މިމަހުގެ 16 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިންގާ، ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ރާވާފައިވާ ކަމުގެ އިންޓެލިޖެންސް މަޢުލުމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ވަކިވަކުން ނެރުނު ބަޔާނެއްގައި ފުލުހުން ވިދާޅުވީ، އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"2018 ފެބުރުވަރީ 16 ވާ ހުކުރު ދުވަހު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މީހުން އެއްވެ، ހަމަނުޖެހުން ހިންގައި، ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ޤައުމު ހަލަބޮލިކުރުމަށް ބަޔަކު ރާވަމުންދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ވަނީ ލިބިފައި" ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ވަކިވަކިން ނެރުނު ބަޔާނުގައި ފުލުހުން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައި ވީނަމަވެސް، ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި ރަށްރަށުން މީހުން އައުމަށާއި ހަމަނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކާއި، ޤާނޫނާއި ޤަވާއިދާ ހިލާފަށް މީހުން އެއްވެ ހަމަނުޖެހުން ހިންގުމަށް ރޭވުމާއި، ހަމަނުޖެހުން ހިންގުމަށްވެސް ޖާގަ ނުދެއްވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، ޤައުމު އަމާން ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަދި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމަށް ދިވެހި ފުލުހުން ސާބިތުވެ ތިބޭނެ ކަމުގައި އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހަމަ އެހެންމެ ޤައުމުގެ ސުލްހަ މަސްލަސްކަން ނަގާލައި، ހަމަނުޖެހުން ހިންގުމަށް މިހާރުވެސް އެކިފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެގޮތުން އައްޑޫ ސިޓީގެ ގެއަކާއި ދެ ތަނެއްގައި ރޭގެ ވަގުތެއްގައި އަލިފާން ރޯކޮށްފައިވާއިރު، މި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަށް ހޯދައި، މައްސަލަތަކުގެ ތަހުޤީޤު ފުލުހުން ވަރަށް ސީރިއަސްކޮށް ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"ޤައުމުގެ ސުލްހަ މަސްލަސްކަން ނަގާލައި، ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް އެކިއެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ދިވެހި ފުލުހުން އިލްތިމާސް ކުރަން" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ޤައުމުގެ އަމަން އަމާންކަން ނަގާލާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ނިޔަތުގައި ކުރަމުންދާ ކަންކަމަކީ އެއްވެސް ޙާލެއްގައި ފުލުހުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށާއި މިފަދަ އެއްވެސް އަމަލަކަށް ދިވެހި ފުލުހުން ފުރުޞަތު ނުދޭނެ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ އިދާރާއިން އަބަދުވެސް މަސައްކަތް ކުރާނީ އަދި ސާބުތުވެ ތިބޭނީވެސް ޤައުމުގެ އަމާން އަމާންކަމާއި ސުލްޙަ މަސްލަސްކަން ޤައިމު ކުރުމަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ސުލްޙަ މަސްލަސްކަން ޤައިމުވެފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފުލުހުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ޤަބޫލުކޮށް އެކަންކަން ތަންފީޒު ކުރުމުގައި ދިވެހި ފުލުހުން އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް، ދިވެހި ފުލުހުން އެރުވިއެވެ.

ފުލުހުން މިގޮތަށް ބަޔާނެއް ނެރެފައި މިވަނީ، ފެބުރުވަރީ މަހުގެ 16 ވާ ހުކުރު ދުވަހަކީ "ބޮޑު" ދުވަހަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މަހުލޫފް

    ޢަންނި ބުންޏެންނު 16 އިގެ ވާހަކަ . ހާދަ ގޮތްނެތް މީހާ އެކޭދޯ

  2. ނަން

    ސިޔާސީ އެންމެން ފަނި ބޮއިބަލަ... ދެން ކުޑަ ކުޑަ ގައުމަކު ހަމަ އަށް ސިޔާސީ ކަންކަން ހިންގާނުލެވޭ ގައުމެއްގަ މީ ކޮން ސަކަރާތެއް.. މިކަހަލަ ކަންކަން ސިޔާސީ ކަމެއްގެ ތެރެއިން އުފެދިގެން އައިމާ ވ ސަކަރާތް.. ބައްޔެއް ހުވާ .

