ބަންގްލަދޭޝްގައި ކިޔަވަން ހުއްޓާ މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރާއި ގުޅޭ ގޮތުން ބަންގްލަދޭޝް ފުލުހުން ކުރިއަށް ގެންދިޔަ ތަޙްޤީޤުގެ ފައިނަލް ރިޕޯޓް މިއަދު ރާޖްޝާހީގެ ކޯޓަށް ހުށަހަޅައިފިއެވެ.

ރައުދާގެ މަރުގެ ތަޙްޤީޤަށް ފާހަގަ ކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓް ކޯޓަށް ހުށަހެޅުމަށް ފަހު ފުލުހުންގެ އިނިސްޕެކްޓަރ ސައިދުރް ރަހުމާން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައުދާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ކަމަށެވެ.

ރައުދާ މަރުވާން ދިމާވި ސަބަބަކީ ރައުދާގެ ލޯބިވެރިޔާ ރައުދާ އަށް ބޭވަފާތެރިވުން ކަމަށް ވެސް ތަޙްޤީޤަށް ލިބުނު ހެކިތަކުގެ މައްޗަށް ބިނާކޮށް ފައިނަލް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރައުދާ މަރުވުމުގެ ގަޑިއެއްހާއިރު ކުރިން އޭނާގެ ލޯބިވެރިޔާ އަށް "ވަޓްސްއެޕް" އިން މެސެޖެއް ފޮނުވާފައި ވެއެވެ. އެމެސެޖްގައި ރައުދާ ބުނެފައި ވަނީ "އަހަރެން މަރާލީ ކަލޭ" ކަމަށެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރައުދާގެ ލޯބިވެރިޔަކީ ދިވެއްސެއް ކަމަށްވާ ޝާހީ ޣަނީ ކަމަށެވެ. ޝާހީ މިހާރު ގެންދަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ތައުލީމް ހާސިލް ކުރަމުން ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރައުދާ އާއި ޝާހީ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ހަތަރު މަހެއްހާ ދުވަހު އެވެ. އެދެމީހުން ވަނީ އިންޑިއާގައި ދެހަފްތާއެއްހާ ދުވަހު އެކުގައި އުޅެފައި ކަމަށް ރައުދާގެ ފޯނާއި ލެޕްޓޮޕްގެ މައުލޫމާތުތައް ވެސް ދިރާސާ ކޮށްގެން ކުރިއަށް ގެންދިޔަ ތަޙްޤީޤު ރިޕޯޓްގައި ވެއެވެ.

ރިޕޯޓް ބުނާ ގޮތުން ތަޙްޤީޤުގައި ފުލުހުން ވަނީ ރައުދާ އާއި ޝާހީ ވަޓްސްއެޕް އާއި ފޭސްބުކް އިން ދައްކާފައި ހުރި ވާހަކަތައް ހިމެނޭ 17000 ޞަފްހާގެ މެސެޖް ދިރާސާ ކޮށްފައެވެ.

ރިޕޯޓް ބުނާ ގޮތުން ރައުދާ މަރުވި ރޭ ރައުދާ އަށް ވަނީ ޝާހީ އޭނާ އަށް ބޭވަފާތެރިވަމުންދާ ކަން އެނގިފައެވެ. އެކަން ރައުދާ އަށް އެނގުނީ ފޭސްބުކް މެސެޖްތަކެއް ފެނިގެންނެވެ.

ރައުދާގެ ކޮޓަރިން ފުލުހުންނަށް ވަނީ މީދާ މެރުމަށް ބޭނުން ކުރާ ބޭހެއް ވެސް ފެނިފައެވެ. ނަމަވެސް ރައުދާ އެބޭސް ބޭނުން ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މަރުވި ރޭ ރައުދާ ޝާހީ އަށް ކުރި އެއް މެސެޖްގައި ބުނެފައި ވަނީ "އަހަރެން ހަމައެކަނި ލޯބިވީ ޝާހީ ދެކެ. އެކަމަކު ޝާހީ އަހަރެންދެކެ ލޯތްބެއް ނުވި. ތިއީ ވަރަށް ނުލަފާ މީހެއް. އަހަރެންނަށް ވަރަށް ބޮޑު ހިތާމައެއް ދީފިން. އަހަރެންގެ ހަޔާތުގައި ދެން ބާކީ އެއްވެސް އެއްޗެއް ނެތް. މިއަދު އަހަރެން އެއްވެސް އަގެއް ނެތް މީހަކަށް ވެއްޖެ. އަހަރެންނަށް މިހާރު ވެސް އިހްސާސް ކުރެވެނީ އަހަރެން މަރުވެއްޖެ ކަމަށް."

