ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިޓަސް މޯލްޑިވްސް އިން ފަލަސްތީނުގެ ޤުދުސްގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްސާގައި ފަލަސްތީނުގެ 500 މުސްލިމުންނަށް ރޯދަ ވީއްލުމެއް ދީފިއެވެ.
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ލިޓަސް އިން މި ރޯދަވީއްލުން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނީ، އެޤައުމުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މެދުވެރިކޮށެވެ.
މި ރޯދަ ވީއްލުން ކުރިޔަށް ދިޔައީ އިއްޔެ އިރުއޮއްސުނު ވަގުތު މަސްޖިދުލް އަޤްސާގެ ގޯތިތެރޭގައެވެ. މި މަންޒަރު ފެންނަ ފޮޓޯތައް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން ޖަމިއްޔާއިން މީސް މީޑިއާގައި ދައުރުކޮށްފައިވާއިރު، ގިނަ ބައެއްގެ ތައުރީފު އެ އެހީތެރިކަން ދިން ލިޓަސް އަށް ވަނީ ލިބިފައެވެ.
މިކަމާއި ގުޅޭގޮތުން ލިޓަސް އިން މިއަދު ބުނެފައިވަނީ، ފަލަސްތީނުގެ މުސްލިމުންނަށް އެ ކުންފުނިން ރޯދަވީއްލުމެއް ދިނީ އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް ކިތަންމެ ކުޑަ ކަމަކުންވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދެވޭނެކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އަދި ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ގިނަ ކުނފުނިތަކުންވެސް މިގޮތުގެ މަތީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިއުމަކީ އުންމީދެއް ކަމުގައި އާއި، މިއީ އެއް އުންމަތެއް ކަމަށް ލިޓަސް އިން ބުނެފައި ވެއެވެ.
ރާއްޖޭގެ އެކި ކުންފުނިތަކުންނާއި އާންމު ރައްޔިތުން މީގެ ކުރިންވެސް ފަލަސްތީނުގެ މުސްލިމް ރައްޔިތުންނަށް މިފަދަ އެހީތެރިކަން ފޯރުކޮށްދީ ދުނިޔެއަށް ނަމޫނާ ދައްކާފައިވެއެވެ. އެގޮތުން ދާދި ފަހުންވެސް ދިވެހިންގެ އެހީތެރިކަމާއެކު ފަލަސްތީނުގެ ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް ވަނީ ކާނާ އާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައެވެ.
ވަރަށް ސަޅި! ވަރަށް ހިތްހަމަޖެހިއްޖެ!
ﷲ ތަޢާލާ ތިޔަބައިމީހުންގެ މި ހެޔޮ ޢަމަލު ގަބޫލުކުރައްވައި، ތިޔަ ވިޔަފާރިއަށް އަދަށްވުރެ ފަހި މާދަމާއެއްދައްކަވައި، ހަލާލު ގޮތުގައި ވިޔަފާރިކޮށް ފާގަތި މުސްތަގްބަލެއް، ތިޔަ ކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް ދެއްވާނދޭވެ. އާމީން.
ދިވެހިންގެތެރޭގައި، ހެޔޮލަފާ ޞާލިޙް ﷲ ގެ ދީނުގައި ހޭދަކުރާ މީހުންލެއްވި ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޟްރަތަށް ހާސްހާސްފަށުން ޝުކުރުދަންނަވަން. އަލްޙަމްދުލިﷲ .
ލިޓަސް ވަރެއްނެތް!