މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ކ.އަތޮޅު ދިއްފުށީގައި ހިނގި ހަމަނުޖެހުންތަކުގައި އާއްމުން ހަމަލާދިން އެކަކު އޭނާގެ މައްޗަށް ކޮށްފައިވާ ވައްކަން ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުތައް ދޮގުކޮށްފިއެވެ.

ދިއްފުށީގައި ހަމަނުޖެހުން ހިނގީ ރަށުގައި ވައްކަން ކުރުން އިންތިހާ އަށް އިތުރުވެގެން ދިޔަ އިރުވެސް ފުލުހުން އެކަށީގެންވާ ފިޔަވަޅެއް ނާޅާތީ ވަގުން ހޯދަން ރައްޔިތުން ނިކުމެ ވަގުންނަށް ހަމަލާ ދިނުމުންނެވެ.

ދިއްފުށީގައި ފުރަތަމަ ހަމަނުޖެހުން ހިނގި ރޭ އަނިޔާވި މީހެއް ކަމަށްވާ މުހައްމަދު ފޭސްބުކްގައި އާއްމު ކޮށްފައިވާ ވީޑިއޯއެއްގައި ބުނީ (ވައްކަން ކުރި މީހުންނަކީ) ކޮބައިކަން މިހާރު ރާއްޖޭގެ ރައްޔިތުންނާއި ދިއްފުށީ ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށެވެ.

މުހައްމަދު އަކީ އޭނާ އަށް ލިބުނު އަނިޔާތަކުގެ ސަބަބުން އިތުރު ފަރުވާ ދިނުމަށް މާލެ ގެނައި މީހެކެވެ. އޭނާ އަދިވެސް ހުރީ މާލޭ ގައެވެ. ނަމަވެސް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މުހައްމަދު ވީޑިއޯގައި ބުނީ ކޮންމެ ކަމެއް ކުރާއިރު ވެސް ހަޤީޤަތެއް އޮތް ކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ.

"ކޮންމެ މީހަކީ ވެސް ކޮންމެ ކަމެއް ވެސް ކުރަން ކެރޭނެ މީހެއް" ކަމަށް ބުނެ އޭނާ ވަނީ ވީޑިއޯގައި ނުސީދާ އިންޒާރެއް ވެސް ދީފައެވެ.

އޭނާ ބުނާ ގޮތުގައި އޭނާ އަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ކުރަމުން އައި މީހެކެވެ. ކައިވެންޏެއްކޮށް ދަރިއަކު ވެސް ހުންނާނެ ކަމަށާއި ނަމަވެސް މިއަދު އަގުވެއްޓި ދިރިއުޅުމަށް ކުރާނެ މަސައްކަތެއް ވެސް ނެތިފައި ހުރި ކަމަށް އޭނާ ބުންޏެވެ.

ރަށަށް އެނބުރި ނުގޮސް ހުރީ ރަށަށް ގޮސްފިނަމަ އޭނާ ނުކުޅެދޭ މީހަކަށް ހަދާނަމޭ، މަރާލާނަމޭ ބުނެ ތަފާތު އިންޒާރުތައް އެކި މީހުންގެ ފަރާތުން ލިބެމުން އަންނާތީ ކަމަށް ވީޑިއޯގައި އޭނާ ބުނެފައި ވެއެވެ.

https://www.facebook.com/591977397966707/videos/2342010779391393

ދިއްފުށީގައި ހިނގި ވައްކަންތަކާއި ގުޅިގެން ފުލުހުން އެކަކު ހައްޔަރު ކުރި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އާއްމުން ނިކުމެ ބަޔަކަށް ހަމަލާ ދިން މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙާމާނު

    ހަމަތޯއެވެ، ބޭކާރު ވާހަކަދައްކަން ނުހަދާ، އިންޒާރު ނުދީ މައިތިރި އަރާބަލަ

    5
    1
  2. ދިއްފުށި ގައީ

    މުހައްމަދާ ކަލެއަށް ވެސް އުޅެވުނު ގޮތަކުންދޯ ތިހެންތިވީ... މޮޅު ވީޑިއޯ ހެދިޔަސް ކަލޭގެ ހަގީގަތެއް އަހަރެމެނަކަށް އޮޅުވައެއް ނުލެވޭނެ... ރަށުގަ އަދިވެސް އެބައުޅޭ 500 ފިރިހެންން.. އެމީހުން ގަޔަކު ނުތަޅާ... ދެން ވަކި ކަލޭގައިގަ ތަޅައިގެން ހަގީގަތް ހޯދަން ޖެހުނީ ކޮންސަބަބަކާއި ހެދި ؟؟؟

    11
    1
  3. ނަގޫގޮށްޖެހި

    ހަގީގަތާ އެއްގޮތަށް އަދަބު ލިބިފައި ތިހުރީ. ކަލޭ ނޫނަސް ތިރަށުގައި މީހުން ތިބި. ރައްޔިތުން އަރައެއް ނުގަނޭ. ވައްކަންކުރާ ވަގެއްކަމަށް ރައްޔިތުންގެ މެދުގައި މަޝްހޫރުވެފައި އޮތީމާ އަދި ތިޔަ ކަމުގައި ބައިވެރިނުވިނަމަވެސް އަދަބު ދިނީ. ލިބިފައި ތިހުރީ ލިބެންޖެހޭ ހައްގު އަދަބެއް. ދެންވެސް ފާޑުފާޑުގެ އަގަނުތަޅައި އިސްލާހުވޭ.

    8
    1
  4. ކޮރަލް

    ވައްކަން ނުކުރަން ވީއެވެ. އަދި ވައްކަން ކުރާމީހުނާ ގާތް ކޮށް ނޫޅެން ވީއެވެ.

  5. ރަށުބެއްޔާ

    އަޑެއްކިޔާ ރެދެއް ލާނެ، ކަލޭވެސް ވައްކަން ކުރާތީ ރަތްޔިތުން ނިކުމެ ހަމަލާދިނީ، ހަމަތާކު މީހަކު ހުއްޓަކަސް ރަތްޔިތުންނެއް އެހެން ނުހަދާނެ،، ކަލޭއަކީވެސް ވައްކަމުގެ ހުތުރު ޢަމަލުން ފަސްބައި ކިލާވެފައި ހުރިމީހެއް ކަމަށްވާނީ، އެހެންނޫންނަމަ ހަމަލާ ދިން 5 މީހުންގެ ތެރޭގައި ކަލޭ ނުހިމެނުނީސް. ދިއްފުށީ ރަތްޔިތުންނަކީ ގަމާރު ބައެއްނޫން، ވަރަށް ހަމަޖެހިލައިގެން ދިރިއުޅެމުން އަންނަ ބައެއް. ޢެކަމަކު ކަލޭ ކަހަލަ މީސްމީހުންނާއި ހެދި ރަތްޔިތުންނަށް ދިރި އުޅެން އުނދަގޫވަނީ، އެންމެ މޮޅު ގޮތަކީ ކުށަށް އިއުތިރާފްވެ ރަތްޔިތުންގެ ކިބައިން މައާފަށް އެދުން އެހެން ނޫނީ އުމުރުގެ ދެންބާކީއޮތްބައި ރަށުން ބޭރުގައި އުޅެން ޖެހިދާނެ.

    6
    1
  6. މޯދީ

    ބުނަންތަ ބުރޯ...ކޮންމެހެން މާ މޮޅެތި ވާހަކ ދައްކާފަ ވީޑިއޯތައް ނެރުނަސް ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ

    6
    2