކުރިން ވެކްސިން ދީގެން ކޮންޓްރޯލް ކުރެވިފައިވާ ބައެއް ބަލިތައް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފެތުރެމުންދާކަމުގެ މައުލޫމާތު ލިބެމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެ އޭޖެންސީން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ކަމުގެ މައިގަނޑު ސަބަބެއް ކަމުގައި ވެފައިވަނީ އެޤައުމު ތަކުގައި ވެކްސިން ލިބިގަންނަ ނިސްބަތް ދަށްވަމުން ދިއުން ކަމަށެވެ.

1980 ގެ އަހަރުތަކުން ފަށައިގެން ޕޯލިއޯ، ކަރުފޮޅު އަދި އިދިފުށަށް ދަމާބަލިން މަރުވާ އަދި ބަލިވާ ކުއްޖަކު ދިވެހިރާއްޖެއިން ފެނިފައި ނުވާކަމަށް އެ އޭޖެންސީއިން ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބެއް ކަމަށް ބުނެފައިވަނީ ޅަފަތުގައި ވެކްސިން ދީފައިވާ ނިސްބަތު ރާއްޖޭގައި މަތިވުމުންނެވެ. މީގެ އިތުރުންވެސް ރާއްޖެއަކީ އެހެން ގައުމުތަކާއި އަޅާބަލާއިރު ވެކްސިންދޭ ނިސްބަތް އެންމެ ރަގަޅަށް ދަމަހައްޓަމުންދާ ގައުމެއް ކަންވެސް ފާހަގަކޮށްފައިވެއެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ގައުމެއްގެ ގޮތުގައި ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ ރާއްޖެއަށް 2017 ވަނަ އަހަރު ސެޓްފިކެޓެއްވެސް އަރުވާފައެވެ.

ޤަވާއިދުން ވެކްސިން ދިނުމަކީ ތިމާއާއި މުޖުތަމައުގެ ރައްކާތެރިކަމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ވަކި ފަރުދަކު ވެކްސިން ނުޖެހުމަކީ އެހެން މީހުން ބަލީގެ ނުރައްކާތެރިކަމަށް ހުށަހަޅުވައިދޭ ކަމެއްކަމަށެވެސް އެ އޭޖެންސީން ވިދާޅުވިއެވެ.

ދިވެހިންނަކީ އެކިއެކި ބޭނުމުގައި ރާއްޖެއިން ބޭރަށް ދަތުރު ފަތުރުކުރާ ބަޔަކަށް ވާތީ، ވެކްސިން ނުލިބި ތިބި ފަރާތްތަކުން ޤައުމުތަކަށް ޒިޔާރަތް ކުރާއިރު ހާއްސަ ސަމާލުކަމެއް ދެއްވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވެކްސިންގެ ޑޯޒްތައް، ގައުމީ ވެކްސިން ތާވަލުގައިވާ ގޮތަށް ފުރިހަމަ ކުރައްވާ ތުއްތުކުދިން ނުރައްކާތެރި ބަލިތަކުން ސަލާމާތަކުރެއްވުމަށް ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނާސް އިލްތިމާސްކޮށްފައިވެއެވެ.

އެ އޭޖެންސީ އިން ވަނީ ވެކްސިނާއި ބެހޭ ގޮތުން އޮޅުން އަރާފަދަ ކަމެއް އޮތްނަމަ މި އޭޖެންސީއާ މަޝްވަރާކުރެއްވުމަށްވެސް އިލްތިމާސްކޮއްފައެވެ. އަދި އިތުރު މައުލޫމާތެއ ބޭނުންފުޅު ވެއްޖެނަމަ އެ އޭޖްންސީގެ ފޯނު ނަމްބަރު 3014333 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އޭޖެންސީއިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަލޫ

  ވެކްސިން އަކީ ބަލިޖައްސާ އެއްޗެއްވީމަ ބަލިފެތުރުމަކީ ޚައިރާންވާންވި ކަމެއްނޫން

  12
  8
 2. ޞާއީ

  ވެކްސިން ދިނުމުން ޖެނެރޭޝަން ތަކެއްފަހުން އުފެދޭ ދަރިންގެ އައިބް ހުރުމާއި އޯޓިޒަމް އިތުރުވޭ.

  8
  6
 3. ޞާއީމޖ

  ވެކްސިން ނުދީ އުޅޭ ފަގީރު ގައުމތަކުގައި ނިލިޔަނުން މީހުން އުޅޭއިރު ނުފެންނަ ވަރަށް އެމެރިކާ އަދި ރަާއްޖެއިން އޯޓިސްޓިކް ކުދިން އުފަންވާ ސަބަބަކީ ކޮބާ ؟

  12
  5
 4. ބަންގުލަދޭޝް ރަށްފުށު

  ރާއްޖެއަށް ލިބިފަ އޮތް ރީތި ނަން ފޮހެވިގެން މިދަނީ އިމްގްރޭޝަންގެ ބައެއް މުވައްޒަފުން، ބަންގުލަދޭޝް މީހުން (އެގައުމުގެ ރަށްފުށު ސަރަހައްދު ތަކުން، އެއްވެސް ކަހަލަ ހޭލުންތެރިކަމެއްނެތް ގިނަ ބަޔަކު، ރާއްޖެ ގެނެސް އެއްވެސް މެޑީކަލް އެއް ނަހައްދާ، އެމީހުންގަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެކޮށް، މަގުތަކަށް ކުޅުޖެހުން ފަދަ ކަންކަން ކުރާއިރު، މިކަންތައްތައް ވަރަށް މިނިވަންކޮށް ކުރެވޭނެ އިންތިޒާމު ފަސޭހައިން ހަމަޖެހިފަ އޮތުުމުން. ރާއްޖޭގެ އާބާދީއަށްވުރެ މިހާރު މިބުނި ބައި ގިނަވާނެކަމަށް ލަފާކުރެވެނީ. އެމީހުން އެތެރެ ކުރުމުގައި ކަރަޕްޝަން ހިންގި ޣައްދާުރު ދިވެހިން މިހާރު ބޭރު ގައުުތަކުން ފުލެޓު ގަނެ އަެއް ދިރިއުޅުމުގައި އުޅެނީ،

  20
 5. ތިމަންނަ

  ކުދިންނޭ މިއީ "މިނިވަން" ގައުމެކޭ. ކޮންމެ މީހަކު ކޮންމެކަމެއް ގޮތަށްކުރިއަސް ކުރާނެ އަދި ކުރެވޭނެ ކަމެއް ނޯވެއެވެ. މި ގައުމުގެ އުސޫލަކީ " ދަޓްމޭން ދަޓްމޭން" ގެއުސޫލެވެ