ބަންގްލަދޭޝްގައި ތައުލީމް ހާސިލް ކުރަން ހުއްޓާ މަރުވި ދިވެއްސެއް ކަމަށްވާ ރައުދާ އާތިފްގެ މަރުގެ ތަޙްޤީޤު ކުރުމަށް ފަހު ބަންގްލަދޭޝް ފުލުހުން ކޯޓަށް ހުށަހެޅި ރިޕޯޓްގައި ހުރީ ޚިޔާލީ ވާހަކަތަކެއް ކަމަށް ރައުދާގެ ބައްޕަ ޑރ.މުހައްމަދު އާތިފް ބުނެފިއެވެ.

އާތިފް މިހެން ބުނީ ރައުދާގެ މަރާއި ގުޅިގެން ބަންގްލަދޭޝް ފުލުހުން ތައްޔާރު ކުރި ރިޕޯޓް ކޯޓަށް ހުށަހެޅުމުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އާތިފް ވަނީ ރައުދާގެ މަރުގެ ތަޙްޤީޤު ކުރަން ބަންގްލަދޭޝް ފުލުހުންގެ ޕީބީއައި އިން އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކުރުމުން އެކަމާއި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ފުލުހުން ވަނީ އެއީ ލޯބީގެ ޑްރާމާއެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައި." ރައުދާގެ ބައްޕަ ބުންޏެވެ.

ރައުދާގެ ބައްޕަ ބުނީ ރައުދާގެ ފޯނަށް އައިސްފައި ހުރި ބައެއް ކޯލްތަކާއި މެސެޖްތަކުގެ ވާހަކަ ފުލުހުން ދެއްކި ނަމަވެސް ރައުދާގެ ފޯނުން މެސެޖް މެދުވެރިކޮށް ރައުދާގެ ކްލާސްމޭޓެއް ކަމަށްވާ ސީރަތު އާއި ދެމެދު ކުރެވިފައި ހުރި ޒުވާބުގެ ވާހަކަ ފުލުހުން ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

ރައުދާގެ ބައްޕަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަށް ރައުދާގެ މަރުގެ ތަޙްޤީޤުގައި ބައިވެރިވި ބަންގްލަދޭޝްގެ ފުލުހެއް ކަމަށްވާ ސަބް އިނިސްޕެކްޓަރ ސައިދްރް ރަހުމާން ވަނީ ރައްދު ދީފައެވެ. ރަހުމާން ބަންގްލަދޭޝްގެ މީޑިއާ އަސް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން ތަޙްޤީޤު ކުރިއަށް ގެންދިޔައީ ހެކިވެރިންނާއި ސުވާލުކޮށް، ލިބިފައި ހުރި ހެކިތައް ދިރާސާކޮށްގެން ކަމަށެވެ.

"ހެކިތައް ދިރާސާ ކޮށްފައި ވާނީ ވެސް މެޑިކަލް އަދި ޑިޖިޓަލް ފޮރެސިކްގެ އުސޫލުތަކާއި އެއްގޮތައް." އޭނާ ވިދާޅުވިއެވެ.

ރައުދާގެ މަރާއި ގުޅޭ ގޮތުން ބަންގްލަދޭޝް ފުލުހުން ތައްޔާރު ކުރި ރިޕޯޓް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ތުނިޔަ

  މިކަމުގައި ޚިޔާލީ ވާހަކަ ދައްކަނީ ރައުދާގެ ބައްޕް!

  47
  3
 2. ހާދީ

  މީ އަޅެ އަޖައިބެއް ކަހަލަ މީހެއް. މީނަ މީ މައްސަލަ ބަލަން ދިޔަ މީހާ. ގޮސް މީހަކާ އިނީ. މީނަ އަށް ދިޔަ ކަންތައް ކާމިޔާބު ވީ އެންނު. ދެން ދަރި މަރާލީއޭ. މަރުވީއޭ ނުކިޔާ މަޑުން ހުންނަން ވެއްޖެ އެންނު. ރައުދާ ގެ ހަނދާންތައް މިހާރު ކިލަނބު ކުރަނީ މި އާތިފު (ރައުދާގެ ބައްޕަ) ވ.ސަލާމް

  36
  4
 3. އހަހސހ

  މިސަބަބައްޓަކާ އެންމެ ކުޑައިރުން ފެށިގެން ދީނީގޮތުން ދަރިން ހޭލުންތެރިކޮށް ދަރިންގެ ހިތްތަކުގައި ﷲ އަށް ބިރުވެތިވާން ދަސްކޮށްދޭންވީ. ސުވަރުގެޔާ ނަރަކަ ވާކަން ބުނެދީ ހަދާންވީ. އުޅޭނެގޮތަކަށް އުޅޭން ދޫކޮށްލާފައި ދީނާ ޚިލާފް އަދި މުސްލިމުންގެ ސަޤާފަތާ ޚިލާފަށް އުޅެމުން ދާއިރު މަންމަ އާއި ބައްޕަޔަށް ނުވިސްނޭ ދަރިން މަގުއޮޅޭ ކަން. މާތްﷲ ރައުދާއަށް ހެޔޮރަހުމަތް ލައްވާންދޭވެ. އާމީން.

  69
  1
 4. ޙައްަގު

  ރައުދާ ކައްވަޅުގަ އޮތަ ދީބަލަ!ވ

 5. ހޭލާ

  އާތިފު ވެސް ޚިޔާލީ ޓޫ ޑީ ދުނިޔެއެއްގަ ތި އުޅުއްވަނީ.. އަވަހަށް ހޭލާ ހޭލާ ރުއަލް ދުނިޔެއަށް އާދޭ

 6. ހަސަންބެ

  އާތިފޫ ކަލޭ ހަމަތަ..?

 7. ލަތީފާ

  ދަރިން ލިބުނީމަ މައިންބަފައިން ވަކިވީމަ ވާނެގޮތް ތިއޮތީވެފަ

  2
  4
 8. ޢަފީ

  ރައުދާ ގެ އާއިލާއަށް ކެއްތެރިކަން ދެއްވާށި.އާތިފް ރައުދާގެ ނަން ބޭނުން ކޮއްގެން މަސްހޫރުވާން މަސައްކަތް ކުރަނީތޯ.ނޫނީ ތިދައްކަވާ ވާހަކަ ސާބިތު ހެއްކާއެކީ ދައްކަވާ.

  2
  1
 9. ސަޓޯ

  އަހަރެން ހީކުރީ މޯލްޑިވްސް ޕޮލިސް އެކަނި ކަމާ ހިޔާލީ ތަހުގީގު ކުރަނީ ލޮލް

 10. ނާޒުކު

  ރައުދާ އަކީވެސް ހިޔާލެކޭ ބުނަންވީނު. ކިތަންމެވަރަކަށް ތިކަން މިދުނިޔެމަތީ ބެލިޔަސް އަދި ރައުދާ އަމިއްލައަށް ދަންނުޖެހެޔޭ ރިޕޯޓްތަކުގައި ބުންޏަސް އަހަރުމެންނަށް ފެންނަނީ ރައުދާ ދަންޖެހިފައިވާތަން. ﷲ އީ ހުރިހަކަމެއް މޮޅަށްދެނެވޮޑިގެންވާ ފަރާތް.