ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސަސް އިން މިއަދު ބުނެފި އެވެ.

މި ޙުކުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ ސަބަބުން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ.

ކަރެކްޝަނަލް ސާވިސަސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓްގެ ހުރުމަށް ކެނޑި މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެއް އަދިވެސް އެބަ އޮތް ކަމަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، ކަރެކްޝަންސް އިން އަމަލު ކުރާ އާންމު އުސޫލަކީ ގިނަ ހުކުމްތަކެއްގައި ޖަލަށް ލާފައި ތިބޭ މީހުންގެ އެއް ހުކުމް ބާތިލް ކުރުމުން ދެން އޮންނަ ހުކުމް ތަންފީޒު ކުރުން ކަމަށެވެ.

"އެ އުސޫލުން އަދީބުގެ އަދި އެބަ އޮތް އެއް ހުކުމް ތަންފީޒު ނުވެސް ކޮށް އޮތް. އެއީ ކޯޓްގެ ހުރުމަށް ކަނޑައިގެން އިއްވިފާފައިވާ 15 ދުވަހުގެ ހުކުމެއް. އެ ހުކުމް ތަންފީޒު ކުރުން ފެށިފައި އެ ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އަބީދު މިވަގުތު ހުންނެވީ ގޭގައެވެ. އަހްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ހިޔާނާތުގެ ޙުކުމް މިއަދު ހައި ކޯޓުން ބާޠިލް ކުރުމާއި ގުޅިގެން އޭނާގެ ދިގު މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ތިން ހުކުމްވެސް ބާޠިލްވީއެވެ.

އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި އިއްވާފައި އޮތް 33 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ދެ ޙުކުމެއް ކުރިން އޮތީ ބާތިިލް ކޮށްފައެވެ. މިއަދު އަދީބުގެ ހުރިހާ ޙުކުމެއް ބާތިލްވި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރާ ގިނަ މައްސަލަތަކެއް އަދިވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި މައްސަލައިގައި އަދީބު ހައްޔަރު ކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހު އެވެ. އެހެންކަމުން އަދީބު ޖަލު ޙުކުމުން މި ސަލާމަތްވީ އޭނާ ހައްޔަރު ކުރިތާ ތިން އަހަރާއި ހަތް މަހާއި ހަ ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާލޭ ތޮލް

    ތިހުކުންވެސް ބާތިލުކޮއްލާ އޭރުން ނެގިހުރިހާ ފައިސާއެއްވެސް އިބޫސޯލިހު ހަލާލުކޮއްދީފަ އެހެރީ ހުރިހާކުށެއްވެސް މައާފުކޮއްދިނީ ދެން ގިޔާމަތްދުވަހުންވެސް އެއްވެސްކަހަލައެޒާބެއް ނުލިބޭނެ މިހާރުމައިމީހާބަނޑު ވިހޭފަދަ

    17
  2. މޫސަ

    މި ފަނޑިޔާރުގެއިން އިންސާފުވެރި ހުކުމްތަކެއް ކުރާނީ ކޮން ދުވަހަކުންބާ؟

    13
  3. އިބްރާ

    ހަނދާންނެތިގެން ދިޔަޕޮއިންޓެއް ތިޔައީ. އެހެންނޫންނަމަ އަންނާނީ މީނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތްފަހުން މިހާތަނަށް މި އުޑުދަށުގައިވާ އެއްވެސް ކޯޓަކުން ކޮށްފައިވާ އެއްވެސް ހުކުމެއް ތަންފީޒްކުރުން މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ.