ކުރީގެ ރައީސް މުހައްމަދު ނަޝީދު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރުމުން ކޯލިޝަންގެ ލީޑަރުން މަރުޙަބާ ވިދާޅުނުވާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް، ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ނަޝީދަށް މަރުހަބާ ދަންނަވައި މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ވުމުން މަރުހަބާ ދަންނަވާ ކަމަށާއި ރައްޔުތުންގެ ހެވާއި ލާބައައްޓަކައި މަސްއޫލިޔަތު އަދާ ކުރުމުގައި ކާމިޔާބީ އަށް އެދޭކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ނަޝީދު އިންތިހާބު ވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ނަޝީދަށް މަރުޙަބާ ވިދާޅުވެ ޓްވީޓެއް ވެސް ކުރައްވާފައެއް ނުވެއެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަންނަވަން ވެގެން ކޯލިޝަންގެ ބައިވެރިންނާއި އެކު ސޮއި ކުރި އެއްބަސްވުން ބުނާ ގޮތުން އެމްޑީޕީ ވެރިކަމުގައި އޮންނަ އިރު ރައްޔިތުން މަޖިލީހުގެ ރައީސް ކަން ކުރާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ. އެއެއްބަސްވުމުގެ ދަށުން މިދިޔަ ނޮވެމްބަރ މަހު މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބު ކުރިއެވެ.

ނަޝީދު ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ގާސިމް އިބްރާހިމާއި ވާދަކުރައްވައިގެންނެވެ.

ކޯލިޝަންގެ ސްލޮޓްތަކުގައި ސިޔާސީ މަގާމުތައް ފުރުއްވާ ބޭފުޅުން ދެމިތިއްބެވި ނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ފަހު ކޯލިޝަންގެ އެންމެ ބޮޑު ދެ ބައިވެރިން ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ގުޅުން ވަނީ ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒަރީނާ

    މީނައަކީ އެނޫންގޮތެއް ނެތް މީހެކެވެ. ފަތުފޮޅިދަށުލީ ފަތަށްވެގެން ހުރުންނޫންގޮތެއް މީނައަކަށް ނޯންނާނެއެވެ. އަމިއްލަ އެދުމާގެން އުޅެންހަދައިގެން ހުރިހާ ދިމާލަކުން ފެއިލްވީމާ ކޮޅަށްހުރެވޭނީ ކޮޅަށްހުރި އެއްޗެއްގައި ހިފަހައްޓައިގެންނެވެ.

  2. ރައްޔިތުން

    ކީއްކުރާ ކޯލިޝަނެއްް

    4
    1
  3. ޢަލީ ހަމީދު

    އަހަރެންގެ މަސައްކަތަކީ ބަޔަކު ބެރެއްޖަހަނީނަމަ އެޔަކައް ލަވައެއް ކިޔާފަ ނެށުން..

  4. ދދ

    މަޖިލީހަށް ނަޝީދުލައިގެން ރައްޔިތުންނަށް ލިބޭނެ
    އެއްވެސް ފައިދާއެއް ނެތެވެ އެކަން ގަބޫލް ނުކުރާމީހުންނަށް ހަގީގަތް ހަމަވާން ދުވަސް ނަގާނެއެވެ.

    12
    1
  5. ޖިހާ

    ޒަރީނާ އެކޮއި ތިޔާ ބުނީ ހަމަ ތެދެއް. މި ބެއަކަށް ނެތް ކޮޅަށް ހުރެވެންވެސް އަމިއްލަ ބާރުގަ.