  3. ބަލާބަލަ

    ފެބްރުއަރީ 16 ވަނަ ދުވަހު ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ވަނީ ރާވާފައި ކަމަށްވާނަމަ އެމެން ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ސޯމާލިޔާ ޑީއެންއޭ ހުރި ބަތާހަރާމީން ތައް ސަރުކާރާއި ރައްޔިތުންނާއި ޖެހޭ ގޮތަށް ފުލުހުންނާއި ސިފައިންގެ އަގުވެއްޓޭ ގޮތަށް ބަތާހަރާމީގެ ޓްވިޓަރ ގައި ޕަބްލިޝް ކުރަމުން ދާތީވެ އެ ބަތާހަރާމީ ވެސް ބްލޫސް ކުދިންގެ އިދާރާ އަށް ގެންގޮސްގެން މިކަން ބަލަން އެބަޖެހެއެވެ. އެ ބަތާހަރާމީން އެބަލަނީ އެއީ އެމެން އުނގު ރިޗަރޑް ބްރެންސަނޭ މެންނަށް ވިއްކި ގޮތަށް އިންޑިއާގެ ޑްރަގް ލޯރޑުންނަށް އެމެންގެ އުނގު ވިއްކައިގެން ނަމަވެސް ފެބްރުއަރީ 16 ވަނަ ދުވަހު ރާއްޖޭގައި ހަމަޖެހުން ނަގާލެވޭތޯއޭ އެމެންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާ ޖަލަށް ލާށޭ ނޮވެމްބަރު 11 އަންނަން ދެން މިކަން ކުރެވޭނެއޭ ސްޓޭޓް އޮފް އެމެޖެންސީ ހިންގާފައި ހުންނައިރު ރަންރީނދޫ ޓްވިޓަރޭ ދަަ ބަތާހަރާމީ އަކީ އެއީ ގައުމަށް ގައްދާރުވެފައިވާ އެއްޗެކޭ އެއީ ދިވެއްސެއް ވެސް ނޫނޭ އެއީ ސޯމާލިޔާ ޕައިރޭޓެއްގެ ޑީއެންއޭ އޭ އެބަތާހަރާމީ މޫނު ބަލާލުމުން ވެސް އެކަން ރީއްޗަށް އިނގެއޭ މަމެން ބުނަން ނެތީމު ދޯ.

  4. އައްޕަރަ

    ޙުރިހާ ދިވެހިންވެސް މިގައުމު ހިފަން އިންޑިއާ ސިފަސިން އަރާދުވަހު ރީނދޫ ގަމީސްލާން ވާނެ އެއިރުން އިންޑިއާސިފައިން ބަޑިއެއް ނުޖަހާނެ ސަލާމަތްވާނެ

  5. ޑޭންޖުރެސް

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެން ކަމެއް ނުކުރެވޭނެއޭ ބުނާ އެމްޓީސީސީ އަށް ދޯ އެދިނީ ކުޅުދުއްފުށީގެ އެއާރޕޯރޓް އަޅަން އެދިނީ ތަމެން ބަލައްޗޭ ޖުލައި 26 އަށް މަމެން ކުޅުދުއްފުށީ އެއާރޕޯރޓް ނިންމާލާނަމޭ ތަމެން ވެސް ހުޅުދޫ ގައި އެއާރޕޯރޓް އެއް އަޅަން ބޭނުން ނަމަ މަމެން ޕިންކީން އަތުގައި ހިފަންވީއޭ ރަންރީނދޫ ބޮޑޭ ފަދަ ގައުމަށް ގައްދާރުވެފައިވާ މީހުންނާއި އެކު އުޅުމުގެ ބަދަލުގައި. މިހާރު ތަމެން އޭނާ އާއި ގުޅިގެން ތިޔާ ކުރާ ކަމަކީ އެއީ ގައުމަށް ގައްދާރުވުމޭ އިޓްސް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ އިޓްސް ޑޭންޖުރެެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..

  6. ޯކ

    ޙީވޭ ކަމެއް ހެން

  7. ޢަލީ

    އަހަރެމެން ނުކުންނަށްވެއްޖެއްޔާ އަންގަވައިދެއްވާ. އެނގިދާނެތާ ތިހުރި ހިއްވަރެއް އެހެންދުވަހަކުން ނުނިކުންނަވަރު ކުރާނަން އަހަރެމެންގެ މީހުންވެސް މަދެއް ނުވާނެ.

