ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރުގެ މަގާމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރުކަމަށް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ހަމަޖައްސަވައިފިއެވެ.
ޖޭޕީގެ ޕީޖީ ލީޑަރާއި، ނާއިބް ލީޑަރު ހަމަޖައްސަވާފައިވަނީ މިއަދު ބޭއްވި ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގަައި ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރުގެ މަގާމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރުކަމަށް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ހަމަޖައްސަވާފައިވަނީ ޕީޖީ ގުރޫޕުގެ އިއްތިފާގުންނެވެ.
މިދައުރުގައި ރައްޔިތުން މަޖިލީހުގައި ތިއްބަވާނީ ޖޭޕީގެ ފަސް މެންބަރުންނެވެ. އެއީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނާއި، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ.
ނިމިގެން ދިޔަ ދައުރުގައި ޖޭޕީގެ ޕީޖީ ލީޑަރުކަމާއި ކޯލިޝަންގެ ޕީޖީ ލީޑަރުކަން ކުރެއްވި ރިޔާޒް މިފަހަރު ޖޭޕީގެ ޕީޖީ ގްރޫޕްގެ މަގާމަކަށް އައްޔަން ކޮށްފައެއް ނުވެއެވެ.
ރިޔާޒު ބާކީކޮށްލީދޯ އެންމެ ބޮޑަށް ޤާނޫނު އެނގޭ އަލީ ޙުސައިން އާއި ދެމީހުން
އަބުދުﷲ ރިޔާޒް އާއި އަލީ ހުސެން އަށް ގޮވާލަން ތިޔަ ޖޭޕީ އިން ވަކިވުމަށް. ތަންދޮރު ފިލާފަ ހުރި މީހަކަށް ތިޔަތާކުން ފުރުސަތެއް ނުލިބޭނެ. ލީޑަރަކަށް ހުރީ ގަމާރެއް، ގަމާރަކަށް ކަމުދާނީ އޭނަ ކަހަލަ ގަމާރުން.