ގއ. ވިލިނގިލީގައި ކަރަންޓު ފޯރުކޮށްދެމުން ދިޔަ މައި ޖަނަރޭޓަރެއް ހަލާކުވެ އެރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހަވީރު 5:15 އިން ފަށައިގެން އެރަށުން ވަނީ ކަރަންޓު ކެނޑިފައެވެ.
ވިލިނގިލިން "ވަގުތު" އަށް މަޢުލޫމާތު ދިން ފަރާތަކުން ބުނިގޮތުގައި މިއަދު ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ އެރަށުގައި ބޭނުންކުރަމުން ދިޔަ އެންމެ ބޮޑު ޖަނަރޭޓަރުގެ "ބޮޑީ" ފަޅައިގެން ގޮސްގެންނެވެ.
މިކަމާއި ގުޅިގެން، މިހާރު ހިނގަމުންދާ ޖަނަރޭޓަރުތައް ބޭނުންކޮށްގެން ބައެއް ސަރަޙައްދުތަކަށް ދޭތެރެ ދޭތެރެއިން ކަރަންޓު ފޯރުކޮށްދެމުންދާ ކަމަށާއި، ނަމަވެސް މިގޮތަށް ކަރަންޓު ދޭތީ ކަރަންޓުން ބޭނުންކުރާ ތަކެއްޗަށް ގެއްލުން ލިބެމުންދާތީ ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް އޭނާ ބުންޏެވެ.
ޖަނަރޭޓަރެއް ހަލާކުވެ މިއަދު ހަވީރުން ފަށައިގެން ވިލިނގިލިން ކަރަންޓު ކެނޑެމުންދާއިރު، އެރަށު އިންޖީނުގެއިން ބުނެފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލަ ޙައްލުވާނެ ދުވަހެއް ނޭނގޭ ކަމަށެވެ.
ގއ. ވިލިނގިއްޔަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ގިނަ ހިސާބުތަކުގައި ފެނަކައިން ހިންގާ އިންޖީނުތަކަށް މައްސަލަ ދިމާވެ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑެމުންދާ މައްސަލަ ވަނީ ބޮޑުވެފައެވެ.
-އިތުރު ތަފްސީލު އަންނަނީ-
މޮޅު ސަރުކާރު
ކޮބައި އެގެންޑާ 19
މިހާރު ކަނުއަނދިރީގަ ރައްޔިތުންތިއްބަސް ޒިއްމާވާންޖެހޭ ފަރާތެއް ހުހުއްނާނެ ޒިއްމާވާންޖެހޭނީ ހަލާކުވި ޖަނޭޱަރު!!
މިހާތަނަށް ބެލި ބެލުމުން ފާހަގަވި ގޮތުގައި ޖަނަރޭޓަރަށް މައްސަލަ ދިމާވީ ޖަނަރޭޓަރުގެ މައްސަލައަކުންނެވެ. ޖަނަރޭޓަރު ވިލިނގިލީގަ ނެތްނަމަ ވިލިނގިއްޔަކުން ޖަނަރޭޓަރުގެ މައްސަލައެއް ނުޖެހޭނެއެވެ. ފެނަކައެއް އޮތެއްކަމަކު މައްސަލަޖެހުނީ ފެނަކައިގައެއް ނޫނެވެ. މައްސަލަޖެހުނީ ޖަނަރޭޓަރުގައެވެ. އެހެންކަމުން މިކަމުގެ ފުރިހަމަ ޒިންމާ ޖަނަރޭޓަރު އަމިއްލައަށް ނަގަން އެބަޖެހެއެވެ. ރަނގަޅު ވާހަަކައެކެވެ. އެޖެންޑާ 19 ވަރަށް ތަފާތެވެ. ދެން ޝުކުރިއްޔާއެވެ.
ދެން ބާރަށް އަތްޖަހާ
ހެޔޮ ކޮންމެ ގޮތެއް ވިޔަސް. ކަނު އަނދިރީގައި ތިބެގެން ވެސް ބޭނުން ވަނީ އެން. ޑީޕީ. ޔާމީން ހުރިނަމަ ވަގަށް ތަނަކުން ޖަނަރޭޓަރެއް ގެނެސްގެންވެސް ރައްޔިތުން އަނދިރީގައި ނުބައިތިއްބާނެ. އެ ކަލޭގެ ބޭނުމެއް ނޫން. ބޭނުމީ ޖަޒީރާ. މިގޮތަށް ކަނު އަނދިރީގައި އަހަރުމެން ގެ ޖަޒީރާވަންތަ ކާބަފައިން ވެސް އުޅުނީ. އެޖެންޑާ 19 ހަބޭސް.
ތިވާނި ވިލިނގިލި މީހުން ހަލާކު ކޮށްލީކަމަށް.
ބަލަބަލަ 100% ވޯޓުދިންމީހުންވެސް އަނދިރީގައި ތިބެން ޖެހޭތަ....؟ މިހާރު އެނގޭދޯ ރައީސް ޔާމީންގެ ޚިދުމަތުގެ ފުރިހަމަކަން. ދެންތިބޭ އަނދިރީގައި ބާރަށް އަތްޖަހަން ސޯލިހުއާއި އަންނިޔާ ދެމީހުން އައު ޖެނެރޭޓަރެއް ކޮނޑު އަޅައިގެން އަންނަންދެން......!!!
