އެމެރިކާގައި ކުރިއަށް ދިޔަ "ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ބައިވެރި ނިންމާލުމަށްފަހު ޗީފް އޮފް ޑިފެންސް ފޮސް މޭޖާރ ޖެނެރަލް ޢަބްދުﷲ ޝަމާލް ރާއްޖެ ވަޑައިގެންފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ރާއްޖެ ވަޑައިގެންފައިވަނީ މިއަދުއެވެ.

“ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019” ކުރިއަށް ދިޔައީ މިމަހުގެ 21 އިން 23 ގެ ނިޔަލަށެވެ. މި އެގްޒެބިޝަންގައި ބައިވެރިވުމަށް ޝަމާލް އެމެރިކާއަށް ވަޑައިގަންނަވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.

ޝަމާލް ވަނީ އޭނާ ޔޫއެސްގެ ކޮމާންޑާއާއި ކުރެއްވި ބައްދަލު ވުމަކީ ވަރަށްވެސް ބޭނުންތެރި މުހިންމު ބައްދަލު ވެމެއް ކަމަށް ޓްވިޓާ މެދުވެރިކޮށް ބުނެފައެވެ.

މި އެގްޒެބިޝަން އަކީ އަކީ އިންޑިއަން ޕެސިފިކް އޯޝަންގެ ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބާއްވާ އެގްޒެބިޝަނެކެވެ.