ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ކުރިމަތި ލައްވާނީ ގަލޮޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކަމަށް އެމްޑީޕީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ ގެންނަން ފާސްކުރީ މިރޭ އޮތް ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

އީވާ ފިޔަވައި އިތުރު ބޭފުޅަކު ނައިބު ރައީސް ކަމަށް ކުރިމައްޗެއް ވެސް ނުލައެވެ.

މިއީ ރާއްޖޭގެ މިހައި މަތީ މަގާމަކަށް އަންހެން ބޭފުޅަކު ގެންނަން ޕާޓީ އަކުން ފާސް ކުރި ވެސް ފުރަތަމަ ފަހަރެވެ. އެހެންކަމުން ރާއްޖޭގެ ތާރީޚްގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާގެ ޝަރަފް އީވާ އަށް ލިބުމުގެ ފުރުސަތު މިވަނީ ވަރަށް ބޮޑަށް ތަނަވަސް ވެފައެވެ.

އީވާ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ 2009 ވަނަ އަހަރު އެވެ. މިއީ އީވާ މެންބަރު ކަން ކުރައްވާ ތިން ވަނަ ދައުރެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބު ކުރާނީ މާދަމާ ރޭ އޮންނަ މަޖިލިސް ޖަލްސާ ގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    ޢައިލީ ވެރިކަން

    38
  2. ގިތެޔޮ

    ރައްޔިތުންގެމަޖިލިހެއްނޫންތީ ތީޢާއިލީމެމްބަރުންގެމަޖްލިސް ތިތަނުގެނަންބަދަލުކުރަންވީމިނަމައް އެއީ ޢާއިލީމެންބަރުންގެމަޖްލިސް މުޅިިޤައުމުދަވާލާނެގޮތެއްނޭންގިގެންއުޅޭ ބައިގަނޑެއް

    54
    1
  3. ރައްޔިތުމީހާ

    އޭރުގަވެސް މަބުނީމޭ އެޖެންޑާ 19 އެއް ނޫނޭ
    ޢެގަންޖާ 19 އޭ ތިޔާ ?

    ޙަމަ އެލެކްސް ހެދިހައި ގޮތެއް ހަދަން ދިވެހީން ތިބޭނަންތޯ؟

    31
    1
  4. އަސްނާމް

    އެހެންވީމާ މިއޮތީ އާއިލީ ވެރިކަމެއްތާ.. ސަރުކާރުގެ އެތެރޭގައި މިހިނގަނީ މައުމޫނު ޒަމާނު އޮތްކަހަލަ އާއިލީ ކުރޯނިޒަމް ދޯ..އެމްޑީޕީގެ ޑިމޮކުރެސީ މިވީ ޖަމަލު ފޮޑިޔައް..

    30
  5. ޒަބީން

    ދެން ނައިބު ރައީސް ވަކިކޮއްފަ.. އިބޫ އިސްތިއުފާދިނީމަ ރައީސަކައް ނަޝީދު ވާނީ.. ދެން އީވާ އައް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން. އެހެން ނޫނީ.. ނަޝީދު މަޖިލީހުގެ ރައީސަކައް ހުރެ ބަރުަލަމާނީ އައް ބަދަލު ކުރުވާފަ ބޮޑުވަޒީރުގެ މަގާމައް އިސްވެގަންނާނީ. މިހިރީ ހައްތަހާވެސް ގޭމު ކުޅެވިދާނެ ގޮތްތަކެވެ. ތަރައްގީގަ ކޮޅުފައިންޖަހާފައި އިންޑިޔާގެ އުނގައްވެއްޓިގަނެ ދިވެހީން މިސަރުކާރުގެނައި ނަޝީދުއައް ވެރިކަމުގެ ޑައިނާސްޓީއެއް ފަށާދީފަ ކެނެރީގެއައް އަޅުވެތިވާންތޯއެވެ.

  6. ނިޒާމު

    ޔެސް މީ 100% އާއިލީ ވެރިކަމެއް ހީވަނީ އެއއޖިންސުން ކައިވެނިވެސް ފާސް ކުޜާނެހެން ..ހަޒާނާ ހުސްވާނެ، އެންމެނައް ބޯންދެވޭތޯ ފާސްކުރާނެ' ..އަލީ އާޒިމު މެދުހެންވޭރުން މިޑްރާމާގައި ބައިވެރި ވީމާ ވަރައް ބޮޑުއެއްޗެއް ލިބުން ކަމައްވަނީ..އަސްލަމައްވެސް.. ފޮރިވަހީދުގެ ވެސް ހުރި އެންމެ ލަދުހަޔާތްކުޑަ ބޯބެ މީނާއަކީ..އެތިކޯޅެއް ނުލިބިފަ ހުންނާނީ..ހިޔާނާތުގެވެސް ބޮޑުމީހެއް ފައިސާފޮތްޗެއް އަތައް ނާރައިގެން އަބަދުވެސްތެޅޭ މީހުން....އަމިއްލައައް ބޯބޮނޑި ދެންވެސް ދަރިންނޭ ވިސްނާތި..

  7. އިއްސޭ

    ކޮބާ މިހާރު ނައިބު ރައީސް..ދެން އަގަތެޒލިއަކަ ނުދޭނެ ކެވޭ އެއްޗެއް ކާލެވޭތޯ ދެން ބަލާނީ މިހާރު ގަޑި ޖެހެން ކާރިވަނީ..މަސައްކަތައް އަގެއް ކިޔާފަ ބޭރުވާން ތައްޔާރުވޭ..ގާސިމައް ހަރާންކޯރުވެފަ..

  8. ބޮއްބޮ

    މީވެސް އެހެން ބަޔަކު ކުރިކަމެއް ނަމަ މިމީހުންގެ ފުރައްސާރަޔާ މަލާމާތާ ހަޖޫކިޔުން ފިސާރި އޮތީސް.