މަޖިލީހުގެ އެންމެ މުހިއްމު މަސައްކަތަކަށް ވާންވާނީ ސަރުކާރު ޖަވާބުދާރީ ކުރުމާއި މިނިވަން މުވައްސަސާތަކުގެ ހިނގުން ރަނގަޅު ކުރުން ކަމަށާއި، މިނިސްޓަރުން މަޖިލީހަށް ގެނެސް ސުވާލުކުރެވޭނެ ފަސޭހަ ނިޒާމެއް އޮންނަންޖެހޭކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރިޔާޒު މިހެން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“މި މަޖިލީހުގެ އެންމެ މުހިއްމު މަސައްކަތަކަށް ވާންވާނީ ސަރުކާރު ޖަވާބުދާރީ ކުރުން. މިނިސްޓަރުން ގެނެސް ސުވާލުކުރުން. އަދި މީގެ އިތުރުން މިނިވަން މުއައްސަސާތައް ހަރުދަނާކޮށް އެތަންތަނުގެ ހިނގުން ރަނގަޅުކުރުން.” ރިޔާޒު ވިދާޅުވިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ފެނިގެންދާނީ ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ކަމަށްވެސް އަބްދުﷲ ރިޔާޒް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

“ރައްޔިތުންނަށް ނަޒާހަތްތެރި ދިރިއުޅުމެއް ހޯދައިދިނުމާއި، ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައިދިނުމާއި މިހަކަލަ ވަޢުދުތަކެއް ހުރީ. އެހެންވީމަ އެ ވަޢުދުތައް ފުރަތަމަ ފުރިހަމަ ކުރަންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އަޅުގަނޑުވެސް ޤަބޫލުކުރަން މިހާރު ރާއްޖޭގައި އޮތް ސިސްޓަމުގެ ސަބަބުން، އަދި މަޖިލީހުން ނަގާފައި ހުރި ބައެއް ބާރުތަކުގެ ސަބަބުން ސަރުކާރު ހިންގުމަށް ދަތިތަކެއް އެބަހުރި. އެކަންކަން އެބަ ޖެހޭ ފުރިހަމަ ރިޔާސީ ނިޒާމެއްގައި އޮންނަ ގޮތަށް ބަދަލުކުރަން. އެ ބާރުތައް ސަރުކާރަށް ދޫކުރަންވެސް އަޅުގަނޑުގެ މައްސަލައެއް ނެތް." މީގެ ކުރިން ރިޔާޒު ވަނީ


ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަނގަޅު

    ރިޔާޒު އަކީ ހުރިހާ ޕާޓީއަކާއި ގުޅޭ ވަކިހަމައެއް ޤަބޫލުކުރާ މީހެއް..އެންޑީޕީ އަށް ސޮއިކުރަން ކިހިނެތް ވާނެ

  2. ބަޢާވާތް

    ހަމައެކަނި މިނިސްޓަރުން ތޯ؟ ކޮބާ ކުންފުނިތަކުގެ ވެރިން؟ އެބައިމީހުންވެސް ޚާޟިރުކުރެވެން ޖެހޭ. ކުންފުނިތައް ދަރުވާލާފަ ކޮންމެ މީހަކު ދަނީ.