ރައުދާ މަރުވީ ލޯބިވެރިޔާ ބޭވަފާތެރިވުމުން ކަމަށް ބަންގްލަދޭޝް ފުލުހުން ނިންމި ނަމަވެސް މިމައްސަލައިގައި ރައުދާގެ ލޯބިވެރިޔާ އާއި ފުލުހުން ސުވާލުކޮށް އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައެއް ނުވެއެވެ. އެއީ އޭނާ އަކީ ބަންގްލަދޭޝްގެ ރައްޔިތަކަށް ނުވާތީ އާއި އޭނާ ބަންގްލަދޭޝްގައި ދިރިވެސް ނޫޅޭތީއެވެ.

ރައުދާ އާއި އެކު ކިޔަވަން އުޅުނު ކުއްޖެއްގެ މައްޗަށް ރައުދާގެ ބައްޕަ ޑރ.އާތިފް ތުހުމަތުތަކެއް ކުރި ނަމަވެސް ބަންގްލަދޭޝް ފުލުހުން ތައްޔާރު ކުރި ރިޕޯޓްގައި ބުނީ އެއަންހެން ކުއްޖާގެ އެއްވެސް ކުށެއް ނެތް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ ވަރުގެ ހެއްކެތް ފެންނަން ނެތް ކަމަށެވެ.

ރައުދާގެ މަރާއި ގުޅިގެން ތައްޔާރު ކުރި ރިޕޯޓް ކޯޓަށް ހުށަހަޅާފައި ވާއިރު ވަރަށް އަވަހަށް މިމައްސަލައިގައި ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ބެލެވެއެވެ. ދެން މައްސަލަ ކުރިއަށް ދާނެ ގޮތެއް އެނގޭނީ ޝަރީއަތުގެ އަޑުއެހުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. އެފަކީރު

  ތީ އެފަކީރު ދަންޖެއްސުވި މީހުން ހަދާފަ އޮތް ރިޕޯޓަކަށްވެސް ވެދާނެ.

  62
  33
 2. ނަޖާ

  ދެން މި ކުއްޖާގެ ބައްޕަ މިކިޔަނީ ކީކޭ. މަރްހޫމް އަފްރާޝީމްގެ މަރާވެސް އެބަ ގުޅުވަ. އަޖައިބެއްކަހަލަ ކަންތައް ހިނގާ ވެރިކަމެއް މިނޫނީ ނުދެކެން.

  89
  3
 3. މަނިކު

  ރައްޓެހި ވެގެން އުޅުނީ އެންމެ 4 މަސް ދުވަހު.. އޭގެ ތެރެއިން 2 ހަފުތާ އެކީގައި.. އެއަށް ފަހު، މި ބޭވަފާ ވުމުން މި މެސެޖުކުރަނީ "...މިއަދު އަހަރެން އެއްވެސް އަގެއް ނެތް މީހަކަށް ވެއްޖެ." އޭ ބުނެ.. އޭނާގެ އަގުވެއްޓުނީ ކީއްވެބާ.. އަގު ވެއްޓޭކަމަކަށް ވީ ކޮންކަމެއް ބާ؟ ހަމަ ހިތަށް އަރަނީ، އޮޓޮޕްސީ ހަދާއިރު ބަލާފައިވޭބާ އޭ އެފަދަ ކަމެއް ހިނގާފައިވޭތޯ..

  90
  5
  • އަލީ

   ފުރަތަމަ ހެދި ފޭކުރިޕޯޓެއް.އެރިޕޯޓާއިއެކު ހެކީގަ ގޮތުގަ ކޯޓަށް ހުށަހަޅަންޖެހޭ އެކްސްރޭ ސީޓީ ސްކޭން ޕެތޮލެޖީ ޑީއެންއޭ އަދި ދަންޖެހެން ބޭނުންކުރި ކަމަށް ބުނާސުކާފުން ފެންނަން ޖެހޭ ޕެތޯލޮޖީ ޓެއްޓުވެސް ނުވެސް ހަދާ ހުށަވެސް ނާޅާ.މަރާލިކަމުގެ ހެކި ކޮލެޖުގެ 2 ފޮރެންސިކު ޑޮކްޓަރުން އޯޓޮޕްސީ ތީމުގަ ހިމަނާ ހެކިނައްތާލީ.ސަރުކާރުގެ ހޮސްޕިޓަލުން ޓީމުގަ ހިމެނުނު ޑޮކްޓަރުއަށް 1 ލައްކަ ޓާކާ ރިސްވަތު ދޮގުރިޕޯޓް ތައްޔާރުކުރަން ދިންކަމަށް ވަނީ ޑރ.އާތިފްގެ ލޯޔަރު ކަމްރުލް މުނީރަށް އެގިފަ.ފަންކަލުގަ އެބުނާ ސްކާފް އެއްސުމުން ކޮޓަރީގެ ފްލޯއާދެމެދު މީހަކު ދަންޖެހޭނޭ ފަދަ އުސްމިނެއްވެސް ނެތް.

