ދިރާގުން ކީރިތި ޤުރުއަނާ ބެހޭ މަރުކަޒުން، ފުވައްމުލަކާއި ލ. ފޮނަދޫގައި ޤުރުއާން ކްލާސް ހިންގުމަށް، އެމަރުކަޒަށް މެގަ އެކްސެސް ނެޓްވަރކް ސޮލިއުޝަން ދިރާގުގެ ސީއެސްއާރގެ ދަށުން މިއަހަރުވެސް ފޯރުކޮށްދީފިއެވެ.

ދިރާގުން ބުނީ، މި ހިދުމަތުގެ ދަށުން މާލޭގައި ހުންނަ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ދަރިވަރުންނަށް ރިމޯޓްކޮށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކުގައިރަށުގައި ތިބެގެން ބައިވެރިވެވޭނެއެވެ.

މިހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިރާގުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއެކު ރަސްމީ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން ބުނީ، މިއީ އިޖްތިމާއީ ޒިންމާ ގެ ދަށުން ފޯރުކޮށްދޭ މިހިދުމަތުގެ ސަބަބުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވީޑިއޯ ކޮންފެރެންސިންގް މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

އަދި މި 2 ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުން ވާ ދަރިވަރުންނަށް ރަށުގައިތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެކަމަށްވެސް ދިރާގުން ބުންޏެވެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާވަޅު ނަންގަވައިދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެވޭނެކަމަށްވެސް ދިރާގުން ބުންޏެވެ،.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވިގޮތުގައި މި ޕްރޮގްރާމަކީ އަތޮޅުތެރޭގައި ތިއްބަވާ ފަރާތްތަކަށް ރަށުގައިތިބެގެން ޑިގްރީ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެކެވެ. އަދި މި ކަމުގެ ސަބަބުން މުޖްތަމަޢަށް ގިނަގުނަ ފައިދާތަކެއް މި ޕްރޮގްރާމުގެ ޒަރިއްޔާއިން ކުރާނެއެވެ.

ޖުމްލަ 91 ދަރިވަރުން މިވަގުތު މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އެއީ 65 ދަރިވަރުންނާއެކު ޤުރުއާން މުދައްރިސް ކަމުގެ ޑިގްރީ ގައި 65 ކުދިން އަދިއިމާމްކަމުގެ ޑިގްރީ ގައި 26 ދަރިވަރުންނެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މިފަދަ ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުން އިސްކަންދޭކަމެކެވެ.

އަދި ހަމައެއާއެކު ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިވެހި ރާއްޖެ ޑިޖިޓަލް ރާއްޖެ އަކަށް ގެންގޮސްދީ، ދިވެހީން ޑިޖީޓަލް މުސްތަގްބަލަށް ބޭނުންވާނެ މިފަދަ ހިދުމަތްތައް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދދދދދދދ

    އެހީ ދޭނެ ބޭނުމެއް މިހާރަކު ނެތް. މިދިޔަ އަހަރާ ހަމައަށް އެތަނުގެ ކޯސްތަކުގަ ކިޔަވާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ޓީޗަރުން ހޯދައި ދެމުން އައީ. މިއަހަރުގެ ކޯސްތައް ފެށީ ތަފާތު ގޮތަކަށް. ދަރިވަރުން ހިތްހަމަޖެހޭފަދަ ޓީޗަރުންނެއް ނުލިބުނު. ދަރިވަރުން ތިބީ މާޔޫސް ކަމުގަ. ހިތާމައިގަ. އިތުރު ގޮތެއް ނެތިފަ. ތަނަށް ލިބެމުން އައި ކުރިއެރުންތައް ވަނީ ހުއްޓިފަ. "ކީރިތި ގުރުއާނާބެހޭ (ގައުމީ) މަރުކަޒު" ކިޔާފަ ނަން ބަދަލު ކުރީމަ އެއޮތީ ހުރިހާ ކަމެއް ހަމަވެފަ. ކީއްކުރަން ދޭ އެހީއެއް. ދޭނެ ކަމެއް ނެތް. ދައުލަތުގަ ހުރިއްޔާ ހުރި ލާރިއެއް "ފޭރެނީ"ނު.