ރާއްޖެ ހިމެނޭ ސަރަޙައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ކުރަމުންދާ ގަދަ ވިއްސާރައިގައި އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެއްޖެއެވެ.

ރެއިން ފަށައިގެން އައްޑޫއަށް ވަރަށް ބޮޑަށް ވިއްސާރަވެފައި ވާއިރު، މިއަދު މެންދުރު 1:00 ހާއިރު ފަށައިގެން ހުއްޓުމެއް ނެތި ދަނީ ވާރޭ ވެހެމުންނެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށްވެސް ފެނުގެ އަސަރު ކުރަމުންދާއިރު، އެ ސިޓީގެ ކައުންސިލާއި ފުލުހުން އަދި ސިފައިންވެސް ފެން ހިއްކުމުގެ މަސައްކަތެއް ފަށާފައެއް ނުވެއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ސަރަޙައްދުތަކާއި މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެނުގެ އަސަރު ކުރަމުންދާއިރު، އައްޑޫ ހިމެނޭ ސަރަޙައްދަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ރީނދޫ އިންޒާރުވެސް ނެރެފައެވެ.

ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން މިއަދު އިރުއޮއްސި 6:30 އިން މިރޭ 9:00 އާއި ހަމައަށް ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ދެކުނުގެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށެވެ. މިރޭގެ އިތުރުން މިއަދު ހަވީރުވެސް އައްޑޫ ސިޓީ ހިމެނޭ ގޮތަށް ދެކުނުގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު ނެރެފައި ވެއެވެ.

މީގެ ކުރިންވެސް ވިއްސާރަ ދުވަސްވަރު އައްޑޫގެ އެކި ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގެތަކަށް ފެނުގެ އަސަރު ކުރެއެވެ. އަދި ބައެއް މަގުތަކުގައި ބޭނުން ނުކުރެވޭ ވަރަށް ފެންބޮޑުވާއިރު، އިދާރާތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަން

    ނަޝީދު ދާނެ އެންނު ދިޔަ ހިއްކަން. ?

    17
    3
  2. ކަަލު

    އައްޑޫ އެކަންޏެއްނޫން ފެންބޮޑުވެފަ އޮތީ. ލ. ގަމުގައިވެސް ފެންބޮޑުވެފައޮތީ

  3. އަހުމަދު

    ކޮބާތަ ގެނާ މޮޅުސަރުކާރު ދެންތިބޭ ރުކު ރާ ބޮވިފަ

    13
    2
  4. Anonymous

    ވާރޭ ވެހިއްޖެއްޔާ އަބަދުވެސް ޙާލަކީމިއީ ކީއްކުރާނީ އަހަރެމެންގެ ޙާލު ބަލާލާނެ ވެރިއެއް ނުހުރޭ

    10
    1
  5. މަމިޔޮކާކަ

    ޢޯކޭވާނެ.

    7
    1
  6. ނޫރު

    ނުކާ ނުބޮއި ބަޑަށްތިއްބަސް ރީދޫ މީހުން ވެރިކަމުގަ ތިބީމަ އޯކޭވާނެ، ބާރަށް އަތްޖަހާ ދެން އަތްޖަހާ. މިވެރިކަން ވެއްޓޭނީ މިފަދަ އަޅާލުން ފަރުވާކުޑަ ކަންކަމުން. ފުލުހުންލައްވާ އިސްޓިކާ ޖަހާ އާމްދަނީ ހޯދުވަނީ... 192 ދުވަސް ވީއިރުވެސް އެއްވެސްކަމެއްނުވެ، ހަމަ ދަތުރުކުރައްވަނީ.

    14
    1
  7. 》》》《《

    ކޮބާ މޭޔަރ ..މޭޔަރ ހަމައިގައި ހުރިތޯބަލާބަލަ..ސިޓީ ކައުންސިލުން ޒިންމާ ނޫފުލާތަ..ކައުންިސިލްތައް ބާރުވެރި ކުރީމަ ހަމަ އެކަނި ފައިސާ ކެވޭނެ ކަން ކަން ދޯ އައްޑު ސިޓީ ކައު1
    kންސިލަރުން ބޭނުންވަނީ...ހަަހަހހ އެޖެންޑާ 19 އަންނިވެފައި ކޮބާމެމްބަރުން ކޮބާމަރިޔަ

    12
    1
  8. އަޙްމަދު

    ތިހަަމަ އައްޑޫގެ އަަބަދުވެސް ޙާލަތު. ކަމެއްގަ އިސްނަގާލާނެ މީހަކު ނެތް. ޢަބަދުވެސް އެހެންބަޔަކު އުޅެންޖެހެނީ.

    14
    2
  9. ޢަލީ ހަމީދު

    މިހާރު އޮންނާނީ ސިޓީ ކައުންސިލް ތަކައް. ބާރު ދީފަ..ދެން ކީއްވެތޯ ފެން ނުހިއްކެނީި.. 2017 ގަ ކައުންސިލް ތައް އެމްޑީޕީއައް 2018 ވެރިކަން އެމްޑީޕީ އައް 2019 މަޖިލީސް އެމްޑީޕީ އައް..

    16
    1
  10. ކޮރަލް

    ދިރާސާ ކުރަން ޖެހެއެވެ.
    ދެން ކުރިއަށް އޮތް އަހަރަށް ބަދަލު ތައް ގެންނަން ޖެހެއެވެ.

  11. ހަސަންކޮއި

    ފެންބޮޑުވިޔަސްމައްސަލައެއްނޫން
    މައްސަލައަކީ ޕާރކެއްނެތް މައްސަލަ