  8. ހަސްރަތު

    ޚުދިންނޭ..ހޭއަރާ..ތިއަކުދިންގެ މުސްތަޤުބަލާމެދު ތިއަކުދިން ބިސްނަ؟؟؟8ފެބުރުއަރީގަވެސް ވަނީ އެތައްޒުވާނުނަކާ އެތައް އަނަހެނުނެއް ބިކާރީ ބިކާރީވެފައި..ތިއަ އެށްވުމުން ލިބޭނީ އަނިޔާ؟؟

  9. ޖައްސާތި

    ފެބްރުއަރީ 16 ވަނަ ދުވަހު ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ވަނީ ރާވާފައި ވަނީ ރަންރީނދޫ ޓްވިޓަރޭ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ މެން ޕާރޓޭ މެންނަށް އުނގުވިއްކައިގެން ނޭ އެކަން އެމެން ކުރަނީ އެއީ ރަންރީނދޫ ސެކްރެޓޭރިއެޓް އާއި ހަރުގޭ ތެރޭގައި ތިބެގެންނޭ ކަން މިހެން ހުރުމުން ސިފައިން ނިކުމެ ނަމަވެސް އެމްޑީޕީގެ ރަންރީނދޫ ހަރުގެ އާއި އަދި ރަންރީނދޫ ސެކްރެޓޭރިއެޓް ބަންދު ކޮށްލަންވީއޭ މިރެއިން މިރެއަށް އަދި ރަންރީނދޫ ޓްވިޓަރޭ މެން ބައިތިއްބަންވީއޭ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ނޮވެމްބަރު 11 ވަނަ ދުވަސް ނިމެން ދެން ރާޅު ގުނަން. އެއިރުން ހުންނާނެ އެމެންނަށް ރަނގަޅަށް އުނގުވިއްކައިގެން މިގައުމުގައި އޮތް ވެރިކަން ބަދަލު ކުރެވިފައި ދޯ.