ތި ވާނީ ޔާމީނު ކުރި ކަމެއްކަމަށް. މި 5 އަހަރު ތެރޭ ލާހިކެއްނޫން ކަމެއްގޯސްވާ ވާހަކަ ދައްކަން. ހަމަ ކަމެއް ގޯސްވީ ،އެއީ ޔާމީނު. ޖަޒީރާ
ޖަނަރޭޓަރު ފަދަ އެއްޗިއްސަކީ އިންޑިޔާއިން ފަސޭހައިން ލިބޭނެ އެއްޗެއްނޫނެވެ. ތި އެންމެ ފަސޭހައިން ލިބޭނީ ޗައިނާއިންނެވެ. ތަރައްޤީގައި އިންޑިޔާއަށްވުރެ ޗައިނާ މުހިއްމުވީ މިހެންވީމައެވެ. އަދި ކުރިޔަށް 4 އަހަރާއި ބައި އެބަ އޮތެވެ. ޗައިނާ ދުރުކުރީމާ ނިކަން ރީތި ގޮތަކަށް އެކަމުގެ ހިތި މިފަހަރު ފެންނާނެއެވެ.
"ކަލާންގެ ސަފުން ބަދަލު ނުކުރައްވަތޭ ޤަވްމެއްގެ ޙާލާތެއް ނުވާނަމަ ޤަވްމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް" އެންމެމަތީ ގިޔަރުގައި ކުރިއަރަމުންދިޔަ މިޤަވްމު ފަހަތަށް ސޮއްސުވާލި ދިވެހިންނަށް އަދި ކުރިޔަށްއޮތްތަނުގައި ހިތި ފެންނަމުންދާނެއެވެ.
ފެނަކައިން މިއަދު ވިދާޅުވާނީ ކީކޭބާ؟ ގއ. ވިލިނގިލިން ކަރަންޓް ކަނޑަމުންދަނީ ރައްޔިތުންގެ މައްސަލައަކުންނޭ ވިދާޅުވާނެ ބާ؟ މިހެން މިދަންވަންޖެހުނީ ވިލިނގިލީ ގެތަކުގެ އަގުބޮޑު މުދަލަށް ގެއްލުންވަމުންދާ ވާހަކަ އިވެމުންދާއިރު، ހަމަ މިގޮތަށް ށ. ފީވަކުގައިވެސް ކަރަންޓް ކަނޑަމުން ގެންދާތީވެ އެރަށުގެ ގެތަކުންވެސް އެތަކެއް ކަރަންޓް ސާމާނެއް ހަލާކުވިކަމުގެ މަޢުލޫމާތު ލިބިފައިވާއިރު ފީވަކު ރައްޔިތުންވެސް އެގޮތަށް ކަރަންޓް ދޭން ބޭނުން ނުވާތީ އިޙްތިޖާޖު ކުރިއިރު ފެނަކައިވެސް ރަނގަޅަށް ބަޔާންތަށް ނެރުން ބުއްދިވެރި )
ބޮޑުހުޅު ސަރުކާރު ހުރިހާކަމެއްވެސް ދާނީދަށަށް
ބަލަކަލޭމެން ވޯޓު ދިނީ ޒަޖީރާ ރާއްޖެގެ ސިޔާސަތަށް، ޒަޖީރާ ރާއްޖެއެއްގައި ކަރަންޓް ބޭނުމެއްނުވާނެ.ފުޅި ބައްތި ދިއްލައިގެން ތިބޭ ތެހެލާނު ކުދިން........ހުންނާނީ ރާކަނި މަސްކެވިފަ.
މިދެން ބޮޑުވަރު ގ.ދ ގައްދޫއިން ކަރަންޓު ދަނީ ކުއްލި ކުއްލި އައް ނުވެސް އެނގި ހުއްޓާ ގޮސް ދާނެ ދެމަސްވީ މިކަހަލަ ހާލެއްގައި އުޅޭތާ ރޯދަމަހުގެ ހަވީރު ވެސް ދޭ ވަރައް ގިނައިން ކެނޑޭ މިވާހަކަ ދައްކާނެ މީހަކު ގައްދުވަކު ނެތް ފެނަކައިން މި މައުލޫމާތު ސާފު ކޮށްފަ ނޫހުގަ ޖަހަން ވީ ނުން 3 ޖަނަރޭޓަރު ހުރީ 1 ހަލާކުވެފަ 2 އެއްފަހަރާ ހިން ގަންޖެހެނީ މާބޮޑައް ލޯޑު ހިފާއިރައް ޓެންޕަރޭޗާ އަރާފަ ނިއްވާލަނީ
ތިތިބީ އަލަކެވިފަ މީ ޖަޒީރާ ކަރަންޓެއް ބޭނުމެއް ނުވާނެ ދެން ހުރިހާ ތެހެލާނަ ތައް އަތްޖަހަން ތިބޭ. ބާރައް ކުރިއައް
ކަރަންޓު ބިލުކުޑަކިރަން އިބޫ ގެ ވައުދު
ރައްޔަތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތް ތައްމެދުކެޑި ގިނަދުވަސްވަމުންދާއިރު އެކަން މިހާރު ރާއްޖެޓީވީ އަކަށްނޭގޭ. ޢެއީދޯ ބައެއް ޗެނެލްތަކުގަ މަސައްކަތްކުރާ ރިޕޯރޓަރުންނާ ޖާނަލިސްޓުން އަދި ރިޕޯރޓް ގެންނަމީހުން ވިކިފަތިބޭވަރަކީ. މީޑިޔާގެ މިނިވަންކަން ބޭނުންކުރެވެނީ ކިހާރަގަޅަކައްބައި؟ ފިތުނައުފައްދަން.