   20
   16
   • މާ އެނގެނީ އަލީ އަށް

    ޢަލީ އެވެ. ދަން ޖެހޭކަށް ވަކި މިނެއް ނޯންނާނެއެވެ . ފަންކާ އާއި ތަޅުންގަނޑާއި ދެމެދުގައި 1 ފޫޓު ހުރި ނަމަވެސް ދަން ޖެހެވިދާނެ އެވެ. ޢަލީ އަށް މާބޮޑަށް އެނގެނީއެވެ.

    3
    4
 4. 3ނިރު

  ރިޕޯޓް ވަރަށްސަޅި އެންމެމޮޅަށް ދެނެވޮޑިގެންވާނީ الله ތިކަމުން ކުރަން އޮތްކަމަކީ ރައުދާޔަށް ހިޔޮدعاء ކޮއްދިނުން އަމިއްލަޔަށް މަރުވިކަމެއްނޭންގޭތި ހިޔޮ دعاء ކުރަންޖެހެނީ އަމިއްލަޔަށް މަރުވިކަން އެނގޭނަމަ ހިޔޮ دعاء ކުރުމެއްނެތް އެއީ ކުފުރު މަރަކަށްވާތީ

  63
  6
 5. ޢަފީ

  އެއޮތީ ނޫންތޯ ބުނެފަ މަރުވީ އަމިއްލަ އަށް ކަން ސާބިތުވެޔޭ..މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ.

  30
  1
 6. އަލިބެއްޔާ

  ރައުދާގެ މަންމައަށް ކެއްތެރިކަން ދެއްވާށި.

  41
  2
 7. ސައިބޯނި

  ފޭކު ރިޕޯޓް،، ކާކު ގަބޫލް ކުރާނީ ތިކަހަލަ ހޮޅި ރިޕޯޓްތައް އެކުއްޖާ ހަމަ މަރާލީ މިކަމުގެ ހަޤީޤަތް އެނގޭނީ ކަމިޝަންތަކުގެ މައްސަލަތައް ނިމުމުން..

  11
  25
 8. ޢިންޓެލް

  ޢިނގޭ އެއްޗަކީ އަފްރާސީމް ސަޙީދުކުރި އަދި ބައިވެރިވި އެންމެން ގާނުނުގެ ކުރިމައްޗައް ﷲ އިރާދަކުރެއްވިއްޔާ ގެނެވޭނެ ކަން، ފިލާނުތިބެވޭނެ

  22
  3
 9. ނަޖްވާ

  މި އުޅޭ ޅަ ފުރައިގެ ކުދިންނަށް ވީ އިމޯސަނަލީ އިސްޓްރޯންގ ވާން ދަސް ކޮށްދޭކަންނު! ހަމަ ލޯބި ވެރިޔާ ބޭ ވަފާތެރި ވިއްޔޭ ކިޔާފަ، ނު ޖެހޭ ދޯ އަމިއްލަ ފުރާނަ ދުއްވާލާކަށް! ބެލެވެނީ ރައުދާ އަކީ ބްރޯކަން ފެމިލީ އަކުން އައިއްސަ ހުރި ކުއްޖަކަށް ވުމާއި އެކު، ސާހީ ޣަނީ ކަހަލަ މުއްސަދި އާއިލާ އަކުން އައިއްސަ ހުރި ކުއްޖަކާ ގުޅިގެން ދެމީހުން އެކުގަ ދިރިއުޅެން ނިންމައިގެން ހުރިހާ އަހުދު ކަށަވަރު ކުރުމަށް ފަހު މިކަހަލަ ކަމެއް ދިމާ ވީމަ، އެ ކަން ތަހަންމަލް ނުކުރެވުނީ ކަމަށް!