  10. އަހަރެމެން

    މަމިހާރު ކޮމެންޓުކުރަންވެސް ފޫހިވެއްޖެ.. މިއަދު އަހަރެން ދެރައެއްވެސްނުވޭ ހިތާމައެއްވެސްނުކުރަން މިދިވެހިންގެތެރެއިން ބަޔަކަށްވެފަތިބިގޮތާދޭތެރޭގަ.. މިއަދު އަހަރެން ބަސްހުއްޓިއްޖެ މިދުނިޔޭގެ ބޮޑެތި ގައުމުތަކެ ފަނާވެ ސުންނާފަތިވީތަން ބަލަން އަހަރެމެންތިއްބާ އެހެން މިގައުމު ދާންއެދޭބަޔަކު މިތަނުގަތިބީމަ.. ކުރީގަ އަހަރެމެން ފޮތްތަކުންނާ ދޫތަކުން އަޑުއެހިވާހަކަ ހަމަލޮލުން ފެނުނީމަވެސް މިގައުމު އަޅުވެތިކަމަށްދޭން ދިވެހިންގެ ބަޔަކު ފޫގެޅީމަ ހަމަ ބަސްހުއްޓިއްޖެ... އިންޑިޔާއަށް އަހަރެމެންގެތެރެއިން ނުދާމީހަކު މިހާރު މަދުވާނެ. އެތަނުގެ އަސްލުއަހުލުވެރިންގެ ހާލަތު އަހަރެމެން ދެކިފީމު.. އެހާލަތުގަ އެމީހުން އުޅެންޖެހޭތީ އެވާހަކަދައްކާ ކުއްވެރިވެސް އަހަރެމެން ކުރަމު.. އެކަމަކުވެސް ހަމަ އެމީހުންގެ ހިމާޔަތަށް އަހަރެމެންދާން އެދެނީ ކޮންކަހަލަ ހަމަބުއްދިނެތްބައެއްބާ... މިއީ އައްނި ގޮވާލި ގޮވުމަކަށްވިޔަސް މިއީ ގާސިމުގެ ނުބައި ނުފަލާ ދަހިވެތިކަމުން އުފެދިގެންއުޅޭ ބަލާވެރިކަމެ.. ގާސިމު މިގައުމުގަ އުފެދުނު ހުރިހާ ވެރިކަމެއް ހަލާކުކުރީ.. ސަރުކާރުން ވެއްޖެނުންތަމިހާރު މިގާސިމު ދައުލަތަށް ދައްކަންހުރި ލާރީގެ ބަދަލުގަ މީނަގެ މުދާ ދައުލަތަށްނަގަން... މީނަގެ ތަނަވަސްކަމުގަ މިހުރިހާ ނުބައެއްހަދަނީ.. އިލްމުވެރިންވެސް ހައްޕުކިޔާއިގެން އެތިބެނީ މީނަގެ ބާރުގެ ދަށުގަ... މީނަގެއެހީގަ އުޅޭމީހުން އިލްމުވެރިންނޭ ކިޔާމީހުންގެ ތެރޭގަވެސްގިނައީ.. އާ އެހެންޏާ މިބޮޑު ފިތުނަފަސާދަ ހުޅުފަޅައިގެންގޮސް މިގައުމު ބޭރުބަޔަކަށްދޭންގޮވާއިރު އެތިބެނީ ހައްޕުކިޔާއިގެން. ސަރުކާރަށް ތާއިދު ނުކުރިޔަސް ރޔާމީނަށް ތާއިދުނުކުރިޔަސް ﷲއެންގިވިގަދައިން މީސްތަކުން ފިތުނައިން ސަލާމަތްވުމަށް ބަހެއްބުނެނުލީމަ ކީކޭބުނާނީ.. ވެރިމީހާއާ ދެކޮޅަށް ރައްޔިތުން ތެދުވަންޖެހޭ ހާލަތު އެމީހުންވަނީ ކުރިންކިޔާދީފަ.. އެހާލަތެއް މިހާރަކުނެތްކަންއިގޭނެ.. ދެން ބުދުފައްޅިއެޅީމަ ތިބޭތި ނުކުންނަން.. މިޔުޒިކްއެކަނި ހަރާމްވީ. ބުނަންޖެހޭއެއްޗެހި ގިނަކަމުން ނުކިޔާނަން.. ވާއެއްޗެ ވެދާނެނުން.. ރޔާމީން އެއްމެ އިންޗިއެއްވެސް ދޫނުކުރާތި... ﷲވޮޑިގެންވާނީ ހައްގުގަތިބޭ މީސްތަކުންނާއެކު... ﷲއިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ.

  11. ސާބަސް

    ނިންމާފައޮތީ ސަލާމަތީބާރުތަކުން އެއްވުން ހަމަނުޖެހުމަކަށް ބަދަލުކޮށް ގިނަބަޔަކު ހައްޔަރުކުރުން އެކަމަކު ކޮންމެ ގޭމަކަށް ނިމުނ އަންނަހެން ތިކުޅިގަނޑުވެސް ނިމޭނެ. ބަލިވާނެ ހިތިހިތާމަވެރި ނަތީޖާ ނުކުންނާނެ

  12. އޮޅާލާ

    ފުލުހުން ތީ ފޭކްބައެއް ދީނޭ ވަހުދަތޭ ފޮޅިއޭ ޤާނޫނޭ މިމިހުން ފުރަތަމަ ޤާނޫނަށް ބޯލަބަން ދަސްކުރަންވީ

  13. ހަނޑޫހޮވާ

    ރައީސް އަޒުލް ކުރަންއޭ ރަންރީނދޫ ޓްވިޓަރޭ މެންނޭ އެއީ ތަމެންގެ ލެވެލް އެއް ނޫނޭ އެއީ ތަމެންނަށް ވުރެން މާ މަތީ ލެވެލް އެކޭ ތަމެންގެ ލެވެލް އިން ތަމެން ކަންކަން ކުރަން އުޅެގަ އިނގޭ. ކޮރަޕްޓް އިންޑިއާނޭ މެން މަމެންގެ ޕިންކީންގެ ވެރިކަމުގައި ދަ ގްރޭންޑް މާލެ އަށް އަރައިފިނަމަ އެ މެން މާލެ އަށް ފައިބާ ފައި ޖައްސާތަނުން ބިމުގެ އަޑިއަށް 200 މީޓަރު އަޑިއަށް ތޮރުފާ ޕޭވްމެންޓް އާއި އެކީ ވައްދާލަ އެމެންނަށް ފާތިހާ ދުވަސް ވެސް އަންގާ ނުލާނަމޭ މަމެން ބުނަން ނެތީމު ދޯ. ތިބެބަލަ ދެން ވެސް ބަދިގޭގައި ހަނޑޫ ހޮވާލަ ހޮވާލާ. ހަނޑޫ ހޮވާދޯ.

