ފުލުހުން ތަހުޤީޤު ކުރާ މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީ ފޭދޫ މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި މީހާ ހޯދަމުން ދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލަ އާއި ގުޅިގެން ހޯދަމުން ދަނީ، ސ. ފޭދޫ، އުޖާލާގޭ މުޙައްމަދު ޢިމާދު އަޙްމަދު ނަމަކަށްކިޔާ އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ވީމާ މުޙައްމަދު ޢިމާދު އަޙްމަދާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ޙިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.