  36
  7
  • ސަނާ

   ޢީމާންތެތިކަން ކުޑައީ އެހެން ނޫންނަމަ ކަމަކާ ދެރަވެއްޖެ ނަމަ ﷲގެމަތިންހަނދާން ކޮށް ދުޢާކުރާނީ އެކަމަކުންސަލާމަތް ކުރައްވާތޯ މޮޅަށް ދެންެވޮޑިގެންވާނީ ﷲ

   27
   6
 10. ށަޒަން

  ނަޖާ އަޅެތީ މިވެރިކަމާ ހިތާވެގެންއުޅޭ މީހެއްތަ ބަލަ އެބުނަނީ ރައުދާއަށް އަފްރާސިމް ގެ މަރުގެ ކަންތައް އެގޭތީވެ ގަސްދުގައި ބަޔަކު އޭނާ މަރާލީ ކަމަށް އެހެންވެދާނެ ވޭތުވެދިޔަ ސަރުކާރަކީ އެތައްބައެއްގެ މަރުގެ ތުހުމަތު ކުރެވޭ ބައެއް އެކަން ބަލާނެ ކޮމިޝަނުން ... ރައުދާއަށް އެކަން އެގެނީ އޭނާ ސެނަހިޔާގައި ވަޒީފާއަދާކުރި އިރު ދިމާވި ކަންތައްތަކަކުން ދެން އެގިދާނެތާ ތަހްގީގް ކުރީމަ

  12
  7
 11. ހަސަން

  އޭނާ މަރާލީ ހަމަ ބަންގާޅު ކޮލެޖް ބޮޑުން ބުނެގެން ބަންގާޅު ސަރުކާރުގެ ބާރުގަދަ ފަރާތަކުން .. ވެދާނެ ޝޭހް ހަސީނާ ގުޅުން ހުރި މީހަކަށްވެސް

  11
  5
 12. އާބިދާ

  ޝާހީ ޣަނީއަކީ އަންނި ފެމިލީ ކުއްޖެއް. އީވާމެންނަށް އިނގޭނެ

 13. ސޮއްބު

  ކަޅި ރީތި އަހުލާގު ހަޑި. އެއްވެސް ކަހަލަ އީމާންތެރި ކަމެއް ނެތް އަންހެނެއް. ރައުދާގެ ބައްޕަ އާއި އަމާ ފެއިލް ޝުކުރިއްޔާ

  16
  10
 14. ޢަދުރޭ

  ތަޙުގީގީ އިދާރާއަކުން ތައްޔާރުކޮށްފަ އޮތް ރިޕޯޓެއް ހެނެއް ހިއެއްނުވޭ . ތިކަހަލަ ރިޕޯޓެއް ތައްޔާރުކުރެވިދާނެ ކޮންމެ މީހަކަށްވެސް . ތި ރިޕޯޓުން ސާބިތު ކުރެވުނު ހަމައެކަނި ކަމަކީ ރަޢުދާ މަރުވެފަވާކަން . ކީއްވެގެން ކަމެއް މަރުވީ ކޮންހެނެއް ކަމެއް މަރުވީ. މިދެކަންތަކުގެ އަޑިއަށް ފީނާ ހޯދިފައެއް ނެތް . ރާއްޖޭގެ މަރުކަމިޝަން ވެސް މިހާރު ތިއަށްވުރެ ފެންވަރު ރަނގަޅު

  8
  3
 15. ކަމަނާ

  މިހާރު ވާނުވާއެއް ވެސް ނޭންގެ!!އެކިފަހަރު އެކި އެއްޗެހި ވިއްޔަ ކިޔަނީ...އެންމެ މޮޅަށް ދެނެވޮޑި ގަންނަވާނީ މާތް ރަސްކަލާންގެ....

 16. ރެކިފުތާ

  ރަށްޓެހިވެގެން އެއްކޮށް އުޅެވުނީ އެއްމެ 2 ހަފްތާ. އެއިއަކީ ދަންޖެހިގެން އަމިއްލަޔަށް މަރުވާންޖެހޭވަރުގެ ކަމެއްކަމެއްތަ. ރައްޓެހިވުމާއި ރުޅިވުން، އިނުމާއި ވަރިކުރުމަކީ ދުނިޔޭގައި އުޅޭއިރު ކުރިމަތިވާނެ ކަންކަން. އެމީހަކު ރުޅިވާން، ވަރިކުރަން ބޭނުންވީމަ ކުރަނީ. މީގައި އަނެއްމީހާގެ އެއްވެސް ބާރެއް ނޯންނާނެ.