  14. ވޮޗިންގް

    ހުޅުމާލެ- މާލެ ކޭބަލް އަޅަން 44.6 މިލިއަން ޑޮލަރަށް ޑޮންފެންއާ ހަވާލުކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ސްޓެލްކޯ އިން ހަމަ ގިއަރ އަޕް ކުރަންވީ ލާރޖް ކޮށް ކީޕް އިޓް އަޕް. އެވްރީ ސްޓެޕް ޔޫ މޭކް އެވްރީ ޕްލޭން ޔޫ މޭކް އެވްރީ ބޮންޑް ޔޫ މޭކް ވީ ވިލް ބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ އޯއް ޕްލޭ ދަ ބޭސް ގިޓަރ އެން ޑާންސް އޮން ދަ ސްޓޭޖް ޑާންސް ޑާންސް ޑާްންސް ޑާންސް އޯއް ކާންޓް ޔޫ ފީލް އިޓް އޯއް ކާންޓް ޔޫ ސީ އިޓް...

  15. ފާއިޒް

    ކަލޭމެން ވިސްނާތި މިޤައުމަށް އިންޑިޔާ ސިފައިން އަރުވަން ހިޅުވާލާ ދޮރެއް އެއީ މި ޤައުމުގަ ލޭ އޮހޮރުވާލާގެން ވެރިކަން ދޭ ވަރުގެ މީހެއް ނުހުންނާނެ. ވިސްނާ

  16. ވިސްނާ

    މިގައުމު ހަމަޖެހިގެން އޮންނަން ބޭނުމިއްޔާ ޖެހޭނީ ގާސިމާ އައްނި ހައްޔަރުކުރަން.. އަދި ގާސިމު މިގައުމަށް ދަރާއޮތް ދަރަނި އަތުލަން.. މިއީ މިގައުމުގެ ދެބަލާވެރިކަން.. މިދެމީހިންނަކީ މުސީބާތެ...ޔާﷲމިދެމީހުންގެ ކިބައިން މިގައުމު ސަލާމަތް ކޮއްދެއްވަފާންދޭވެ... ޔާﷲ ރޔާމީންއަށް ކާމިޔާބާ ނަސްރު މިންވަރު ކޮއްދެއްވަފާންދޭވެ.. އާމީން...

  17. ނުރަބޯ

    ސަރުކާރާ އިދިކޮޅު ރީނދޫ ބާޣީން ސަލާމަތީބާރުތަކާ ކުރިމަތިލަނީ އަލަށް ތަ؟ ކޮންމެ އެއްވުމެއްވެސް ނިމެނީ ސަލާމަތީބާރުތަކާ ކުރިމަތިލައިގެން ނޫންބާ؟ ވީކޮންކަމެއްބާ؟ ކުރެވުނީ ކޮންކަމެއްބާ؟ ތިޔައިގެތެރެއިން ބަޔަކު ހައްޔަރުވެ ޖަލަށް ވަނުން ނޫންކަމެއް މިވީހާތަނަށް ވެފަ އެބައޮތްބާ؟ ރާއްޖެތެރޭ ރައްރަށުގެ މީހުން ކެރަފާ ބާޣީ ނަޝީދުގެ ބަހަށް މާލެއަންނާނީ އެމީހުންގެ ލަދެއް ހަޔާތެއް ނެތްތާ ސިކުނޑީގެ ތެތް ކަމެއްވެސް ނެތުމުންނެވެ. ގިނަ ވާހަކަ ދައްކާކަށް ނެތީމެވެ.

  18. Anonymous

    ތިޔަ ވައްތަރުގެ ހަބަރުތަށް ލިޔާ އިރު ވީޑިއޯ ލިންކަކާއެކީ ލާނަމަ މީހުންނަށް ފަހޭސަވާމެއެވެ.

  19. މުއްތު

    ފުލުހުންނާއި ރަސްމީކޮށް ކުރިމަތިލާންޖެހޭނެ ފުލުހުންގެ ގައިގާހުންނާނީ ވަކި ކޮންބާރެއް